ދިރާގުގެ މޯބައިލް އެޕްލިކޭޝަނަށް މުޅިން އާ އަޕްޑޭޓެއް ތައާރަފްކޮށްފި އެވެ.
ދިރާގުގެ މޯބައިލް އެޕްލިކޭޝަނަށް މުޅިން އާ އަޕްޑޭޓެއް ތައާރަފްކޮށްފި އެވެ.
ދިރާގުން ބުނީ އާ ފީޗާތަކާ އެކު އެޕްލިކޭޝަން ބޭނުންކުރަން ފަސޭހަވާނެ ކަމަށެވެ.
● މޮބައިލް ޕްލޭންތަކާއި ފައިބަ ބްރޯޑްބޭންޑް ޕެކޭޖްތަށް ބަދަލުކުރުން: މިހާރު ދިރާގު އެޕް މެދުވެރިކޮށް ފަސޭހަކަމާ އެކު މޯބައިލް ޕްލޭންތަކާއި ހޯމް ފައިބަ ބްރޯޑްބޭންޑް ޕެކޭޖްތައް ބަދަލުކުރެވޭނެ އެވެ. ކުރިން މި ބަދަލު ގެނެވޭނީ ހަމައެކަނި ދިރާގު މައިއެކައުންޓް ޕޯޓަލް މެދުވެރިކޮށެވެ.
● ތަފްސީލީ ބިލް ފެނުން: ރެސިޑެންޝަލް ކަސްޓަމަރުންނަށް، ފާއިތުވި 12 މަސް ދުވަހުގެ ބިލްގެ ފުރިހަމަ ތަފްސީލް މިހާރު ދިރާގު އެޕް މެދުވެރިކޮށް ބަލައިލެވޭނެ އެވެ. ބިލްގެ މައުލޫމާތު ދިރާގު އެޕްއަށް ލޮގިންކޮށްލުމަށް ފަހު "ވިއު ބިލްސް" ސެކްޝަނަށް ދިއުމުން ހޯދޭނެ އެވެ.
● އެޑް-އޮންސް ކެންސަލް ކުރުން: ދިރާގު ޕޯސްޓްޕެއިޑް 150 އިން މަތީގެ ޕްލޭންތަކަށް ސަބްސްކްރައިބްކޮށްފައިވާ ކަސްޓަމަރުންނަށް މިހާރު ރިކަރަންޓް އެޑް-އޮންތައް އެ އެޕްގައިވާ "އެޑް-އޮން ބެލެންސް" ބަޓަނުން ކެންސަލް ކުރެވޭނެ އެވެ.
ގޫގުލް ޕްލޭ ސްޓޯރާއި އައިއޯއެސް އެޕް ސްޓޯރު މެދުވެރިކޮށް ކަސްޓަމަރުންނަށް ދިރާގު މޮބައިލް އެޕް އަޕްޑޭޓް ކުރެވޭނެ އެވެ.
ދިރާގުން ބުނީ އަބަދުވެސް މަސައްކަތްކުރަނީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާތައް އިތުރަށް ފުރިހަމަކޮށްދޭން ކަމަށެވެ.
ދެއްވަދު އަށް ދިރާގު ފައިބަ ނެޓުގެ ހިދުމަތް ފަށައިފި
ދިރާގު ޓީވީ އާއި އިންޓަނެޓް ހިލޭ ގުޅައިދޭ ޕްރޮމޯޝަނެއް
ދިރާގު "މަމެން" ގެ އިތުރު އެޑް-އޯން އެއް
އިތުރު ޑޭޓާ އާއި ސްޕީޑާ އެކު، ދިރާގުން ހެޔޮ ބަދަލެއް
ދިރާގުން މޯބައިލް ކަސްޓަމަރުންނަށް އިތުރު ޑޭޓާ ދެނީ
ކޮވިޑް-19:ދިރާގުން 30 ޕަސެންޓް ޑޭޓާ ހިލޭ ދެނީ
ދިރާގުޓީވީން ހިލޭ އެޑް-އޯން ޕެކޭޖު ދޫކުރަނީ
މިޝާގެ ރޯދަ ޗެލެންޖާއެކު ދިރާގުން ރޯދަ އޮފާތަކެއް
އާ ފީޗާތަކާއެކު "ދިރާގު ޕޭ" ޕްލެޓްފޯމް ތައާރަފްކޮށްފި
ދިރާގު ހިއްސާގެ ފައިދާއަށް 661 މިލިއަން ބަހަނީ