Roadha Mihaaru

މި ސެލެބްރިޓީންގެ އަގުބޮޑު ގެތައް އަނދައި އަޅިއަށް!

އެމެރިކާގެ ލޮސް އެންޖެލިސްގައި އަނދަމުންދާ އަލިފާނުގައި އެންމެ ބޮޑު ގެއްލުމެއް ލިބުނު މީހުންގެ ތެރޭގައި ހޮލީވުޑްގެ ސެލެބްރިޓީން ހިމެނެ އެވެ. ގިނަ ސެލެބްރިޓީން ދިރިއުޅެނީ އެ ސިޓީގެ ބެވަރީ ހިލްސް، ހޮލީވުޑް ހިލްސް، ބެލް އެއާ، ކެލަބަސަސް، ބްރެންޓްވުޑް އަދި މަލިބޫއޭ ކިޔުނު ސަރަހައްދުތަކުގައި ހުންނަ، މުއްސަނދިންގެ ނެއިބަހުޑްތަކުގަ އެވެ. މީގެ ތެރެއިން ގިނަ ނެއިބަހުޑްތަކަށް އަލިފާގަނޑު ފެތުރި މިހާރު އޮތީ ބޮޑު ބައި ސުންނާފަތި ވެފަ އެވެ.

މި ކާރިސާ ފެށުނީ މިދިޔަ އަންގާރަ ދުވަހުގެ ހެނދުނު ޕެސިފިކް ޕެލިސޭޑްސްގައި ރޯވި އަލިފާނުންނެވެ. އޭގެ ފަހުން ކައިރި ހިސާބުތަކަށް ފެތުރުނީ އެވެ. އެއީ ވެސް ވަރަށް ގިނަ ސެލެބްރިޓީން ދިރިއުޅުނު ސަރަހައްދެކެވެ.

އަލިފާނުގެ ނުރައްކާ ބޮޑުވުމުން ވަރަށް ގިނަ ސެލެބްރިޓީން ވަނީ އެ މީހުންގެ އަގު ބޮޑު ގޭގެ ދޫކޮށްލާފައި ގޮސްފަ އެވެ. އޭގެ ތެރެއިން ބައެއް މީހުންގެ ގެދޮރު މިހާރު ވަނީ އަނދައި ހުލިވެފަ އެވެ.

ޕެރިސް ހިލްޓަން

އެމެރިކާގެ ޓީވީ ޕާސަނަލިޓީ އަދި މޮޑެލް ޕެރިސް ހިލްޓަންގެ އާއިލާ.

އެމެރިކާގެ ޓީވީ ޕާސަނަލިޓީ އަދި މޮޑެލް ޕެރިސް ހިލްޓަންގެ އާއިލާ.

އެމެރިކާގެ ޓީވީ ޕާސަނަލިޓީ އަދި މޮޑެލް ޕެރިސް ހިލްޓަންގެ މަލިބޫގައި ހުންނަ އަގުބޮޑު ގެ ވަނީ އަނދައި އަޅިއަށް ވެފަ އެވެ. އޭނާ މި ވާހަކަ އިންސްޓަގްރާމްގައި ވެސް ހިއްސާކުރި އެވެ. އެއީ 8.4 މިލިއަން ޑޮލަރުގެ ގެއެކެވެ.

އެންތޮނީ ހޮޕްކިންސް

އެމެރިކާގެ އެކްޓަރު އެންތޮނީ ހޮޕްކިންސް.

އެމެރިކާގެ އެކްޓަރު އެންތޮނީ ހޮޕްކިންސް.

އޮސްކާ އެވޯޑު ކާމިޔާބު ކޮށްފައިވާ އެމެރިކާގެ އެކްޓަރު އެންތޮނީ ހޮޕްކިންސްގެ 7.3 މިލިއަން ޑޮލަރުގެ ގެ ހުންނަނީ މަލިބޫގަ އެވެ. އެއީ ހަތަރު ކޮޓަރީގެ ލަގްޒަރީ ރެސިޑެންސެކެވެ. މި އަލިފާނުގައި ބޮޑުވަރުވި އެ ހިސާބުގެ ހުރިހާ ގެއެއްހެން މިހާރު ވަނީ އަނދައިގެން ގޮސްފަ އެވެ.

