Roadha Mihaaru
މިޔަރެއް ފެނުން މައްޗަށް އަރައި ފުންނާބު ކާލައިފި

މިޔަރެއް ފެނުން މައްޗަށް އަރައި މީހެއްގެ ފުންނާބު ކާލައިފި

06 ޖުލައި 2021

ރެޑް ސީގައި ޕެރަސައިލިން ހަދަން އުޅުނު މީހަކު ކަނޑުގެ ލޮނުގަނޑާ ހިސާބު ތިރިން ދަނިކޮށް މިޔަރެއް ފުންމައިގެން އަރައި ފުންނާބުން ބައެއް ކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ރެޑް ސީގައި ޕެރަސައިލިން ހަދަން އުޅުނު މީހަކު ކަނޑުގެ ލޮނުގަނޑާ ހިސާބު ތިރިން ދަނިކޮށް މިޔަރެއް ފުންމައިގެން އަރައި ފުންނާބުން ބައެއް ކާލައިފި އެވެ.

މިޔަރު ހަމަލާދިނީ ޖޯޑަންގެ 37 އަހަރުގެ ފިރިހެނަކަށެވެ. މިޔަރު ހަމަލާދޭ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި އާންމުވެފައިވެ އެވެ.

އޭގައި ފެންނަނީ ވައިކުޑައެއްގައި ދެ މީހަކު ތިރިން ސެއިލްކުރަމުން ދަނިކޮށް ކުއްލިއަކަށް މިޔަރު ފުންމައިގަނެ ހަމަލާ ދޭ ތަނެވެ.

މީޑިއާތަކުން ބުނީ އަނިޔާވި މީހާ ވަގުތުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފެށި ކަމަށާއި އެކަމަކު ވާތު ފައިތިލައިގެ ފުންނާބުން ބައެއް ނެތް ކަމަށެވެ. އަދި ފައިތިލައިގެ އެކި ތަންތަނަށް އެކި ވަރުގެ ޒަހަމްތައް ވެސް ވެފައިވެ އެވެ.

ޖޯޑަންގެ އަގާބާ އިންޓަނޭޝަނަލް ޑައިވް ސެންޓަރުގެ އޮފިޝަލަކު ބުނީ މިޔަރު ހަމަލާދިނީ އެފަދަ ކަންކަން ހިނގުން ވަރަށް ނާދިރު ހިސާބެއްގައި ކަމަށެވެ.

"އަހަރެން މި ދާއިރާގައި އުޅޭތާ ވިހި އަހަރުވެއްޖެ. އެކަމަކު މިފަދަ ގޮތަކަށް މިޔަރެއް މީހަކަށް ހަމަލާދިން ވާހަކައެއް ދުވަހަކު ވެސް އަޑެއް ނާހަން." އޭނާ ބުންޏެވެ.