އެސްޓީއޯގެ ދަށުން ހިންގަމުން އަންނަ މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) ގެ ތިންވަނަ ބޯޓު "އެމްވީ އެމްއެސްއެސް ގްރެފީން" ރާއްޖެ ގެނެސްފި އެވެ.
01 ޖުލައި 2022
އެސްޓީއޯގެ ދަށުން ހިންގަމުން އަންނަ މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) ގެ ތިންވަނަ ބޯޓު "އެމްވީ އެމްއެސްއެސް ގްރެފީން" ރާއްޖެ ގެނެސްފި އެވެ.
ޖަރުމަނުގެ "ކެންޑްލާ" ކުންފުނިން ގަތް އާ ކޮންޓެއިނާ ބޯޓު އެމްއެސްއެސްއާ ހަވާލުކުރުމާއި އެއަށް ފައިސާ ދެއްކުން އެސްޓީއޯގައި މިއަދު ވަނީ ބާއްވައިފަ އެވެ. އެސްޓީއޯގެ ފަރާތުން ފައިސާގެ އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރެވެ. މިއީ ބޯޓެއް ގަތުމުގެ މުއާމަލާތެއް ރާއްޖޭގައި ކުރި ފުރަތަމަ ފަހަރެވެ.
އެސްޓީއޯގެ އެމްޑީ އަމްރު އަދި ކެންޑްލާ ކުންފުނީގެ އެމްޑީ ޖޯނަސް ކެލާ މިއަދު ސޭލް އެންޑް ޕާޗެސް އެގްރީމެންޓުގައި ސޮއި ކުރައްވަނީ: ދުރުގައި އަލަށް ގަތް ބޯޓު ---ފޮޓޯ: ނިޝާން އަލީ | މިހާރު
މިހާރުވެސް ދަތުރު ކުރަމުން އަންނަ އެމްއެސްއެސް ގެލީނާގެ ސިސްޓަ ވެސެލް ނުވަތަ އެއާ އެއްސައިޒުގެ އާ ބޯޓުން 420 ލޯޑް ކޮންޓެއިނާ އުފުލޭނެ އެވެ. އަދި ހުސްކޮށް ނަމަ 680 ކޮންޓެއިނާ އުފުލެ އެވެ. އޭގެތެރޭގައި ފިނިކުރި ތަކެއްޗަށް ހާއްސަ 60 ރީފާ ކޮންޓެއިނަރު ހިމެނެ އެެވެ.
އެމްއެސްއެސްގެ މެނޭޖިން ޑިރެކްޓަރު ކެޕްޓަން އަބްދުﷲ ސައީދު ވިދާޅުވީ އަލަށް ގެނައި އެމްއެސްއެސް ގްރެފީންގެ ދަތުރުތައް އަންނަ އޮގަސްޓް މަހު ފަށާނެ ކަމަށާއި އެ ބޯޓު ދަތުރު ކުރާނީ ސިންގަޕޯ، މެލޭޝިއާ އަދި މާލެ ރޫޓުން ކަމަށެވެ.
"މިއަދު މި ނިމުނީ ސޭލް އެންޑް ޕާޗެއްސް އެގްރީމެންޓް. ދެން އޮތީ ބޯޓުގެ ރަޖިސްޓްރީ ބަދަލުކުރުން. ރާއްޖޭގެ ދިދައިގެ ދަށަށް ބޯޓު ރަޖިސްޓްރީ ކުރެވޭ ހިސާބުން އަދި ބޯޓުގެ ނަން ރަސްމީކޮށް ބަދަލުކުރެވޭނީ އެމްވީ އެމްއެސްއެސް ގްރަފީން އަށް،" ކެޕްޓަން ސައީދު ވިދާޅުވި އެވެ.
އެމްއެސްއެސްގެ އެމްޑީ ކެޕްޓަން ސައީދު މީޑިއާތަކާ ވާހަކަދައްކަވަނީ ---ފޯޓޯ: ނިޝާން އަލީ | މިހާރު
އެ ބޯޓުގައި އެމްއެސްއެސް ޖަހާފައި އޮން ނަމަވެސް، ބޯޓަށް އެސްޓީއޯއިން ކިޔަން ނިންމާފައިވާ ނަން "އެމްވީ އެމްއެސްއެސް ގްރަފީން" މިވަގުތު ފެންނާކަށް ނުހުރެ އެވެ.
