މިދިޔަ އަހަރު އެސްޓީއޯ ގްރޫޕްގެ ވިޔަފާރިތަކުގެ ތެރެއިން އެންމެ ބޮޑު ކުރިއެރުމެއް ހޯދާފައިވަނީ މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) ކަން ކުންފުނީގެ އަހަރީ ރިޕޯޓުން ދައްކައިފި އެވެ.
16 ޖޫން 2024
މިދިޔަ އަހަރު އެސްޓީއޯ ގްރޫޕްގެ ވިޔަފާރިތަކުގެ ތެރެއިން އެންމެ ބޮޑު ކުރިއެރުމެއް ހޯދާފައިވަނީ މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) ކަން ކުންފުނީގެ އަހަރީ ރިޕޯޓުން ދައްކައިފި އެވެ.
އެސްޓީއޯގެ އަހަރީ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު އެމްއެސްއެސްގެ އާމްދަނީ ވަނީ 22 ޕަސެންޓަށް ކުރިއަށް ޖެހިފަ އެވެ. އެކުންފުންޏަށް މިދިޔަ އަހަރު 376 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނެ އެވެ. އޭގެ ކުރިން އަހަރު އެ ކުންފުނީގެ އާމްދަނީ ހުރީ 308 މިލިއަން ރުފިޔާގަ އެވެ.
އެސްޓީއޯގެ ސަބްސިޑަރީތަކުގެ ތެރެއިން ދެވަނައަށް އެންމެ ބޮޑު ކުރިއެރުމެއް ހޯދީ އިންޝުއަރެންސް ކުންފުނި އެލައިޑުންނެވެ. އެ ކުންފުނީގެ އާމްދަނީ ވަނީ 19 ޕަސެންޓަށް އިތުރުވެފަ އެވެ. މިދިޔަ އަހަރު އެކުންފުންޏަށް 519 މިލިއަން ރުފިޔާ ލިބުނެ އެވެ. އޭގެ ކުރިން އަހަރު އެލައިޑުގެ އާމްދަނީ ހުރީ 436 މިލިއަން ރުފިޔާގަ އެވެ.
މިދިޔަ އަހަރު އެކުންފުންޏަށް ޖުމްލަ 17 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެ އެވެ. އެއީ 2022 ވަނަ އަހަރަށް ވުރެ ދެ ބިލިއަން ރުފިޔާ ދަށް އަދަދެކެވެ. އެސްޓީއޯއަށް 2022 ވަނަ އަހަރު ވަނީ 19 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފަ އެވެ. އާމްދަނީ އެހާ ބޮޑަށް ދަށްވީ ތެލުގެ ވިޔަފާރިން ލިބުނު އާމްދަނީ ދަށްވުމުންނެވެ. ތެލުގެ ވިޔަފާރިއަކީ އެސްޓީއޯއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ ދާއިރާ އެވެ. މިދިޔަ އަހަރު އެކުންފުންޏަށް ވަނީ 13 ބިލިއަން ރުފިޔާ ތެލުގެ ވިޔަފާރިން ލިބިފަ އެވެ. އެއީ އޭގެ ކުރީ އަހަރަށް ވުރެ 3.4 ޕަސެންޓް ދަށް އަދަދެކެވެ.
އެ ވިޔަފާރީގެ އިތުރުން ޓްރޭޑިން އާއި ކޮންސްޓްރަކްޝަން، ޕީޕަލްސް ޗޮއިސް އިން ވެސް އެކުންފުންޏަށް ލިބުނު އާމްދަނީ ވަނީ އޭގެ ކުރީ އަހަރަށް ވުރެ ދަށްވެފަ އެވެ.
މިދިޔަ އަހަރު އެކުންފުނީގެ އާމްދަނީ ދަށްވި ނަމަވެސް، އެކުންފުންޏަށް ލިބުނު ފައިދާ ވަނީ 90 މިލިއަން ރުފިޔާ އިތުރުވެފަ އެވެ. އެކުންފުނީގެ މިދިޔަ އަހަރު ފައިދާ 818 މިލިއަން ރުފިޔާއަށް އަރަ އެވެ. އާމްދަނީ ދަށްވި ނަމަވެސް، ކުންފުނީގެ ފައިދާ ބޮޑުވީ، އެކުންފުނީގެ ހަރަދުތައް ކުޑަވެފައިވާތީ އެވެ.
އެމްއެސްއެސްގެ އަމިއްލަ ބޯޓު ފުރަތަމަފަހަރަށް ރާއްޖެއަށް
އެމްއެސްއެސް އިން އާ ބޯޓެއް ގަނެފި
ސްޓޭޓް ޝިޕިންގެ ބޯޓުން ވަޒީފާގެ ފުރުސަތު ހުޅުވާލައިފި
އިންޑިއާ އާއި ތިނަދުއާ ދެމެދު ކާގޯ ދަތުރުތައް ފަށައިފި
ޝިޕިން ލައިންގެ ފުރަތަމަ ބޯޓު ގެނެސްފި
ފުރަތަމަ ކުއާޓަރުގައި އެސްޓީއޯ އަށް 235 މިލިއަން
އެސްޓީއޯގެ އަހަރީ އާއްމު ޖަލްސާ މި މަހުގެ 31ގައި
އެސްޓީއޯއަށް ފުރަތަމަ ކުއާޓާގައި 368 މިލިއަން ރުފިޔާ
އެމްއެސްއެސް އިން ގަތް އާ ބޯޓު ރާއްޖެ ގެނެސްފި
"ޝިޕިން ދާއިރާގައި އަންހެނުންނަށް ގިނަ ފުރުސަތުތަކެއް"