23 ޖޫން 2022
ސަރުކާރުން ހަދާފައިވާ ފިސްކަލް ރިޒާވް، ސޮވެރިން ޑިވެލޮޕްމެންޓް ފަންޑް (އެސްޑީއެފް) ގައި ހުރި ހަތަރު ބިލިއަން ރުފިޔާގެ ތެރެއިން ޑޮލަރުގެ ގޮތުގައި އެ ފަންޑުގައި ހުރީ 32 މިލިއަން ކަން އެނގިއްޖެ އެވެ.
ސަރުކާރުން ހަދާފައިވާ ފިސްކަލް ރިޒާވް، ސޮވެރިން ޑިވެލޮޕްމެންޓް ފަންޑް (އެސްޑީއެފް) ގައި ހުރި ހަތަރު ބިލިއަން ރުފިޔާގެ ތެރެއިން ޑޮލަރުގެ ގޮތުގައި އެ ފަންޑުގައި ހުރީ 32 މިލިއަން ކަން އެނގިއްޖެ އެވެ.
"މިހާރު" އަށް ލިބުނު މައުލޫމާތުގައިވާ ގޮތުން ޑޮލަރުގެ ގޮތުގައި އެސްޑީއެފްގައި ހުރީ، 2020 ވަނަ އަހަރު ފަންޑު އެއްކޮށް ރުފިޔާ އަށް މާރު ކުރި އިރު އެ ވަގުތު އިންވެސްޓްކޮށްފައިވާ ފައިސާ އެކަންޏެވެ. އެހެންވެ، ޑޮލަރުން ފަންޑުގައި މި ވަގުތު ހުރީ މުޅި ފަންޑުގެ 10 ޕަސެންޓެވެ.
އެ ފަންޑުގެ ފައިސާ ރުފިޔާ އަށް މާރު ކުރީ އެމްއެމްއޭގެ ލަފާގެ މަތިންނެވެ. މިކަމާ ގުޅޭ ގޮތުން އެމްއެމްއޭގެ ބައެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ. އަދި އެ ފައިސާ މާރުކުރަން ޖެހުނީ ކީއްވެގެން ކަން ވެސް ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.
ދައުލަތުގެ ދަރަނި އަދާކުރަން 2017 ވަނަ އަހަރު އުފެއްްދި އެސްޑީއެފްގައި ހަތަރު ބިލިއަން ރުފިޔާ ހުރި އިރު އޭގައި ބޭނުން ކުރެވޭ ގޮތަށް ދެ ބިލިއަން ރުފިޔާ އެބަ ހުއްޓެވެ.
އާންމު ގޮތެއްގައި އެސްޑީއެފްގައި ފައިސާ އިންވެސްޓް ކުރަނީ، އެއާޕޯޓް ޑިވެލޮޕްމެންޓް ފީ އާއި ޓީޖީއެސްޓީ އާއި ގްރީން ޓެކްސްގެ ގޮތުގައި ލިބޭ ފައިސާ އެވެ. މި ފަންޑަށް "ފޯސްޑް" ސޭވިންގެ ގޮތުގައި ފައިސާ ލުމަށް އަދަދު ކަނޑައެޅުމުގެ ބާރު ސަރުކާރަށް ލިބިފައިވެ އެވެ. އެސްޑީއެފް އަށް ޖަމާކުރާނެ އަދަދު ކޮންމެ އަހަރެއްގެ ބަޖެޓުގައި ކަނޑައަޅަ އެވެ.
އެ ފަންޑުގެ ފައިސާ އާންމުކޮށް އިންވެސްޓް ކުރަނީ "ފިސްކްޑް ޑިޕޮސިޓް"ގެ ގޮތުގަ އާއި ޓީބިލާއި ބޮންޑަށެވެ. އެ ފަންޑުގެ ބޮޑު ބައެއް އިންވެސްޓް ކޮށްފައި ވަނީ ބޭންކްގެ ފިސްކްޑް ޑިޕޮސިޓްތަކުގަ އެވެ. އަދި ޓީބިލްގައި އެ ފައިސާ އިންވެސްޓްކޮށްފައިވެ އެވެ.
މި އަހަރުގެ ބަޖެޓުގައި 769 މިލިއަން ރުފިޔާ ޖަމާކުރާނެ ކަމަށް ކަނޑައަޅާފައިވެ އެވެ. ސަރުކާރުގެ އަމާޒަކީ 2026 ވަނަ އަހަރު އަންނަ އިރު އެސްޑީއެފްގައި 600 މިލިއަން ޑޮލަރު (9.2 ބިލިއަން ރުފިޔާ) ޖަމާކުރުމެވެ. އެ އަމާޒު ހާސިލު ކުރެވޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިމަހު ކުރީ ކޮޅު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައިވެ އެވެ.
"ދަރަންޏާ އަޅާ ބަލާއިރު ސޮވަރިން ފަންޑް މާ ކުޑަ"
އެސްޑީއެފް ބިލް: ގަވާނިން ކައުންސިލަކާއި އޮފީހެއް
މިދިޔަ އަހަރު ދަރަންޏަށް 10 ބިލިއަން އިތުރުވި
އެސްޑީއެފްގައި 7.4 ބިލިއަން ރުފިޔާ
ލޯނު ދައްކާ ފަންޑުން 400 މިލިއަންގެ ޓީބިލް ގަނެފި
އަންނަ އަހަރު ހަރަދުން 6.6 ބިލިއަން ސަލާމަތް ކުރަނީ
ސަޕްލިމެންޓްރީ ބަޖެޓް ކޮމިޓީން ފާސްކޮށްފި
މާލީ ދަތިތަކާ ހެދި ޗައިނާގެ ލޯނުގެ ބައެއް ރީފައިނޭންސްކޮށްފި
އެމެރިކާގެ ފާމާއެކު ކުރިއަށް ނުދާން ނިންމައިފި
މާލީ ކަންކަމުގައި ލަފާ ދޭން އެމެރިކާ ކުންފުންޏެއް