އެޑަމް ބްރޯޑީ އާއި ލޭޓަން މީސްޓާ

ހޮލީވުޑްގެ އެކްޓަރު އެޑަމް ބްރޯޑީ އާއި އޭނާގެ އަންހެނުން، އެކްޓްރެސް ލޭޓަން މީސްޓާ.

ހޮލީވުޑްގެ އެކްޓަރު އެޑަމް ބްރޯޑީ އާއި އޭނާގެ އަންހެނުން، އެކްޓްރެސް ލޭޓަން މީސްޓާ.

ހޮލީވުޑްގެ އެކްޓަރު އެޑަމް ބްރޯޑީ އާއި އޭނާގެ އަންހެނުން، އެކްޓްރެސް ލޭޓަން މީސްޓާގެ އަގުބޮޑު ގެ ހުރީ މި އަލިފާންގަނޑު ރޯވާން ފެށި ޕެސިފިކް ޕެލިސޭޑްސްގަ އެވެ. އެ ދެމަރިންނާއި ދެ ކުދިން ދިރިއުޅުނު އެ ގެއަކީ 6،000 އަކަފޫޓުގެ ބޮޑު، 8.5 މިލިއަން ޑޮލަރުގެ ގެއެކެވެ. އެ ގެ އަނދައި އަޅިއަށް ވެގެން ދާ މަންޒަރު ފެންނަ ވީޑިއޯތައް ވެސް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ.

އޭނާ ފޭރިސް

އެމެރިކާގެ އެކްޓްރެސްގެ އޭނާ ފޭރިސް އާއި އަނދައި އަޅިޔަށް ވެފައި އޮތް އޭނާގެ ގެ.

އެމެރިކާގެ އެކްޓްރެސްގެ އޭނާ ފޭރިސް އާއި އަނދައި އަޅިޔަށް ވެފައި އޮތް އޭނާގެ ގެ.

ތިމާވެއްޓާ ރައްޓެހި ގޮތަކަށް ފަރުމާކޮށްފައި ހުރި، އެމެރިކާގެ އެކްޓްރެސްގެ އޭނާ ފޭރިސްގެ ގެ ވެސް ހުރީ ޕެސިފިކް ޕެލިސޭޑްސްގަ އެވެ. އެއްކޮށް އަނދައިގެން ދިޔަ އެ ގެއަކީ 4،000 އަކަފޫޓުގެ ގެއެކެވެ. އަދި 6.1 މިލިއަން ޑޮލަރުގެ އަގުބޮޑު ގެއެކެވެ.

މެލިސާ ރިވާސް

އެމެރިކާގެ ޓީވީ ހޮސްޓް މެލިސާ ރިވާސް.

އެމެރިކާގެ ޓީވީ ހޮސްޓް މެލިސާ ރިވާސް.

ޕެސިފިކް ޕެލިސޭޑްސްގައި ހުރި، އެމެރިކާގެ ޓީވީ ހޮސްޓް މެލިސާ ރިވާސްގެ ގެ ވެސް ވަނީ އަނދައި ހުލިވެފަ އެވެ. އޭނާ 2021 ވަނަ އަހަރު ގަތް އެ ގޭގެ އަގު 9.3 މިލިއަން ޑޮލަރަށް އަރަ އެވެ.

