މީގެ ހަތް އަހަރު ކުރިން ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ކްރިސް އިވަންސް ގަތް އައިފޯން ސިކްސް އެސް ހަލާކުވުމުން އޭނާ އާ ފޯނެއް ގަނެފި އެވެ.
މީގެ ހަތް އަހަރު ކުރިން ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ކްރިސް އިވަންސް ގަތް އައިފޯން ސިކްސް އެސް ހަލާކުވުމުން އޭނާ އާ ފޯނެއް ގަނެފި އެވެ.
މަޝްހޫރު އަދި އަގުބޮޑު ފިލްމުތަކުގައި މަސައްކަތްކުރާ ތަރިންގެ އަތުގައި އޮންނާނީ އެންމެފަހުގެ އަގުބޮޑެތި ގެޖެޓުތައް ކަމަށް އަބަދުވެސް އޮންނަނީ ހީވެފަ އެވެ. އެހެންވެ، ކްރިސް އިވަންސް މާ ކުރީގެ ފޯނެއް މިހާ ގިނަ ދުވަސް ވަންދެން ބޭނުންކުރުމުން ގިނަ ބައެއްގެ ސަމާލުކަން ވަނީ އެކަމަށް ހުއްޓިފަ އެވެ.
ކްރިސް އިވަންސް އިއްޔެ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ވަނީ އޭނާގެ އައިފޯން ސިކްސް އެސް އަށް ވީގޮތް ކިޔައިދީފަ އެވެ.
އެ ފޯނާ އަދި މިހާރު އޭނާ ގެންގުޅޭ އާ ފޯނު ކަމަށްވާ އައިފޯން 13 ޕްރޯގެ ފޮޓޯއެއް ޕޯސްޓުކޮށްފައި ބުނީ އެންމެ ހަނދާން ވާނީ އައިފޯން ސިކްސް އެސްގައި އިންނަ ހޯމް ބަޓަން ކަމަށެވެ. ފަހުގެ އައިފޯންތަކުގައި ހޯމް ބަޓަންއެއް ނީނދެ އެވެ.
އޭނާ ބުނީ އެ ފޯނު ޗާޖުކުރަން އުޅުނު އުނދަގޫ ހާލު ވެސް ވަރަށް ހަނދާން ވާނެ ކަމަށެވެ. އެ ފޯނުގައި 100 ޕަސެންޓް ޗާޖު ހުރެފައި ކުއްލިއަކަށް 15 ޕަސެންޓަށް ވެއްޓޭ ހަނދާން ވާނެ އެވެ. އެއީ އޭނާ އެ ފޯނު ބަދަލުކުރަން ޖެހުނު ސަބަބުތަކެވެ.
އައިފޯން 6އެސް އަކީ ކޮޕީއެއްކަމަށް ބުނެ ދައުވާކޮށްފި
ނޯއާ އާއި ޒޯއީގެ ސިއްރު ގުޅުމެއް؟
މި ސެލެބްރިޓީންގެ އަގުބޮޑު ގެތައް އަނދައި އަޅިއަށް!
ޓޮމް އާއި ޒެންޑަޔާ އެންގޭޖުވެއްޖެ
ކާންޔޭ އާ އަހަރު ފެށީ ރާއްޖޭގައި
އާރޮންގެ އަންހެނުން ރާއްޖެ އައިސް ފީނަން ދަސްކޮށްފި
ދުއާ ލިޕާ އެންގޭޖުވީތަ؟
ބްލޭކް، ޖަސްޓިންއަށް ޖިންސީ ފުރައްސާރައިގެ ދައުވާކޮށްފި
އެންޑްރޫ އާއި ޝްރައްދާގެ ބައްދަލުވުމަށް ލޯބި
މާގޯ ރޮބީއަށް ކުއްޖަކު ލިބިއްޖެ