Roadha Mihaaru
ހިއޮން ބިން އާއި ސޮންޔޭ ޖިންއަށް ކުއްޖަކު ލިބެނީ

ހިއޮން ބިން އާއި ސޮން ޔޭ ޖިން އަށް ވެސް ކުއްޖަކު ލިބެނީ

28 ޖޫން 2022

ދެކުނު ކޮރެއާގެ މަޝްހޫރު އެކްޓަރުން ކަމަށްވާ ހިއޮން ބިން އާއި ސޮން ޔޭ ޖިން، އެ ދެމަފިރިންނަށް ކުއްޖަކު ލިބެން އުޅޭކަން އިއްޔެ އިއުލާންކޮށްފި އެވެ.

ދެކުނު ކޮރެއާގެ މަޝްހޫރު އެކްޓަރުން ކަމަށްވާ ހިއޮން ބިން އާއި ސޮން ޔޭ ޖިން، އެ ދެމަފިރިންނަށް ކުއްޖަކު ލިބެން އުޅޭކަން އިއްޔެ އިއުލާންކޮށްފި އެވެ.

މިދިޔަ މާޗު މަހު ކައިވެނިކުރި ހިއޮން ބިން އާއި ސޮން ޔޭ ޖިން އަށް އަލަތު ދަރިއަކު ލިބޭކަން އިއުލާންކުރީ އިންސްޓަގްރާމް ޕޯސްޓެއްގަ އެވެ.

ސޮން ޔޭ ޖިން ކުރި ޕޯސްޓުގައި ބުނީ ވަރަށް އުފާވެރި ޚަބަރެއް އެބަ އޮތް ކަމަށާއި އެ މީހުންގެ ދިރިއުޅުމަށް އާ ދިރުމެއް އަތުވެއްޖެ ކަމަށެވެ. އޭނާ ހަށިގަނޑަށް އަންނަމުންދާ ބަދަލުތަކަށް އަދި ރަނގަޅަށް ނުހޭނުނަސް، ވަރަށް ގިނަ ބަދަލުތައް އަންނަކަން އިހުސާސްކުރެވޭ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށް ވެސް ބުންޏެވެ.

"މިކަމާ އަހަރެން ޝުކުރުވެރިވާ ހާލު އަދި ވިހާވެސް ސަމާލުވެގެން އުޅޭއިރު، އަހަންނާ ކައިރީގައި އުޅޭ އެއްވެސް މީހެއް ގާތުގައި އަދި މި ވާހަކަ ނުވެސް ބުނަން،" އޭނާ ބުންޏެވެ.

"އެކަމަކު މާ ލަސްވުމުގެ ކުރިން އަހަރެން ފޭނުންނަށާއި ގާތް މީހުންނަށް މި ޚަބަރު ހިއްސާކުރަން."

ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން، އެ ދެ ތަރިން ފުރަތަމަ ޔަގީންކޮށްދިނީ ދެ މީހުން އެކުގައި ކުޅުނު ނެޓްފްލިކްސް ކޮރެއާ ޑްރާމާ "ކްރެޝް ލޭންޑިން އޮން ޔޫ" ނިމުމަށް ފަހު، ޑިސެމްބަރު 2020ގަ އެވެ. އެ އަހަރު ނެޓްފްލިކްސް އިން އެ ޑްރާމާ ގެނެސްދިނުމާ އެކު އެ ދެ ތަރިން ވެފައި ވަނީ އޮން-ސްކްރީންގައި ވެސް އެންމެ ލޯބި ޖޯޑަށެވެ.

އެ ދެ މީހުން ކައިވެނިކުރީ މިދިޔަ މާޗު މަހު 31 ގަ އެވެ.