Roadha Mihaaru
ބޮޑީބިލްޑިން މުބާރާތް ފެށުމަށް ރައީސް މާފުއްޓަށް

އޭޝިއާގެ ބޮޑީ ބިލްޑިން މުބާރާތް އިފުތިތާހު ކޮށްދެއްވަން ރައީސް މާފުއްޓަށް

16 ޖުލައި 2022

ރާއްޖޭގައި ބާއްވާ އޭޝިއާގެ ބޮޑީ ބިލްޑިން އަދި ފިޒިކް ސްޕޯޓްސް ޗެމްޕިއަންޝިޕް ރަސްމީ ގޮތުން ފައްޓަވައި ދެއްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހަވީރު ކ. މާފުށްޓަށް ވަޑައިގެންފި އެވެ.

ހުސެއިން ހަބީބް ކ. މާފުށިން ހުސެއިން ހަބީބް

ރާއްޖޭގައި ބާއްވާ އޭޝިއާގެ ބޮޑީ ބިލްޑިން އަދި ފިޒިކް ސްޕޯޓްސް ޗެމްޕިއަންޝިޕް ރަސްމީ ގޮތުން ފައްޓަވައި ދެއްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހަވީރު ކ. މާފުށްޓަށް ވަޑައިގެންފި އެވެ.

މި ރަށުގެ ބަނދަރު ސަރަހައްދުން އެ މަނިކުފާނަށް މަރުހަބާ ވިދާޅުވީ، ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފާއި ރާއްޖޭގެ ބޮޑީ ބިލްޑިން އެސޯސިއޭޝަންގެ ރައީސް އިބްރާހިމް ހަމީދާއި އޭޝިއާގެ ބޮޑީ ބިލްޑިން ފެޑެރޭޝަންގެ ރައީސް ސިންގަޕޫރުގެ ދާތުކް ޕޯލް ޗުއާ އެވެ.

މުބާރާތް ރަސްމީކޮށް ފެށުމުގެ ހާއްސަ ހަފުލާ އޮންނާނީ މާފުށީގައި މޫދަށް އެރޭ ސަރަހައްދުގައި ހަދައިފައިވާ ސްޓޭޖުގަައި މިރޭ 8:30 ގަ އެވެ.

އޭބީބީއެފްގެ ރައީސް ދާތުކް ޕޯލް ޗުއާ "މިހާރު" އަށް ކުރިން ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އޭޝިއާގެ ބޮޑީ ބިލްޑިން މުބާރާތް އިފުތިތާހު ކޮށްދެއްވަން ގައުމުގެ ރައީސް ވަޑައިގަތުމަކީ މުބާރާތް އިތުރަށް ފުރިހަމަ ވާ ސަބަބެއް ކަމަށެވެ.

އޭޝިއަން ބޮޑީ ބިލްޑިން ޗެމްޕިއަންޝިޕްގައި ވާދަކުރާ ދިވެހި ޓީމުގެ އެތުލީޓަކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (ކ) ސަލާމް ކުރައްވަނީ ---- ފޮޓޯ: ނިޝާން އަލީ | މިހާރު

އޭޝިއަން ބޮޑީ ބިލްޑިން ޗެމްޕިއަންޝިޕްގައި ވާދަކުރާ ދިވެހި ޓީމުގެ އެތުލީޓަކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (ކ) ސަލާމް ކުރައްވަނީ ---- ފޮޓޯ: ނިޝާން އަލީ | މިހާރު

"އަޅުގަނޑަށާއި އޭބީބީއެފްގެ އެކްސްކޯ މެންބަރުންނަށް ވެސް ލިބުނު ވަރަށް ބޮޑު އުފަލެއް އެއީ ދިވެހިރާއްޖޭގެ ރައީސް މި މުބާރާތް ޝަރަފުވެރިކޮށް ދެއްވުން،" ޕޯލް ޗުއާ ވިދާޅުވި އެވެ.

މުބާރާތް މިރޭ ރަސްމީކޮށް ލޯންޗު ކުރިއަސް، މުބާރާތުގެ ރަސްމީ އިވެންޓްތައް ފަށާނީ މާދަމާ ހަވީރު އެވެ. މުބާރާތުގެ ފިރިހެން ކެޓަގަރީގެ އިވެންޓްތައް ކުރިއަށް ގެންދާނީ މާފުށީގަ އެވެ. އަންހެން ކެޓަގަރީގެ އިވެންޓްތައް އޮންނާނީ ކްރޮސް ރޯޑްސްގަ އެވެ.

މުބާރާތް ކުރިއަށް ގެންދާނީ އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ. އޭޝިއާގެ 30 ގައުމަކުން އެތުލީޓުން ވާދަކުރާ މުބާރާތަކީ މިހާތަނަށް ރާއްޖޭގައި ބާއްވާނެ ބައިނަލްއަގްވާމީ އެންމެ ބޮޑު މުބާރާތް ކަމަށް ބޮޑީ ބިލްޑިން އެސޯސިއޭޝަނުން ބުނެ އެވެ.