ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ މައްޗަށް 3-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި ޔުނައިޓެޑް ވިކްޓަރީން، ދިވެހި ޕްރިމިއަ ލީގުގެ ގަދަ ހަތަރަކަށް ވަނުމަށް އުންމީދު ދަމަހައްޓައިފި އެވެ.
22 ޖުލައި 2022
ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ މައްޗަށް 3-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި ޔުނައިޓެޑް ވިކްޓަރީން، ދިވެހި ޕްރިމިއަ ލީގުގެ ގަދަ ހަތަރަކަށް ވަނުމަށް އުންމީދު ދަމަހައްޓައިފި އެވެ.
މެޗުން މޮޅުވެ ޔޫވީން ވަނީ ތިންވަނަ އަދި ހަތަރުވަނައިގައި އޮތް ޓީސީ ސްޕޯޓްސް އާއި ގްރީން ސްޓްރީޓްސް އާ ޕޮއިންޓްގެ ގޮތުން ހަމަހަމަ ކޮށްފަ އެވެ. ތިން ޓީމަށް ވެސް ލިބިފައި ވަނީ 26 ޕޮއިންޓެވެ. ލަނޑުގެ ތަފާތަށް ބަލައި ޔޫވީ އަށް ގެއްލުން ހަ ގޯލް އޮތުމުން އެ ޓީމަށް ލިބެނީ ތާވަލުގެ ފަސްވަނަ އެވެ. ގްރީން އަށް ގެއްލުން ފަސް ގޯލް އެބައޮތެވެ. ޓީސީ އަށް ގެއްލުން ދެ ގޯލެވެ. ފައިދާ ގޯލް ލިބިފައި ވަނީ ލީގުގެ އެއްވަނައިގައި އޮތް މާޒިޔާ އަދި ދެވަނައިގައި އޮތް އީގަލްސް އަށެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗުގައި، ފުރަތަމަ ލީޑް ނެގީ ވެސް ޔޫވިންނެވެ. މެޗުގެ 27 ވަނަ މިނެޓްގައި އެ ލަނޑު ޖެހީ މިލޯސް ކޮވަސެވިޗެވެ. އެ ޓީމުގެ އަލީ ޝަމާލް އަބްދުﷲ ނަގައިދިން ހިލޭ ޖެހުން ގޯލްގެ ދަނޑި ކައިރިން ބޭރަށް ދިއުމުގެ ކުރިން، ޔޫވީގެ އީވާން ވެރަސް ވަނީ ބޮލުން ޖަހައި ގޯލްގެ ކުރިމައްޗަށް ބޯޅަ ނަގައި ދީފަ އެވެ. ބޯޅަ ފަހިވީ މިލޯސް އަށެވެ. އޭނާ ވަނީ ބޮލުން ގޯލްގެ ތެރެއަށް ފޮނުވައިލައިފަ އެވެ.
އޭގެ ކުރިން ވެސް ޔީޫީވީ އަށް ލަނޑު ޖަހާނެ ފުރުސަތެއް ލިބުނެވެ. މެޗު ޑޮމިނޭޓް ކޮށްގެން ކުޅުނު ޔޫވީގެ އަހްމަދު ބައްސާމް މުހައްމަދު (ބައްކު) މެޗުގެ 22 ވަނަ މިނެޓްގައި އޭރިއާގެ ތެރެއަށް ނެގި ބޯޅަ މުޅިން ހުސްކޮށް ފޮނުވާލަން އަރީން އަބްދުﷲ އިބްރާހިމަށް ލިބުނެވެ. އެކަމަކު އޭނާ ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ.
ދެވަނަ ހާފުގައި، ސަސް އިން ނަތީޖާ ހަމަހަމަ ކުރި އެވެ. އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން ލަނޑު ޖެހީ އިބްރާހިމް އަތީގް ހަސަން (އިއްބެ) އެވެ. މެޗުގެ 66 ވަނަ މިނެޓްގައި ސަސްގެ މުހައްމަދު ޝަހާއު (ބޭލް) ޔޫވީގެ އޭރިއާގެ ތެރެއަށް ވަން ތަނުން ޔޫވީގެ ކުޅުންތެރިން އޭނާ އަށް ފައުލު އެވެ. ރެފްރީ ޕެނަލްޓީ އެއް ކަމަށް ދެއްކުމުން ޔޫވީގެ މިލޯސް ވަނީ ވަރަށް ބޮޑަށް ޝަކުވާ ކޮށްފަ އެވެ.
އަތީގް ފޮނުވާލި ޕެނަލްޓީ ގޯލަށް ވަނީ ކީޕަރު ތޮލާލް ހަސަން (ޓޮޕްލެކް) ގެ އަތުގައި ޖެހިފަ އެވެ. ޔޫވީ މެޗުން މޮޅު ކޮށްދިން ދެ ލަނޑު ޖެހީ އީވާން އެވެ. ބައްސާމް ދިން ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ހުހަސް ވަދެ އީވާން ވަނީ ފަސޭހަ ކަމާއެކު ގޯލްގެ ތެރެއަށް ބޯޅަ ވައްދައިލަފަ އެވެ. ސަސްގެ ތަޖުރިބާކާރު ކީޕަރު މުހައްމަދު ޝަފީއު (ޗެކް) އަށް ކުރެވޭނެ މާބޮޑު ކަމެއް ނެތެވެ.
ޔޫވީގެ ތިން ވަނަ ލަނޑު އީވާން ޖެހީ، ސަސްގެ ޑިފެންޑަރު އަހްމަދު އިނާން އަށް ހެދުނު މިސްޓޭކަކުން ތަނަވަސްވި ބޯޅަ އިންނެވެ. އޭރިއާގެ ބޭރުން އިނާން އަށް ލިބުނު ބޯޅަ އޭނާ ސާފުކޮށްލުން ލަސްވުމުން އެބޯޅަ އަށް ވިއްދާއި އީވާން ބޯޅަ ހޯދި އެވެ. އޭރިއާގެ ތެރެއަށް ވަދެ އޭނާ ލަނޑު ޖެހީ ކީޕަރު ޝަފީއު ކައިރިން ވެސް އަދި އޭރިއާގެ ތެރޭގައި ހުރި ޔޫވީގެ ޑިފެންޑަރު ވެސް ނައްޓާލުމަށް ފަހު އެވެ.
ދިވެހި ލީގުގެ މިފޮޓޯތަކުން ފުޓްބޯޅަ ވެއްޓިފައިވާ ހާލަތު
ބިދޭސީ ހަ ކުޅުންތެރިންނަށް ޖާގަ ދޭން ވިސްނަނީ
ސަސް އާއި ޔޫވީގެ ކުރިމަތިލުން މިފަހަރު ވެސް އެއްވަރު
ކްލަބްތަކުން ކުރި މަސައްކަތް އަގުވަޒަނެއް ނުކުރެވޭ
ކުރިއަށް ޖެހިލަން ލިބުނު ފުރުސަތު ޔޫވީއަށް ގެއްލިއްޖެ
އީގަލްސް އަތުން ވެސް ސަސް ބަލި ވެއްޖެ
ތިންވަނަ މަގާމާ އެކު ސަސް އަށް ލީގު ނިމިއްޖެ
ދިވެހި ލީގު އަލުން ފަށައި، އީގަލްސް އަށް ބޮޑު މޮޅެއް
ލީގު މެދުކަނޑާލިތާ 79 ދުވަސް ފަހުން މާދަމާ ފަށަނީ
ޔޫތު މިނިސްޓްރީން ކްލަބްތަކުގެ މެދުގައި ތަފާތު ކުރަނީ