ޖޯޑްންގެ އަގަބާގެ ކަނޑުގެ ބަނދަރުގައި އޮތް ބޯޓަކަށް އަރުވަން އުޅުނު ވިހަ ގޭސް ތާނގީއެއް ވެއްޓި ގޮވުމުގެ ސަބަބުން، ގޭސް ލީކުވެ މަދުވެގެން 10 މީހަކު މަރުވެ އެތައް ބަޔަކަށް ގެއްލުން ލިބިގެން ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފި އެވެ.
ޖޯޑްންގެ އަގަބާގެ ކަނޑުގެ ބަނދަރުގައި އޮތް ބޯޓަކަށް އަރުވަން އުޅުނު ވިހަ ގޭސް ތާނގީއެއް ވެއްޓި ގޮވުމުގެ ސަބަބުން، ގޭސް ލީކުވެ މަދުވެގެން 10 މީހަކު މަރުވެ އެތައް ބަޔަކަށް ގެއްލުން ލިބިގެން ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފި އެވެ.
ޖޯޑްން ސަރުކާރުގެ ތަރުޖަމާނު ފައިސަލް އަލް-ޝަބޫލް ވިދާޅުވި ގޮތުގައި އަގަބާގެ ބަނދަރުގައި އޮތް ބޯޓަކަށް އަރުވަން އުޅެނިކޮށް ވެއްޓި ގޮވީ ކްލޮރީންގެ ގޭސް ތާނގީއެކެވެ. އަގަބާ އިން ޖިބޫތީ އަށް ގެންދިއުމަށްޓަކައި އެ ބޯޓަށް ބަރުކުރަން އުޅެނިކޮށް ވެއްޓި ގޮވި ގޭސް ތާނގީގައި 25 ޓަނުގެ ކްލޮރީން ގޭސް ހުންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
Poisonous gas leak , Jordanian port of aqaba. Ten people have been killed and more than 251 others injured by a toxic gas leak at Jordan's Red Sea port of Aqaba. pic.twitter.com/yR4CTNaJH5
— Jahidhussain (@JahidHussain2) June 27, 2022
މި ހާދިސާގައި މަދުވެގެން 251 މީހަކަށް އެކި ވަރުގެ ގެއްލުންތައް ލިބިގެން، ކައިރި ސަރަހައްދުގައި ހުރި ހޮސްޕިޓަލްތަކުގައި އެނދުމަތިކޮށްގެން މިހާރު އަންނަނީ ފަރުވާ ދެމުންނެވެ. ބަނދަރު ބަލަހައްޓާ އިދާރާ އިން ބުނި ގޮތުގައި މި ހާދިސާގައި ގެއްލުން ލިބުނު މީހުން އެ ސަރަހައްދުން ދުރަށް ގެންދިއުމަށް ފަހު، އެ ސަރަހައްދު ބަންދުކޮށް، ކަމާ ބެހޭ ތަޖުރިބާކާރުން މިހާރު އެތައް ސާފު ކުރުމުގެ މަސައްކަތް ފަށައިފަ އެވެ.
އަގަބާގެ ބަނދަރުގައި ހިނގި މި ހާދިސާގައި ގިނަ އަދަދެއްގެ ގޭސް ލީކުވެފައިވާތީ، އެ ބަނދަރުން ފެށިގެން 25 ކީލޯމީޓަރާ ދެމެދުގައިވާ ސަރަހައްދުގައި ހުރި ގެތަކުގައި ދިރިއުޅޭ މީހުން، ގެތަކުގެ ދޮރުތައް ލައްޕައިގެން ތިބުމަށާއި، ގެއިން ބޭރަށް ނުނިކުތުމަށް މިހާރު ވަނީ އަންގައިފަ އެވެ.
ސޯޝަލް މީޑިއާގައި އާންމުވަމުންދާ ސީސީޓީވީ މަންޒަރުތަކުން ފެންނަ ގޮތުގައި، ގޭސް ތާނގީ ވެއްޓެނީ، އެއްގަމުގައި ހުރި އެ ތާނގީ ބޯޓުގެ ކެރޭނުން ނަގައި ބޯޓަށް އަރުވަން އުޅުމުގެ ތެރޭގައި، ތާނގީގައި ޖަހާފައި އޮތް ވާގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުންނެވެ. ބޯޓުގެ ފަލުކާ މައްޗަށް ތާނގީ ވެއްޓުމާއެކު، މުޅި ސަރަހައްދަށް ރީނދޫ ކުލައިގެ އޮލަ ދުންގަނޑެއް ފެތުރިގެންދެ އެވެ. އެއާއެކު އެ ސަރަހައްދުގައި ތިބި މީހުން ދުރަށް ދުވާ މަންޒަރު ވެސް ފެނެ އެވެ.
މި ހާދިސާ ހިނގި ގޮތް ދެނެގަތުމަށްޓަކައި، ޖޯޑްންގެ ދާޚިލީ ވުޒާރާގެ ބެލުމުގެ ދަށުން ޚާއްސަ ޓީމެއް އެކުލަވާލައިގެން، މި ހާދިސާ ތަހުގީގުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ. ޖޯޑްން ޓީވީން ބުނި ގޮތުގައި ބޮޑުވަޒީރު ބިޝާރު އަލް ޚަސާވްނާ އިއްޔެ ހަވީރު އަގަބާއަށް ވަޑައިގެން، މިހާދިސާގައި ގެއްލުން ލިބުނު މީހުން އެނދުމަތިކޮށްފައި ތިބި ހޮސްޕިޓަލުތަކަށް ޒިޔާރަތް ކުރައްވައި، އެމީހުންގެ ހާލު ބައްލަވައިލެއްވި އެވެ.
މިޔަރެއް ފެނުން މައްޗަށް އަރައި ފުންނާބު ކާލައިފި
އެކްސިޑެންޓުވި އިލްމު އަދިވެސް ވެލްޓިލޭޓަރުގައި
އައްޑޫގައި އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވެއްޖެ
އައްޑޫ އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ ވެންޓިލޭޓަރުގައި
އެކްސިޑެންޓުގައި އަނިޔާވި މީހާ ފަރުވާއަށް އިންޑިއާއަށް
ކާރު އެކްސިޑެންޓެއްގައި ސައިކަލުތަކަކަށް ގެއްލުން
ކެނެޑާގައި މަތިންދާބޯޓެއް ރަންވޭމައްޗަށް ފުށުންޖެހިއްޖެ
ގައިމަތިން ސައިކަލު ދިޔަ މައްސަލަ ޕީޖީއަށް ފޮނުވަނީ
ސްޓްރޯކް ޖެހުނު މީހާގެ މައްސަލަ ފުލުހުން ރިވިއުކުރަނީ
އެކްސިޑެންޓުވި މީހާގެ ގައިމަތިން ދެވުމުން މަޑުކުރި!