Roadha Mihaaru
"ދަ ވެލްނަސް ފްލޯ"ގެ ނަމުގައި އާ ކްލާހެއް

"ދަ ވެލްނަސް ފްލޯ"ގެ ނަމުގައި ދަ ވެލްނަސް ކްލަބަށް އާ ކްލާހެއް

12 މެއި 2024

ތަފާތު އެކި ކަސްރަތު ކްލާސްތައް ހިންގާ "ދަ ވެލްނަސް ކްލަބް" ޖިމުން "ދަ ވެލްނަސް ފްލޯ"ގެ ނަމުގައި އާ ކްލާހެއް ފަށައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ތަފާތު އެކި ކަސްރަތު ކްލާސްތައް ހިންގާ "ދަ ވެލްނަސް ކްލަބް" ޖިމުން "ދަ ވެލްނަސް ފްލޯ"ގެ ނަމުގައި އާ ކްލާހެއް ފަށައިފި އެވެ.

މި ޕްރޮގްރާމުގެ ކްލާސްތަކަކީ އަލަށް ފަށާ ކްލާސްތަކަކަށް ވުމުން ވީހާ ވެސް ގިނަ ބަޔަކަށް މި ކްލާސް ތަޖުރިބާ ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން މި މަހުގެ ނިޔަލަށް މި ޕްރޮގްރާމުގެ ކްލަސްތަކުގައި ހިލޭ ބައިވެރިވެވޭނެ އެވެ.

މި ޕްރޮގްރާމަކީ ސިކުނޑި ހަމަޖައްސައިދީ، ގައިގެ އެކި ގުނަވަންތަކުގެ ޓެންޝަން ފިލުވައިދުމަށް އެހީތެރިވެދޭނެ ޕްރޮގްރާމެކެވެ. ދަ ވެލްނަސް ކްލަބްއިން ބުނި ގޮތުގައި "ވެލްނަސް ފްލޯ" ޕްރޮގްރާމު ފަރުމާކޮށްފައި ވަނީ ނަފްސުގެ ހަމަޖެހުމާއި ގުޅުވައިދީ، ސިކުނޑި ލުއި ކޮށްދޭނެ ޕްރޮގުރާމެއްގެ ގޮތުގަ އެވެ.

ހާއްސަ ބްރީތިން ޓެކްނިކްތަކަކާއި ސްޓްރެޗިންތަކެއް ހިމަނާފައިވާ މި ޕްރޮގްރާމުގެ ކަސްރަތުތަކުން ހަށިގަނޑުގެ ޕެރަސިމްޕެތަޓިކް ނާވަސް ސިސްޓަމް އެކްޓިވޭޓު ކޮށްދޭނެ ކަމަށް ވެލްނަސް ކްލަބުން ބުންޏެވެ.

ޕެރަސިމްޕެތަޓިކް ނާވަސް ސިސްޓަމް އެކްޓިވޭޓުވުމަކީ ހަށިގަނޑަށް ހަމަޖެހުން ގެނުވައިދީ، ރިލެކްސް ކޮށްދީ، އެންޒައިޓީ ދަށް ކޮށް ނިދުމުގެ ކޮލެޓީ ވެސް އިތުރަށް ރަނގަޅު ކޮށްދޭނެ ކަމެކެވެ. މި ޕްރޮގްރާމަކީ ނަފްސާނީ ދުޅަހެޔޮކަން ޕްރޮމޯޓްކޮށް ސްޓްރެސް ފިލުވައިދިނުމަށް އެހީތެރިވެދޭނެ ޕްރޮގްރާމެކެވެ.

ނަފްސާނީ ދުޅަހެޔޮ ކަމަށް ލިބޭ ފައިދާތަކުގެ އިތުރުން މި ޕްރޮގްރާމަކީ މަސްކިއުލާ ސްކެލަޓަލް ހެލްތަށް ވެސް ފައިދާކުރަނިވި ޕްރޮގްރާމެއް ކަމަށް ދަ ވެލްނަސް ކްލަބުން ބުންޏެވެ. އެ ޖިމުން ބުނި ގޮތުގައި މި ޕްރޮގްރާމަކީ ހަށިގަނޑުގެ އެކި ގުނަވަންތަކަށް ޓާގެޓަޑް ސްޓްރެޗްތަކެއް ހިމެނޭ ޕްރޮގްރާމަކަށްވުމުން މި ޕްރޮގްރާމުން މަސްތަކުގެ ޓެންޝަން ރިލީޒްކުރުމަށް އެހީތެރިވެދޭނެ ކަމަށެވެ. އަދި މޮބިލިޓީ ރަނގަޅުވެ، ޕޯސްޗާ ވެސް ރަނގަޅުވުމަށް އެހީވެދޭނެ ކަމަށް ބުންޏެވެ. މިއީ އެކި މޫވްމަންޓުތަކުގެ އެހީގައި ހުޅުތަކުގެ ދުޅަހެޔޮކަން ޕްރޮމޯޓުކޮށް ފްލެކްސިބިލިޓީ އިތުރުކޮށްދިނުމަށް އެހީ ވެދޭނެ ޕްރޮގްރާމެކެވެ.

މި ޕްރޮގުރާމަކީ ދެ ޖިންސުގެ މީހުންނާއި ގުޅޭނެ، އަލަށް ކަސްރަތު ކުރަން ފަށާ މީހުންނާއި ވެސް ރައްޓެހި ޕްރޮގުރާމެއްގެ ގޮތުގައި އެ ޖިމުން ފާހަގަކުރެ އެވެ. އަދި ގަވައިދުން ކަސްރަތުކުރާ މީހުންނާއި އެތްލީޓުންގެ ޕާފޯމަންސް އިތުރަށް ތަރައްގީކުރުމަށް މި ޕްރޮގްރާމުން އެހީވެދޭނެ ކަމަށް ވެސް ބުންޏެވެ.

ދެ ޖިންސަށް ހާއްސަކޮށް ކުރިއަށް ގެންދާ "ވެލްނަސް ފްލޯ"ގެ ޔުނިސެކްސް ކްލާސްތައް އޮންނާނީ ހޮނިހިރު، ހޯމަ އަދި ބުދަ ދުވަހުގެ ރޭގަނޑު 7:05 އިން 8:05 އަށެވެ. މި ޕްރޮގްރާމުގެ އަންހެނުންނަށް އެކަނި ހާއްސަކޮށް ތިން ގަޑިއެއްގައި ކްލާސްތައް އޮންނާނެ އެވެ. އެއީ އާދިއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހުގެ ހެނދުނު 7:05 އިން 8:05 އަށް ހަވީޜު 4:00 އިން 5:00 އަށް އަދި ރޭގަނޑު 8:10 އިން 9:10 އަށެވެ.

މި ކްލާހަށް ދާއިރު އެއްވެސް އެއްޗެއް އިތުރަށް ގެންދާކަށް ނުޖެހޭނެ އެވެ.