ސަރުކާރުން އަޅަން ފަށާފައިވާ މާލީ އިސްލާހުތަކުގެ ދަށުން، ދައުލަތުގެ ހަރަދުތައް މަދުކޮށް، އާމްދަނީ އިތުރުވުމުގެ ސަބަބުން، މި އަހަރުގެ ބަޖެޓު ޑެފިސިޓް ވެފައިވާ މިންވަރު ދަށްވެފައިވާ ކަން ރަސްމީ މާލީ ހިސާބުތަކުން ދައްކައިފި އެވެ.
ސަރުކާރުން އަޅަން ފަށާފައިވާ މާލީ އިސްލާހުތަކުގެ ދަށުން، ދައުލަތުގެ ހަރަދުތައް މަދުކޮށް، އާމްދަނީ އިތުރުވުމުގެ ސަބަބުން، މި އަހަރުގެ ބަޖެޓު ޑެފިސިޓް ވެފައިވާ މިންވަރު ދަށްވެފައިވާ ކަން ރަސްމީ މާލީ ހިސާބުތަކުން ދައްކައިފި އެވެ.
ފިނޭންސް މިނިސްޓްރީން ކޮންމެ ހަފުތާއަކު ނެރޭ ވީކްލީ ފިސްކަލް ރިޕޯޓުން ދައްކާ ގޮތުން، މިދިޔަ ނޮވެމްބަރު 20 ވަނަ ދުވަހުގެ ނިޔަލަށް، ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ވަނީ 33.5 ބިލިއަން ރުފިޔާ ލިބިފަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 30.6 ބިލިއަން ރުފިޔާއާ އަޅާބަލާއިރު، 9.5 ޕަސެންޓުގެ އިތުރުވުމެކެވެ.
ޖުމުލަ އާމްދަނީގެ ބޮޑު ޕަސެންޓެއް ހިއްސާކުރަނީ، ސަރުކާރުން ނަގާ ޓެކްސްތައް ބޮޑުކުރުމުން ދައުލަތަށް ލިބުނު ޓެކްސް އާމްދަނީންނެވެ. ޓެކްސް އާމްދަނީގެ ގޮތުގައި 25.2 ބިލިއަން ރުފިޔާ ލިބިފައި ވެ އެވެ.
މާލީ ހިސާބުތައް ދައްކާ ގޮތުން، ނޮވެމްބަރު 20 ގެ ނިޔަލަށް ޓެކްސް ނޫން އާމްދަނީ ވެސް މިދިޔަ އަހަރާ އަޅާބަލާއިރު އިތުރެވެ. ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބިފައިވާ 8 ބިލިއަން ރުފިޔާ މިހާރު ވަނީ މި އަހަރަށް ލިބޭނެ ކަމަށް އަންދާޒާ ކުރި އަދަދަށް ވުރެ އިތުރުވެފަ އެވެ.
ދައުލަތުގެ ހަރަދަށް ބަލާއިރު، ދައުލަތުން އެހާތަނަށް ކޮށްފައިވާ ޖުމްލަ ހޭދަ ހުރީ 35 ބިލިއަން ރުފިޔާގަ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ގާތްގަނޑަކަށް ފަސް ބިލިއަން ރުފިޔާގެ ދަށްވުމެކެވެ.
ނަމަވެސް، ހަރަދުން މިހާބޮޑު އަދަދެއް ސަލާމަތް ކުރެވިފައިވަނީ، ކެޕިޓަލް ހަރަދުތައް ދަށްވުމުންނެވެ. މިގޮތުން، މިދިޔަ އަހަރުގެ އެ މުއްދަތުގައި 10 ބިލިއަން ރުފިޔާގައި ހުރި ކެޕިޓަލް ހޭދަ، މިއަހަރުގެ އެހާތަނަށް ވަނީ ފަސް ބިލިއަނަށް ވެއްޓިފަ އެވެ.
ދައުލަތް ހިންގުމުގެ ހަރަދުތައް ވެސް ކުޑަކުރަން ސަރުކާރުން ފިޔަވަޅުތަކެއް އެޅި ނަމަވެސް އޭގެ އަސަރު ހިސާބުތަކަކުން ނުދައްކަ އެވެ. މިގޮތުން، މިދިޔަ އަހަރާ އަޅާބަލާއިރު، ރިކަރަންޓު ހަރަދުތައް 1.2 ބިލިއަން ރުފިޔާ އިތުރުވެ، ނޮވެމްބަރު 20 ވަނަ ދުވަހާ ހަމައަށް އެ އަދަދު ވަނީ 30 ބިލިއަން ރުފިޔާއަށް އަރައިފަ އެވެ.
ދައުލަތުގެ މުސާރަތައް އެއްހަމަ ކުރުމުގެ މަސައްކަތް ފަށާފައިވާތީ، ދައުލަތުގެ މުސާރައަށް ކުރި ހޭދަ ވަނީ 12.1 ބިލިއަން ރުފިޔާ އަށް އަރައިފަ އެވެ. މިއީ މިދިޔަ އަހަރަށް ވުރެ ގާތްގަނޑަކަށް 1.2 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
ދައުލަތުން ނަގާފައިވާ އެކި ލޯނުތަކާއި އިންޓަރެސްޓަށް މިއަހަރުގެ އެހާތަނަށް ދެއްކި 4.1 ބިލިއަން ރުފިޔާ ކެނޑުމަށްފަހު، މި އަހަރުގެ ބަޖެޓު ވަނީ 1.5 ބިލިއަން ރުފިޔާ އިން ޑެފިސިޓް ވެފަ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ބަޖެޓު ޑެފިސިޓްވެފައިވަނީ 9.5 ބިލިއަން ރުފިޔާއިންނެވެ.
5 ބިލިއަންގެ ދަރަނި ދެއްކިޔަސް، ބަޖެޓު ސާޕްލަސްގައި!
"އިގުތިސާދީ އިސްލާހީ ފިޔަވަޅުތައް ތަންފީޒު ކުރާނެ"
ދައުލަތުގެ އާމްދަނީ އިތުރުވެ، 30 ބިލިއަނަށް
ސަބްސިޑީއަށް ކުރި ހޭދަ 650 މިލިއަނުން ކުޑަކޮށްފި
ހަރަދު 23 ޕަސެންޓު ދަށް، އާމްދަނީ 6 ޕަސެންޓު އިތުރު
އާމްދަނީ އިތުރު، ބަޖެޓު ސާޕްލަސް 4 މަހާ ގާތަށް
އަހަރުގެ ބަޖެޓު 3.4 ބިލިއަން ރުފިޔާގެ ސާޕްލަސްގައި
އާމްދަނީ ދަށަސް، ހަރަދު ކުޑަކޮށްގެން 1.4 ބިލިއަނުން ސާޕްލަސްގައި
9.4 ބިލިއަނަށް ޑެފިސިޓު ތިރިކުރަން އަމާޒު ހިފައިފި
މޫޑީސް އިން ރާއްޖޭގެ ރޭޓިން ދަމަހައްޓައިފި