16 ޖުލައި 2022
ސްރީ ލަންކާގައި ހިނގައިދިޔަ ދާހިލީ ހަނގުރާމައިގައި، ހަނގުރާމައިގެ ކުށްތައްކޮށް، ލާއިންސާނީ ބަރުދަން ބޮޑު ކުށްތައް ކުރުމުގެ ތުހުމަތު ކުރެވިފައިވާ އެ ގައުމުގެ ރައީސް ގޮތަބަޔާ ރާޖަޕކްސާ ރާއްޖެ އަށް ވަޑައިގަތުމުގެ ހުއްދަ ދިވެހި ސަރުކާރުން ދިނީތީ، އެ ކަމާ ދިވެހިންގެ އެތައް ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ. ބައެއް މީހުން އިނގިލި ދިއްކުރަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށެވެ. އަނެއް ބަޔަކު ތުހުމަތު ކުރަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ދިވެހި ސަރުކާރު ގުޅިގެން ދިން ހުއްދައެއް ކަމަށެވެ.
ސްރީ ލަންކާގައި ހިނގައިދިޔަ ދާހިލީ ހަނގުރާމައިގައި، ހަނގުރާމައިގެ ކުށްތައްކޮށް، ލާއިންސާނީ ބަރުދަން ބޮޑު ކުށްތައް ކުރުމުގެ ތުހުމަތު ކުރެވިފައިވާ އެ ގައުމުގެ ރައީސް ގޮތަބަޔާ ރާޖަޕކްސާ ރާއްޖެ އަށް ވަޑައިގަތުމުގެ ހުއްދަ ދިވެހި ސަރުކާރުން ދިނީތީ، އެ ކަމާ ދިވެހިންގެ އެތައް ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ. ބައެއް މީހުން އިނގިލި ދިއްކުރަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށެވެ. އަނެއް ބަޔަކު ތުހުމަތު ކުރަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ދިވެހި ސަރުކާރު ގުޅިގެން ދިން ހުއްދައެއް ކަމަށެވެ.
މި ލިޔުމުގައި މި ބަލާލަނީ 2009 ގައި ލަންކާގައި ހަނގުރާމަ ނިމުމަށް ފަހު، ލަންކާގެ އޭރުގެ ސަރުކާރުގެ އަމުރުގެ ދަށުން ލަންކާގެ އަސްކަރިއްޔާ އިން ހިންގި ޖަރީމާތަކާ ބެހޭގޮތުން ބައިނަލްއަގްވާމީ ގޮތުން ނިންމި ނިންމުންތަކުގައި ދިވެހިރާއްޖޭން ގެންގުޅެފައިވާ ނިންމުންތަކުގެ މައްޗަށެވެ.
ދެހާސް ނުވަ ވަނަ އަހަރު ވެރިކަމުގައި އަދި ޑިފެންސް މިނިސްޓަރަކަށް ހުންނެވީ ގޮތަބަޔާގެ ބޭބެ މަހިންދަ ރާޖަޕަކްސަ އެވެ. އޭރުގެ ޑިފެންސް ސެކްރެޓަރީއަކީ އެންމެ ފަހުގެ ރައީސް ގޮތަބަޔާ އެވެ. ހަނގުރާމައިގެ ފަހު ތަޅާލުންގަނޑުގައި އެތައް ހާސް މަދަނީން މަރައިލި ކަމަށާއި ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކާއި ހަނގުރާމައިގެ ގާނޫނުތަކާ ހިލާފު އެތައް ކުށެއް ކުރިކަމުގެ ތުހުމަތު ސްރީ ލަންކާގެ އޭރުގެ ސަރުކާރަށާއި ތަމަޅަ ޓައިގަރުންގެ މައްޗަށް ކުރި އެވެ.
