Roadha Mihaaru
ދިރާގު ޓީވީ އާއި އިންޓަނެޓް ހިލޭ ގުޅައިދޭ ޕްރޮމޯޝަނެއް

ދިރާގު ޓީވީ އާއި ފައިބާ ބްރޯޑްބޭންޑް ހިލޭ ގުޅައިދޭ ޕްރޮމޯޝަނެއް ފަށައިފި

06 ޖުލައި 2022

ދިރާގު ޓީވީ އާއި ދިރާގު ފައިބާ ބްރޯޑްބޭންޑް އިންޓަނެޓް ހިލޭ ގުޅައިދޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

ދިރާގު ޓީވީ އާއި ދިރާގު ފައިބާ ބްރޯޑްބޭންޑް އިންޓަނެޓް ހިލޭ ގުޅައިދޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ދިރާގުން ބުނީ މި މަހުގެ 31 ވަނަ ދުވަހުގެ ކުރިން އެ ހިދުމަތްތަކަށް އެޕްލައި ކުރާ ކަސްޓަމަރުންނަށް ފައިބާ ގުޅައިދިނުމާއި ދިރާގު ޓީވީ ގުޅައިދިނުމާ އެކު ޖޯއީބޮކްސް (ޑީކޯޑަރު) ވެސް ހިލޭ ލިބޭނެ ކަމަށެވެ.

އެ ޕްރޮމޯޝަންގެ ދަށުން ފައިބާ އިންޓަނެޓް ރައުޓަރުން 50 ޕަސެންޓުގެ ޑިސްކައުންޓެއް ލިބެ އެވެ. ދިރާގު ޓީވީ އަށް އެޕްލައި ކުރާ ފުރަތަމަ 300 ކަސްޓަމަރުންނަށް ވަޔަލެސް ކީބޯޑެއް ދޭން ވަނީ ނިންމައިފަ އެވެ. އަދި އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ދިރާގު ޓީވީގެ ހުރިހާ ޗެނަލްތަކެއް، 350 ރުފިޔާ އަށް ބަލާލެވޭނެ އެވެ.

ދިރާގުގެ ފައިބާ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ހަލުވި ސްޕީޑެއްގައި ބޮޑެތި ޑޭޓާ އެލަވެންސްތަކެއް ލިބޭ ތަފާތުވައްތަރުގެ އިންޓަނެޓް ޕެކޭޖުތައް ލިބެ އެވެ. އެ ހިދުމަތް މިހާރު ވަނީ ރާއްޖޭގެ 89 ރަށެއްގައި ތައާރަފްކޮށްފަ އެވެ.

ދިރާގު ޓީވީގެ ހިދުމަތް ރާއްޖޭގެ ގޭބީސީތަކުގެ 84 ޕަސެންޓަށް މިހާރު ލިބެ އެވެ. އެ ހިދުމަތާ އެކު، ދުނިޔެ އަށް މަގްބޫލް ޑިޒްނީ ޗެނަލްތަކާއި ކުޅިވަރުގެ ޗެނަލްތަކުގެ އިތުރުން ލޯކަލް އަދި ދީނީ ޗެނަލްތައް ހިމެނެހޭން 100 އަށްވުރެ ގިނަ ޗެނަލްތައް ބަލައިލެވެ އެވެ. އަދި ދިވެހި ފަންނާނުން އުފައްދާފައިވާ މުނިފޫހިފިލުވުމުގެ ކޮންޓެންޓުތައް ވެސް ބަލާލެވޭނެ އެވެ.