ހޮލީވުޑްގެ އެކްޓަރު ބެން އެފްލެކްގެ 24 މިލިއަން ޑޮލަރުގެ އަގު ބޮޑު ގެ ވެސް އަނދައިގެން ހިނގައިދާނެ ކަމުގެ ބިރު މިހާރު އޮތީ ހީވެފަ އެވެ. ހަމަ ޕެސިފިކް ޕެލިސޭޑްސްގައި ހުންނަ އެ ގެއާ ކައިރީގައި ހުރި ގިނަ ތަންތަން ވަނީ އަނދައިގެން ގޮސްފަ އެވެ. އެ ގެ ކައިރީގައި ހުރި ތަންތަން އަނދައިގެން ދާއިރު، އެ މަންޒަރު ބަލަން ބެން ކާރުގައި މަޑުކޮށްގެން އިންނަ ތަން ފެންނަ ފޮޓޯއެއް ވެސް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ.

ހޮލީވުޑްގެ އެކްޓަރު ބެން އެފްލެކް އޭނާގެ ގެ ހުންނަ ސަރަހައްދުގައި ރޯވަމުންދާއިރު އެ މަންޒަރު ބަލަން މަޑުކޮށްލައިގެން.

ހޮލީވުޑްގެ އެކްޓަރު ބެން އެފްލެކް އޭނާގެ ގެ ހުންނަ ސަރަހައްދުގައި ރޯވަމުންދާއިރު އެ މަންޒަރު ބަލަން މަޑުކޮށްލައިގެން.

އެއީ އެމެރިކާގެ ލަވަކިޔުންތެރިޔާ ޖެނިފާ ލޯޕޭޒް އާއި ބެން މިފަހުން ކައިވެނިކޮށް، އެމީހުން ދިރިއުޅެން ގަތް ވަރަށް އަގު ބޮޑު ގެއެކެވެ. ކައިވެނި ކޮށްގެން ދެ އަހަރެއްހާ ދުވަހު އުޅުމަށް ފަހު، މިދިޔަ އަހަރު އެޕްރީލް މަހުގައި އެ ދެމީހުން ވަނީ ވަރިވެފަ އެވެ.

ޖޫލިއާ ލުއީ-ޑްރައިފަސް، ޔުޖީން ލެވީ، މައިލްސް ޓެލާ، ކެލީ ޓެލާ، ޖެފް ބްރިޖެސް، ބިލީ ކްރިސްޓަލް، ޖެނިފާ ގްރޭ، ކެރޮލިން މާފީ، މާރިއޯ ލޮޕޭޒް، ޖޭމްސް ވުޑްސް، ކްރިސީ ޓީގަން، ޖުލިއޭން ހިއޫ، ސެންޑްރާ ލީ، މާކް ހެމިލް، ޖެމީ ލީ ކާޓިސް، ޖެނިފާ ލަވް ހެވިޓް، ބްރެޑް ޕެއިސްލީ، ކިމްބަލީ ވިލިއަމްސް ޕެއިސްލީ، ސްޓީވް ގަޓަންބާގް އަދި އެލިޒެބަތު ޗެމްބާސް ފަދަ މަޝްހޫރު އެހެން ބައެއްގެ އަގުބޮޑު ގޭގެ ވެސް ވަނީ މި އަލިފާނުގައި އަނދައި އަޅިޔަށް ވެފަ އެވެ.

އަލިފާންގަނޑު ފެތުރޭތީ އެކަމުގެ ބިރަށް އެހެން ވަރަށް ގިނަ ސެލެބްރިޓީން ވަނީ ގޭގެ ފަޅަށް ދޫކޮށްލައިފައި ވެސް ގޮސްފަ އެވެ.

އަދިވެސް އަލިފާންގަނޑު ކޮންޓްރޯލް ނުވެ ދަނީ ފެތުރެމުންނެވެ.

މިހާރު ވެސް ލޮސް އެންޖެލިސްގެ އެކި ހިސާބުގައި އަނދަމުންދާ އަލިފާނުގެ ސަބަބުން މިހާތަނަށް 11 މީހަކު ވަނީ މަރުވެފަ އެވެ. މިހާތަނަށް 10،000 އަށް ވުރެ ގިނަ އިމާރާތް އަލިފާނުގައި އަޅިއަށް ވެފައި ވާއިރު، 100،000 އަށް ވުރެ ގިނަ މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ގެންގޮސްފަ އެވެ.