ރިސޯޓެއްގެ ގޮތުގައި ހިންގަމުން އަންނަ މ. މަޑިފުށި ގޮނޑުދޮށް ހިމާޔަތް ކުރުމާއި ގޮނޑުދޮށް ހެދުމުގެ މަސައްކަތްތައް ގަވައިދާ ހިލާފަށް ކޮށްފަައި ވާތީ އެ ރިސޯޓް ހިންގާ ކުންފުނި 20،000ރ. އިން ޖޫރިމަނާކޮށްފި އެވެ.
07 ފެބުރުއަރީ 2023
ރިސޯޓެއްގެ ގޮތުގައި ހިންގަމުން އަންނަ މ. މަޑިފުށި ގޮނޑުދޮށް ހިމާޔަތް ކުރުމާއި ގޮނޑުދޮށް ހެދުމުގެ މަސައްކަތްތައް ގަވައިދާ ހިލާފަށް ކޮށްފަައި ވާތީ އެ ރިސޯޓް ހިންގާ ކުންފުނި 20،000ރ. އިން ޖޫރިމަނާކޮށްފި އެވެ.
މަޑިފުށި ރިސޯޓް އޮޕަރޭޓް ކުރާ މޯލްޑިވްސް އިންފްލައިޓް ކޭޓަރިން ޕްރައިވެޓް ލިމިޓެޑަކީ ހުޅުލެ އައިލެންޑް ހޮޓެލް (އެޗްއައިއެޗް) ވެސް ހިންގާ ކުންފުންޏެވެ.
ޖޫރިމަނާކުރި ސަބަބަކީ އީޕީއޭ އިން ބުނިގޮތުގައި، އީއައިއޭ ފުރިހަމަ ނުކުރުމާއި ތިމާވެށީގެ ކްލިއަރެންސް ނުހޯދައި ކުރި މަސައްކަތްތަކާ ގުޅިގެންނެވެ. ޖޫރިމަނާކުރީ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުން ލިބިދޭ ބާރުގެ ދަށުންނ ކަމަށް ވެސް އެ އިދާރާ އިން ބުންޏެވެ. ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 30 ދުވަހުގެ ތެރޭގައި ޖޫރިމަނާ ފައިސާ ދައްކަން އީޕީއޭ އިން ވަނީ މޯލްޑިވްސް އިންފްލައިޓް ކޭޓަރިން އަށް އަންގައިފަ އެވެ.
މަޑިފުށި ޕްރައިވެޓް އައިލެންޑް ރިސޯޓަކީ މި އަހަރު ހުޅުވި ފުރަތަމަ ރިސޯޓެވެ. އެއީ ވަރަށް ބޮޑަށް ތިމާވެއްޓާ ގުޅުވައިގެން ހަދާފައިވާ ރިސޯޓެކެވެ. އެ ރިސޯޓުގައި 80 ބީޗް އަދި އޯވާ ވޯޓާ ވިލާ ވަނީ ހަދައިފަ އެވެ.
މޫދަށް ކުނި އުކާލުން އެހާމެ ފަސޭހަ!
އޮޅުވެލި ރިސޯޓު ތިން ލައްކަ ރުފިޔާ އިން ޖޫރިމަނާކޮށްފި
ބީއެމްއެލްއިން ގްރީން ރިސޯޓް ފައިނޭންސިން ތައާރަފްކޮށްފި
މޫދަށް ކުނި އެޅުމުން އަލިމަތާ ރިސޯޓް ޖޫރިމަނާކޮށްފި
އީއައިއޭއާ ހިލާފަށް ރިސޯޓު ހަދާތީ ބޮޑު ޖޫރިމަނާއެއް
ވެލިގަނޑު ރިސޯޓު ހިއްކުން މަޑުޖައްސައިލަން އަންގައިފި
ޑައިވިން ސައިޓްތަކުގެ ހިމާޔަތުގައި
ފިނޮޅަށް ގެއްލުން ދިން މައްސަލަ އީޕީއޭ އިން ބަލަނީ
ގްރީން ޓެކްސްއަށް އޭޕްރީލްގައި ލިބުނީ 35.7 މިލިއަން
އޮޑެގައްލާގެ އެއްބަސްވުން ސަރުކާރުން ބާތިލު ކުރަނީ