އަމްރު ވިދާޅުވީ ކުރިމަގުގައި އެމްއެސްއެސްގެ ހިދުމަތް ފުޅާކުރެވި ރާއްޖޭގެ އިގްްތިސޯދުގެ ތިން ވަނަ އިންޑަސްޓްރީ ނުވަތަ އެއަށް ވުރެ ވެސް ކުރިއަށް ޝިޕިން އިންޑަސްޓްރީ ގެންދިއުމުގެ ޕްލޭނަކާއި އުންމީދެއް އެބައޮތް ކަމަށެވެ.
"މި ބޯޓާ އެކު މިހާރު ކުރިއަށް އެބަގެންދަން އަމިއްލަ ކޮންޓެއިނަރު ހޯދުމަށް، އެމްއެސްއެސް ގެ ލޯގޯ ޖަހައިގެން. އޭގެ ސަބަބުން މި ހިދުމަތް އިތުރަށް ފުޅާވާނެ. އަދި އިތުރު ވަޒީފާތަކެއް ވެސް އުފެދިގެންދާނެ," އަމްރު ވިދާޅުވި އެވެ.
އެސްޓީއޯގެ އެމްޑީ ހުސައިން އަމްރު މީޑިއާތަކާ ވާހަކަދައްކަވަނީ ---ފޯޓޯ: ނިޝާން އަލީ | މިހާރު
އަމްރު ވިދާޅުވި ގޮތުގައި، މިހާރު ދިމާވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެމްއެސްއެސް ހަލުވި ކަމާއެކު ފުޅާވަމުންދާއިރު އެ ދާއިރާގައި މީހުން ބިނާވެފައި ނެތުމެވެ. އެކަން ހައްލުކުރުމުގެ ގޮތުން އެ ކުންފުނިން އަންނަނީ އެމްއެންޔޫއާ ގުޅިގެން އެ ދާއިރާ އަށް ޝައުގުވެރިކަން ހުންނަ ކުދިންނަށް ހިލޭ ކިޔެވުމުގެ ފުރުސަތު ދެމުންނެވެ.
އެމްއެސްއެސްގެ ތިން ބޯޓުގައި މަސައްކަތް ކުރަނީ ގާތްގަނޑަކަށް 12 ބިދޭސީންނެވެ. ކެޕްޓަނުންނާއި އޮފިސަރުންނާއި އިންޖިނޭރުންގެ ގޮތުގައި ދިވެހިން މަސައްކަތް ކުރި ނަމަވެސް، އިތުރަށް ބޯޓެއް ގަންނަ ނަމަ، އެއަށް ބޭނުންވާ އަދަދަކަށް ދިވެހިން ތަމްރީނުވެފައި މިހާރު ނެތްކަން ސައީދު ފާހަގަކުރެއްވި އެވެ.
އެމްއެސްއެސްގެ އަމިއްލަ ބޯޓު ފުރަތަމަފަހަރަށް ރާއްޖެއަށް
ކާގޯ ފެރީން ގެންނަ މުދަލުގެ އަދަދު އިތުރުވަނީ
ޝިޕިން ކުންފުނީގެ އެމްޑީއަކަށް ކޮށީގެ ސައީދު
އެސްޓީއޯ: އެންމެ ބޮޑަށް ފުޅާވީ ޝިޕިން ދާއިރާ
އެސްޓީއޯ/އެމްއޭސީއެލްގެ ތެލުގެ އެއްބަސްވުން އާކޮށްފި
އެސްޓީއޯގެ އެމްޑީއަކަށް ކޮށީގެ ސައީދު އައްޔަންކޮށްފި
އެސްޓީއޯގެ އެމްޑީއަކަށް ސައީދު ހަމަޖައްސަން ޕީސީބީއަށް
ނަޝީދުގެ މަރުހަބާ އާއި ޝުކުރު އަމްރު އަށް
އަމްރު އެސްޓީއޯ އިން ވަކިކޮށްފި
އެސްޓީއޯ، ޓެކޮނޮލޮޖީގައި ބޮޑު ބަދަލަކާ ދިމާއަށް!