ހަނގުރާމާއިގެ ކުށްތައް ތަހުގީގު ކުރުމަށް މޭ 2009 ގައި އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުގައި ބާރުގަދަ ރިޒޮލިއުޝަނެއް ފާސްނުކުރީ ބްރެޒިލާއި ކިއުބާ އާއި ޗައިނާ އާއި މިސްރާއި ރަޝިއާ އާއި އިންޑިޔާ އާއި ޕާކިސްތާނުން ބާރު އަޅައިގެންނެވެ. އެ ފަރާތްތަކުން ބާރު އެޅީ ކުށްތައް ތަހުގީގު ކުރުމުގެ ބަދަލުގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުުމަށް ހުރި ގޮންޖެހުންތަކުގައި ލަންކާ ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. ބަދަލުގައި ފާސްކުރީ ލަންކާގެ ސަރުކާރަށް ތައުރީފުކުރި ރިޒޮލިއުޝަނެކެވެ. ދެހާސް ދިހަ ވަނަ އަހަރު މަހިންދަ ރާޖަޕަކްސަ ދެވަނަ ދައުރަކަށް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ނަޝީދު އެ ގައުމަށް ކުރެއްވި ދަތުރުފުޅުގެ ކުރިން، ލަންކާގެ އޭރުގެ އިދިކޮޅު ލީޑަރު ސަރަތު ފޮންސޭކާ މިނިވަން ކުރެއްވުމަށް ރާޖަޕަކްސަ އަށް ގޮވައިނުލައްވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ ގައުމުގެ ދާހިލީ ކަމަކާ ގުޅޭގޮތުން އެއްވެސް ވާހަކަފުޅެއް ނުދައްކަވާނެ ކަމަށެވެ.
އޭޕްރީލް 2011 ގައި ތަހުގީގުތައް ކުރިޔަށް ގެންގޮސް ޖަވާބުދާރީ ކުރުވުން ހިމަނައިގެން މި ރިޒޮލިއުޝަން އިސްލާހު ކުރުމަށް އދ. ގެ މާހިރުންގެ ޕެނަލަކުން ރިކޮމެންޑު ކުރި އެވެ.
މި ކަމާ ގުޅޭގޮތުން މާޗް 2012 ގައި އދ. ގެ ހިއުމަން ރައިޓްސް ކައުންސިލަށްު އަނެއްކާ ރިޒޮލިއުޝަނެއް ހުށަހެޅި އެވެ. ހަނގުރާމައިގެ ކުށްތަކާއި ތަހުގީގުތަކުގެ ވާހަކަތައް ނުހިމަނައި ފާސްކުރި މި ހުށަހެޅުމަށް 24 ގައުމަކުން ތާއީދުކުރިއިރު 15 ގައުމަކުން ދެކޮޅު ހެދި އެވެ. ދިވެހިރާއްޖޭން ވޯޓު ދިނީ ދެކޮޅަށެވެ. ސަބަބެއް ކަމަށް ރާއްޖޭގެ މަންދޫބު ވިދާޅުވީ، އެ ވަގުތު އެ ރިޒޮލިއުޝަން ފާސްކުރުމުގެ ބޭނުމެއް އޮތް ކަމަށް ދެކެވަޑައިނުގަންނަވާތީ ކަމަށެވެ. ލަންކާ އަށް ވަގުތު ބޭނުންވާ ކަމަށެވެ. ކުށްތައް ތަހުގީގު ކުރުމަށް ލަންކާ ސަރުކާރަށް ގޮވާލައި ހިއުމަން ރައިޓްސް ކައުންސިލުގައި ރިޒޮލިއުޝަނެއް ފާސްކުރީ މާޗު 2013 ގަ އެވެ. މި ރިޒޮލިއުޝަން ފާސްކުރަން ނެގި ވޯޓުގައި ވެސް ދިވެހިރާއްޖޭން ވޯޓު ދިނީ ރިޒޮލިއުޝަނާ ދެކޮޅަށެވެ. އެ ދެ ރިޒޮލިއުޝަން ފާސްކުރިއިރު، ރާއްޖޭގެ ވެރިކަމުގައި ހުރީ ޑރ. މުހައްމަދު ވަހީދު ހަސަނެވެ.
އެ ރިޒޮލިއުޝަނަށް ލަންކާގެ ސަރުކާރުން އަމަލު ނުކުރުމުން މާޗު 2014 ގައި ބައިނަލްއަގްވާމީ ތަހުގީގެއް ކުރުމަށް ރިޒޮލިއުޝަނެއް ފާސްކުރި އެވެ. އެ ރިޒޮލިއުޝަން ފާސްކުރިއިރު ވެސް ދިވެހިރާއްޖޭން ވޯޓު ދިނީ ދެކޮޅަށެވެ. އޭރު ރާއްޖޭގެ ވެރިކަމުގައި ހުންނެވީ ރައީސް އަބްދުﷲ ޔާމީނެވެ.
އެ ކަމާ ގުޅޭގޮތުން 2017 ގައި އިއްތިފާގުން އެޑޮޕްޓް ކުރި ރިޒޮލިއުޝަނުގައި ދިވެހިރާއްޖެއަކީ ކޯ-ސްޕޮންސަރެކެވެ. ފާހަގަ ކޮށްލަންޖެހޭ ކަމަކީ ލަންކާ ވެސް އެ ރިޒޮލިއުޝަން ކޯ-ސްޕޮންސަ ކުރި ކަމެވެ. ލަންކާ ސަރުކާރުން ފުއްދަންޖެހޭ ޒިންމާތަކަށް އިތުރު ވަގުތު އެ ރިޒޮލިއުޝަނުން ހޯދައިދިނެވެ.
މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި މާޗު 2019 ގައި، ލަންކާ ސަރުކާރުން ވީ ވައުދުތައް ފުއްދުމަށް އދ. ގެ ހިއުމަން ރައިޓްސް ކައުންސިލުން އިތުރު ދެ އަހަރުގެ މުއްދަތެއް އިތުރުކޮށްދީ ރިޒޮލިއުޝަނެއް އިއްތިފާގުން އެޑޮޕްޓްކުރި އެވެ. ލަންކާއާއެކު ދިވެހިރާއްޖެ ވީ މި ރިޒޮލިއުޝަނުގެ ވެސް ކޯ-ސްޕޮންސަރަކަށެވެ. އެންމެ ފަހުން މި ޖުލައި 13 ގައި ލަންކާގެ އެންމެ ފަހުގެ ރައީސް ގޮތަބަޔާ ގައުމުން ފިއްލަވައިގެން ވަޑައިގަތީ މިހާރު މި އޮތް ދިވެހި ސަރުކާރުގެ އެހީތެރިކަމާ އެކު އެވެ.
މަތީގައި ބަޔާންކޮށްފައިވާ ކަންކަމަށް ވިސްނާލުމުން އެނގެނީ 2009 ގައި ލަންކާގައި ހަނގުރާމަ ނިމުނު ފަހުން، ދިވެހި ކޮންމެ ސަރުކާރަކުން ވެސް، ލަންކާގައި ހަނގުރާމަ އާއި ލާއިންސާނީ އަމަލުތަކުގެ ޖަރީމާތައް ހިންގި ކަމަށް އެ ބަޔަކާ މެދު ތުހުމަތު ކުރެވޭ މީހުންނަށް ހިމާޔަތާއި އެހީތެރިކަން ފޯރުކޮށްދިން ކަމެވެ. ދިވެހި ސަރުކާރުތަކުން މަތީގައި ބަޔާން ކޮށްފައިވާ ނިންމުންތައް ނިންމާފައި ވަނީ ދެ ގައުމުގެ ދެމެދުގައި އޮންނަ ޒަމާންވީ ގުޅުމަށް އިހުތިރާމު ކުރުމުގެ ގޮތުން ކަމުގައި ވެސް ވެދާނެ އެވެ. އެއީ، ކޮންމެހެން ރާޖަޕަކްސަ އާއިލާ ހިމާޔަތް ކުރުމަށް ނޫން ކަމަށް ވެސް ވެދާނެ އެވެ. އެނގޭ ކަމަކީ، ކޮންމެ ނިޔަތެއްގައި ކުރިޔަސް، އެ ނިންމުންތަކުގެ ނަތީޖާއަކީ، ލަންކާގެ ހަނގުރާމައިގެ ކުށްތައް ތަހުގީގު ކުރުމަށް ހުރަސް އެޅޭ ކަމެވެ. ރާޖަޕަކްސް އާއިލާ ހިމާޔަތް ކޮށްދެވޭ ކަމެވެ.
ރާއްޖެ އިން މީޑިއާއަށް ޖަވާބުދާރީވީ ގޯޓާބަޔާ ފުރުމުން!
ލަންކާގެ ދިވެހި ސަފީރަކަށް އަލީ ފާއިޒު އައްޔަންކުރަނީ
ރާއްޖެ-މޮރިޝަސް އިމުގެ މައްސަލާގައި ނުދައްކާ ވާހަކަ!
"ނަޝީދުގެ ހިތުގައި ރާއްޖެއަށް އޮތް ގަދަރު ކުޑަ"
ނަޝީދުގެ ޓްވީޓާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން!
ސްރީ ލަންކާގެ ރައީސް މިރޭ ފުރާވަޑައެއް ނުގަންނަވާ!
ގޮތަބަޔާ ސިންގަޕޫރަށް ވަޑައިގަންނަވަނީ
ލަންކާގެ މީހުންގެ މުޒާހަރާ ފުލުހުން ހުއްޓުވައިފި
ގޮތަބަޔަ އަށް ރާއްޖެ އެތެރެވެވިގެން ނުވާނެ!
ގޮތަބަޔާ އިސްތިއުފާ ނުދެއްވާ، ވަގުތީ ރައީސަކަށް ރަނިލް