Roadha Mihaaru
ކައިވެންޏަށް ފިޓުވާން މެޓްރޯފްލެކްސް ޖިމްގެ ޕެކޭޖެއް

ކައިވެންޏަށް ފިޓުވާން މެޓްރޯފްލެކްސް ޖިމް އިން ޕެކޭޖެއް ތައާރަފްކޮށްފި

02 ޖެނުއަރީ 2017

އާ އަހަރު ހިކެން އަޒުމް ކަނޑައަޅާފައިވާ ފަރާތްތަކަށާއި ކައިވެންޏަށް ފިޓުވާން ބޭނުންވާ ފަރާތްތަކަށް ހާއްސަ ދެ ޕެކޭޖެއް މެޓްރޯފްލެކްސް ޖިމް އިން ތައާރަފްކޮށްފި އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

އާ އަހަރު ހިކެން އަޒުމް ކަނޑައަޅާފައިވާ ފަރާތްތަކަށާއި ކައިވެންޏަށް ފިޓުވާން ބޭނުންވާ ފަރާތްތަކަށް ހާއްސަ ދެ ޕެކޭޖެއް މެޓްރޯފްލެކްސް ޖިމް އިން ތައާރަފްކޮށްފި އެވެ.

މ. އައިލެކްސް ގޭގެ ފުރަތަމަ ބުރީގައި ހުންނަ ޖިމް އިން ތައާރަފްކޮށްފައިވާ ފުރަތަމަ ޕެކޭޖަކީ މި ފެށުނު އާ އަހަރުގެ ތެރޭގައި ފިޓުވާން ބޭނުންވާ ފަރާތްތަކަށް ހާއްސަ، "ނިއު އިޔާ ރެޒޮލިއުޝަން"ގެ ނަން ދީފައިވާ ޕެކޭޖެވެ. މަހަކު 3،000 ރުފިޔާ ދައްކަންޖެހޭ މި ޕެކޭޖުގައި، މުޅި އަހަރަށް ބަހާލައިގެން، ޓްރެއިނަރަކު ހުރެގެން ކުރިއަށް ގެންދާ 12 ހަފުތާގެ ފިޓްނަސް ޕްރޮގްރާމަކާއި ހަށިގަނޑަށް ފައިދާ ހުރި ކާނާ ހިމެނޭ މީލް ޕްލޭނެއް ހިމެނޭ އިރު، ހަށިގަނޑަށް އަންނަ ބަދަލު ހަފުތާ އަކު އެއްފަހަރު ބަލާނެ އެވެ.

އާ އަހަރު ހިކެން އަޒުމް ކަނޑައަޅާފައިވާ ފަރާތްތަކަށް ހާއްސަކޮށް މެޓްރޯފްލެކްސް އިން ތައާރަފްކުރި ޕެކޭޖުގެ ޕޯސްޓަރެއް.

އާ އަހަރު ހިކެން އަޒުމް ކަނޑައަޅާފައިވާ ފަރާތްތަކަށް ހާއްސަކޮށް މެޓްރޯފްލެކްސް އިން ތައާރަފްކުރި ޕެކޭޖުގެ ޕޯސްޓަރެއް.

ދެވަނަ ޕެކޭޖަކީ ކައިވެންޏަށް ފިޓުވާން ބޭނުންވާ ފަރާތްތަކަށް ހާއްސަ، "ވެޑިން ޓްރާންސްފޯމޭޝަން"ގެ ނަން ދީފައިވާ ޕެކޭޖެވެ. އެ މީހެއްގެ ބަރުދަނާއި ހަށިގަނޑަށް ބަލައިގެން ފަރުމާކުރާ މި ޕެކޭޖުގައި ވެސް ޓްރެއިނަރަކު ހުރެގެން ކުރިއަށް ގެންދާ ފިޓްނަސް ޕްރޮގްރާމަކާއި ހަށިގަނޑަށް ފައިދާ ހުރި ކާނާ ހިމެނޭ މީލް ޕްލޭނެއް ހިމެނެ އެވެ. އަދި ހަށިގަނޑަށް އަންނަ ބަދަލު ހަފުތާ އަކު އެއްފަހަރު ބަލާނެ އެވެ.

މީގެ އިތުރުން، ވާ ބޭނުންކޮށްގެން ކުރިއަށް ގެންދާ "ބެޓްލް ރޯޕް ޓްރޭނިން" ވެސް ރާއްޖެ އަށް އަލަށް ތައާރަފް ކުރަން މެޓްރޯފްލެކްސް އިން ވަނީ ނިންމައިފަ އެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރު މަޝްހޫރުކަން ހޯދާފައިވާ މި ޕްރޮގްރާމް މި މަހުގެ 15 ގައި ފަށަން މެޓްރޯފްލެކްސް އިން އަންނަނީ ތައްޔާރުވަމުންނެވެ.

މެޓްރޯ ފިޓްނަސް ގްރޫޕް (އެމްއެފްޖީ) އިން މިދިޔަ ސެޕްޓެމްބަރު މަހު ހުޅުވި ޖިމްގައި ބޭނުން ކުރަނީ މަޝްހޫރު "ލައިފް ފިޓްނަސް" އާއި "ޓެކްނޯޖިމް" ބްރޭންޑުގެ އާލާތްތަކެވެ. އޭގެ ތެރޭގައި ރާއްޖެ އަށް މުޅިން އާ ބައެއް ތަކެތި ވެސް ހިމެނެ އެވެ.