ސްރީ ލަންކާ އަށް އެރި ތޫފާން ދީތުވާގެ ސަބަބުން ލިބުނު ގެއްލުންތަކާ ގުޅިގެން އެ ގައުމުގެ ރައްޔިތުންނަށް އެހީތެރިވުމަށް ދިވެހި ސަރުކާރުން ދޭން ނިންމި 50،000 ޑޮލަރު ލަންކާ ސަރުކާރާ މިއަދު ހަވާލުކޮށްފި އެވެ.
ސްރީ ލަންކާ އަށް އެރި ތޫފާން ދީތުވާގެ ސަބަބުން ލިބުނު ގެއްލުންތަކާ ގުޅިގެން އެ ގައުމުގެ ރައްޔިތުންނަށް އެހީތެރިވުމަށް ދިވެހި ސަރުކާރުން ދޭން ނިންމި 50،000 ޑޮލަރު ލަންކާ ސަރުކާރާ މިއަދު ހަވާލުކޮށްފި އެވެ.
ލަންކާގެ ފޮރިން މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ފައިސާގެ އެހީ ލަންކާގެ ފޮރިން މިނިސްޓަރު ވިޖިތާ ހެރަތުއާ ހަވާލު ކޮށްދެއްވީ އެ ގައުމުގައި ހުންނަވާ ރާއްޖޭގެ ސަފީރު މަސްއޫދު އިމާދު އެވެ.
ފައިސާގެ އެހީއާ ހަވާލުވެވަޑައިގަތުމަށް ފަހު، ލަންކާގެ ފޮރިން މިނިސްޓަރު ވަނީ އެ ގައުމުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ މި އުނދަގޫ އަދި ނާޒުކު ހާލަތުގައި ދިވެހިން ދެއްކި އެއްބައިވަންތަކަމާއި އެހީތެރިކަމަށް ހާއްސަ ޝުކުރެއް އަދާކުރައްވައިފަ އެވެ. އަދި އެ އެހީއަކީ ދެ ގައުމުގެ ވަރުގަދަ ގުޅުން ދައްކުވައިދޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ދިވެހި ސަރުކާރުން ނިންމާފައި ވަނީ ލަންކާ އަށް 50،000 ޑޮލަރުގެ އިތުރުން 25،000 ކޭސް މަސްދަޅު ވެސް ހަދިޔާ ކުރާށެވެ.
ދިވެހި ސަރުކާރުން ލަންކާ އަށް ދިން 50،000 ޑޮލަރުގެ ލިޔުމާ އެ ގައުމުގެ ފޮރިން މިނިސްޓަރު ވިޖިތާ ހެރަތުއާ މިއަދު ހަވާލުވެވަޑައިގަންނަވަނީ: މި އެހީ ހަވާކުކޮށްދެއްވީ ލަންކާގައި ހުންނަވާ ދިވެހި ސަފީރު މަސްއޫދު.---ފޮޓޯ: ލަންކާ ފޮރިން މިނިސްޓްރީ
މި އެހީތެރިކަން ރަމްޒުކޮށްދެނީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް އެކުވެރި ގުޅުމާއި މި އުނދަގޫ ދަނޑިވަޅުގައި އެ ގައުމުގެ ރައްޔިތުންނާ އެކު ދިވެހި ރައްޔިތުން ތިބިކަން ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލްއާ ހަވާލާދީ ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެފައި ވެ އެވެ.
ލަންކާ އަށް އެހީތެރިވުމަށް ދިވެހި ސަރުކާރުން 50،000 ޑޮލަރު މިއަދު ހަދިޔާކުރިއިރު، އެ ގައުމަށް އެހީވުމަށް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ރާއްޖޭގެ ގިނަ މީޑިއާތަކަކާ ގުޅިގެން ބޭއްވި ޓެލެތޯނަށް ލިބުނު 800،352 ޑޮލަރު (12.3 މިލިއަން ރުފިޔާ) ރާއްޖޭގެ ފޮރިން މިނިސްޓްރީއާ މިއަދު ވަނީ ހަވާލުކޮށްފަ އެވެ.
ލަންކާގެ ރައްޔިތުންނަށް އެހީތެރިވާން ދިވެހިން ނަމޫނާ ދައްކަމުން އަންނަ މި ދަނޑިވަޅުގައި ރާއްޖޭގެ މަޝްހޫރު ބައެއް ވިިޔަފާރި ކުންފުނިތަކުން ވެސް ވަނީ ރާއްޖޭގައި ހުންނަ ލަންކާގެ އެމްބަސީ މެދުވެރިކޮށް ބޮޑެތި އަދަދުތަކުން ފައިސާ ދީފަ އެވެ. އަދިވެސް ފައިސާ ހޯދުމުގެ އިތުރު ޕްރޮގްރާމްތައް އަމިއްލަ ފަރާތްތަކުން ވެސް އަންނަނީ ހިންގަމުންނެވެ.
ލަންކާ އަށް މި ފަހަރު މި އެރި ތޫފާން އަދި ގަދަ ވިއްސާރައިގައި މި ފަހަރު ލިބިފައި ވަނީ ޑިސެމްބަރު 26، 2004 ގެ ސުނާމީގައި ވެސް ނުލިބޭ ވަރުގެ ބޮޑު ގެއްލުމެއް ކަމަށް އެ ގައުމުން ވަނީ ބުނެފަ އެވެ.
ރާއްޖެއިން ލަންކާއަށް ދޭ 12 މިލިއަން މިއަދު ފޮނުވަނީ
"ސިލޯނާ އެކު ދިވެހިން" ޓެލެތޯން ފަށައިފި
ސިފައިންނާއި ފުލުހުން ލަންކާއަށް 3 މިލިއަން ރުފިޔާ
ދިވެހިންގެ ފަރާތުން ލަންކާއަށް 11 މިލިއަން ރުފިޔާ
ޕީއެންސީން ލަންކާއަށް 300،000.ރ ހަދިޔާކޮށްފި
ފަސް ގަޑިއިރުން ޓެލެތޯން އަށް 9 ލައްކަ ރުފިޔާ
ލަންކާ އަށް އެހީވާން ޓެލެތޯނެއް ބާއްވަނީ
ލަންކާއަށް އެހީވާން 50،000 ޑޮލަރާއި މަސްދަޅު ދެނީ
ލަންކާގައި ދިވެހިން ހިންގާ އެހީގެ ހަރަކާތް ކާމިޔާބު
މަސްދަޅު ކޭސްތަކާއެކު އެމްއެސްއެސްގެ ބޯޓެއް ލަންކާއަށް