Roadha Mihaaru

އޭޝިއަން ޗެމްޕިއަންޝިޕުން އަހުސަން ވެސް ރަން މެޑަލް ހޯދައިފި

އިންޑޮނޭޝިއާގައި މިހާރު ކުރިއަށްދާ އޭޝިއަން ބޮޑީބިލްޑިން ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕުން، ރާއްޖޭގެ އަބްދުﷲ އަހްސަން ވެސް ރަން މެޑަލް ހޯދައިފި އެވެ.

އޭޝިއަން ޗެމްޕިއަންޝިޕުން އަހުސަނަށް ވެސް ރަން މެޑަލް
ހުސެއިން ހަބީބް
ހުސެއިން ހަބީބް

11 އޯގަސްޓް 2024

އިންޑޮނޭޝިއާގައި މިހާރު ކުރިއަށްދާ އޭޝިއަން ބޮޑީބިލްޑިން ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕުން، ރާއްޖޭގެ އަބްދުﷲ އަހްސަން ވެސް ރަން މެޑަލް ހޯދައިފި އެވެ.

އެތުލެޓިކް ފިޒީކް 175 ސެންޓިމީޓަރުގައި ކެޓަގަރީން އަހްސަން ރަން މެޑަލް ހޯދީ ވިއެޓްނާމްގެ ދެ އެތުލީޓުންނާ ވާދަކުރުމަށް ފަހު އެވެ.

މިއީ މި ފަހަރުގެ އޭޝިއަން ޗެމްޕިއަންޝިޕްގައި ރާއްޖޭން ހޯދި ދެ ވަނަ ރަން މެޑަލް އެވެ. އިއްޔެ ރާއްޖޭގެ އަޒްނީން ރަޝާދު ވެސް ވަނީ ސްޕޯޓްސް ފީޒީކް އަޕްޓް 170 ސެންޓްމީޓަރުން ރަން މެޑަލް ހޯދައިފަ އެވެ.

މި ފަހަރުގެ މުބާރާތުގައި ރާއްޖޭން މިހާތަނަށް ވަނީ ތިން މެޑަލް ހޯދައިފަ އެވެ. ބޮޑީބިލްޑިން 60 ކޮލޯގެ ކެޓަގަރީން ޝާހީން އިބްރާހިމް ދީދީ ވަނީ ރިހި މެޑަލް ހޯދައިފަ އެވެ.