Roadha Mihaaru
ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމަށް ހުޅުވާލައިފި

ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި

11 ޖުލައި 2022

ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލާން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލާން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލައިފި އެވެ.

ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި ދީބާނާޒް ފަހުމީ ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރަން ޖޭއެސްސީން ނިންމާފައިވާތީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން މަގާމެއް އަންނަ މަހު ހުސްވާނެ އެވެ.

ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ މުއްދަތު އަންނަ މަހުގެ 10 ވަނަ ދުވަހާ ހަމައަށް އޮންނާނެ ކަމަށް ޖޭއެސްސީން ބުންޏެވެ.

ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް މުސާރަ އާއި އިނާޔަތްތަކާ އެކު މަހަކު 48،000ރ. ލިބެ އެވެ.

ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ގާޒީ ދީބާނާޒް އައްޔަން ކުރަން ނިންމީ އެ ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި އަބްދުﷲ ހަމީދު މަގާމުން ވަކި ކުރެއްވުމާއި އަދި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް އިސްތިއުފާ ދެއްވުމުންނެވެ. ދީބާނާޒްގެ އިތުރުން ހައި ކޯޓަސް ދެން އައްޔަން ކުރަން ނިންމާފައިވަނީ މުހައްމަދު ސަލީމެވެ.