ކުނި މެނޭޖް ކުރުމުގެ ގަވާއިދާ ހިލާފުވެ، ވ. އަލިމަތާ ރިސޯޓުން މޫދަށް ކުނި އެޅި މައްސަލައިގައި 312،000ރ. އިން އިއްޔެ ޖޫރިމަނާކޮށްފި އެވެ.
04 ޖުލައި 2022
ކުނި މެނޭޖް ކުރުމުގެ ގަވާއިދާ ހިލާފުވެ، ވ. އަލިމަތާ ރިސޯޓުން މޫދަށް ކުނި އެޅި މައްސަލައިގައި 312،000ރ. އިން އިއްޔެ ޖޫރިމަނާކޮށްފި އެވެ.
އެންވަޔަރްމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ނެރުނު ބަޔާނުގައި ބުނީ، ކުނިވާ ޒާތުގެ ކުނި ކަނޑަށް އެޅުމުގައި، ކުނި މެނޭޖްކުރުމުގެ ގަވާއިދުގެ މިންގަނޑުތަކާ އަލިމަތަ ރިސޯޓުން ހިލާފުވެފައިވާ ކަމަށެވެ.
އެހެންވެ، ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން ހަދާފައިވާ ގަވައިދަށް ރިއާޔަތްކޮށް، 312،750ރ. އިން އެ ރިސޯޓު ޖޫރިމަނާކޮށް، 30 ދުވަހުގެ ތެރޭގައި އެ ފައިސާ ދެއްކުމަށް އަންގާފައިވާ ކަމަށް ބުންޏެވެ.
ވ. އަތޮޅުގެ ބައެއް ރިސޯޓުތަކުން މޫދަށް ކުނި އަޅާ މައްސަލަ ތަހުގީގު ކޮށްދިނުމަށް ކަމާބެހޭ އިދާރާތަކަށް މިދިޔަ އޭޕްރީލް މަހު ހުށަހެޅީ ކަމަށް އެ އަތޮޅު ކައުންސިލުން ބުންޏެވެ.
އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު އަލީ "މިހާރު" ކުރިން ވިދާޅުވީ އަލިމަތަ އަދި ދިއްގިރި ރިސޯޓުން މޫދަށް ފުޑް ވޭސްޓް އަޅާ މައްސަލަ ވަރަށް ބޮޑުވެފައިވާ ކަމަށެވެ. އެކަމުގެ އުނދަގޫތައް ކައިރި ރަށްތަކަށް ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝުޖާއު ވިދާޅުވީ، މުޅި ވ. އަތޮޅު ބިނާވެފައިވަނީ ޓޫރިޒަމަށް ބިނާވެފައިވާއިރު، ރިސޯޓު ޓޫރިޒަމާއި ލޯކަލް ޓޫރިޒަމް ފުޅާވެ، މޫދަށް އުކާލާ ކުނީގެ އަސަރު އެ ހުރިހާ ފަރާތްތަކަށް ވެސް ކުރާނެ ކަމަށެވެ.
މީގެ 15 އަހަރު ކުރިން އަމަލުކުރަން ފެށި ޓޫރިޒަމް މިނިސްޓްރީގެ ގަވައިދަކުން ވަނީ ރިސޯޓުތަކުން ބާކީވާ ކާއެއްޗިއްސާއި އަމިއްލައަށް ހަލާކުވެގެންދާނެ ތަކެތި މޫދަށް އެޅުމުގެ ހުއްދަ ދީފަ އެވެ. އެކަމަކު، ރިސޯޓުތަކުން މޫދަށް ކުނި އުކާލާ މައްސަލަ ބޮޑުވެފައި ވަނިކޮށް އެ މިނިސްޓްރީން އާއްމުކުރި އިސްލާހުގައި ވަނީ ކުރީގެ ގަވައިދަށް އިސްލާހެއް ގެނެސް، މޫދަށް ކުނި އެޅުން މަނާކޮށްފަ އެވެ.
ގަވާއިދާ ހިލާފަށް ގޮނޑުދޮށް ހިމާޔަތް ކުރުމުން ޖޫރިމަނާ
މޫދަށް ކުނި އުކާލުން އެހާމެ ފަސޭހަ!
އޮޅުވެލި ރިސޯޓު ތިން ލައްކަ ރުފިޔާ އިން ޖޫރިމަނާކޮށްފި
އޮސްކާގެ އިނާމުތަކުގައި ރާއްޖޭގެ ޗުއްޓީ ދަތުރެއް
ރިސޯޓުތަކުން ޑޮލަރު މާރުކުރުމުގެ ހެޔޮ އަސަރު ރިޒާވަށް
ބީއެމްއެލްއިން ގްރީން ރިސޯޓް ފައިނޭންސިން ތައާރަފްކޮށްފި
ޓޫރިޒަމްގެ މާލީ ހައްލުތަކަށް ބީއެމްއެލް ތައްޔާރު:ޝަރީފް
ރޯދައާ ދިމާކޮށް މަގުތަކުގައި ކުނިބަހައްޓާތީ ކަންބޮޑުވުން
ރިސޯޓުތަކުން މިހާތަނަށް 25 މިލިއަން ޑޮލަރު މާރުކޮށްފި
ހއ. އަތޮޅުގައި 600 މިލިއަން ޑޮލަރުގެ ރިސޯޓެއް