ސްޓެލްކޯ އިން އާ ހައުސިން ޕްރޮޖެކްޓެއް ވަރަށް އަވަހަށް ފަށާނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ރޭ އިއުލާން ކުރައްވައިފި އެވެ.
24 ޖުލައި 2022
ސްޓެލްކޯ އިން އާ ހައުސިން ޕްރޮޖެކްޓެއް ވަރަށް އަވަހަށް ފަށާނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ރޭ އިއުލާން ކުރައްވައިފި އެވެ.
ސްޓެލްކޯގެ އާ ޗެއާމަން ސިފައިންގޭގެ ކުރީގެ ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީ (ޑީޑީ) އެ ކުންފުނީގެ މުވައްޒަފުންނަށް ތައާރަފު ކުރުމަށް ބޭއްވި ބައްދަލުވުމެއްގައި ޝަރީފް ވިދާޅުވީ، މަސައްކަތް ކުރުމަށް މުވައްޒަފުންނަށް ބޭނުންވާނެ އެންމެ މުހިއްމު އެއް މާހައުލަކީ ހިތްހަމަޖެހުން ލިބޭ ފަދަ މާހައުލެއް ގާއިމުކުރުން ކަމަށާއި ސްޓެލްކޯގެ ތެރެއިން އެ ހިތްހަމަޖެހުން ހޯދައި ދޭން އޭނާ މަސައްކަތް ކުރައްވާނެ ކަމަށެވެ.
ސްޓެލްކޯގެ އާ ހައުސިން މަޝްރޫއަށް އެ ކުންފުނީގެ ބޯޑުގެ ހުއްދަ ހޯދުމުގެ މަސައްކަތް ކުރަމުން އަންނައިރު، އެ ފްލެޓްތައް އިމާރާތް ކުރާނީ ވިލިމާލޭގައި ކަމަށް ޝަރީފް ވިދާޅުވި އެވެ.
"އަޅުގަނޑު ވާހަކަ ނިންމާލާނީ އުފާވެރި ޚަބަރެއް ދީފައި. ވަރަށް އަވަހަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އިތުރު ހައުސިން ޕްރޮޖެކްޓެއް ކުރިއަށް ގެންދާނަން،" ސްޓެލްކޯގެ މުވައްޒަފުންނާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވި އެވެ.
ސަރުކާރުން މާލެ އާއި ވިލިމާލެ ގުޅައިލުމަށް އަޅާ ބްރިޖާ އެެކު ދަތުރުފަތުރުކުރުމަށް މާބޮޑު ހުރަސްތަކެއް ނޯންނާނެ ކަމަށާއި ވިލިމާލެއަކީ ދިރިއުޅުމަށް ހިތްގައިމު މާހައުލެއް ކަމަށް ޝަރީފް ވިދާޅުވި އެވެ.
އެކަމަކު އެ މަޝްރޫއާ ގުޅޭ މާބޮޑު ތަފްސީލެއް އޭނާ އަދި ނުދެއްވަ އެވެ.
ބޯހިޔާވަހިކަމުގެ އާ މަޝްރޫއެއް ސްޓެލްކޯ އިން އިއުލާނުކުރިއިރު، އެ ކުންފުނިން މިހާރު ވެސް އަންނަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކުންފުނީގެ މުވައްޒަފުންނަށް ހާއްސަކޮށް ބޯހިޔާވަހިކަމުގެ މަޝްރޫއެއް ހިންގަމުންނެެވެ. އެ މަޝްރޫއު އެއްކޮށް ނިމި، އެ ތަން ގަތް މުވައްޒަފުންނާ އަންނަ މަހުގެ 6 ގައި ހަވާލު ކުރާނެކަން ވެސް ރޭގެ ބައްދަލުވުމުގައި ޝަރީފް އިއުލާންކުރެއްވި އެވެ.
ސްޓެލްކޯ އިން ހުޅުމާލޭގައި އިމާރާތްކޮށްފައި ވަނީ 360 އެޕާޓްމަންޓް ހިމެނޭ ދެ ޓަވަރެވެ. އެއީ އެއް ކޮޓަރީގެ 72 އެޕާޓްމަންޓާއި ދެ ކޮޓަރި އާއި މެއިޑް ރޫމް ހިމެނޭ 288 އެޕާޓްމަންޓެވެ. އެ ފްލެޓްތަކަށް ކުންފުނިން ކަނޑައަޅާފައި ވަނީ މިހާރު މާލޭގައި އެ އަގުގެ ތަނެއް ލިބޭ މިންވަރާ އަޅާ ބަލާއިރު ހެޔޮ އަގެކެވެ.
އެއް ކޮޓަރީގެ ފްލެޓަކަށް މެއިންޓެނަންސް ފީގެ ގޮތުގައި 1،000ރ. އާ އެކު މަހު ކުއްޔަކީ 5،622ރ. އެވެ. އަދި ދެ ކޮޓަރި އާއި މެއިޑް ރޫމް ހިމެނޭ ތަނެއްގެ މަހު ކުއްޔަކީ 10،356-10،652ރ. އާ ދެމެދުގެ އަގެކެވެ. އެތަނަށް މެއިންޓެނަންސް ފީގެ ގޮތުގައި ދައްކަން ޖެހެނީ 1،300ރ. އެވެ.
ސްޓެލްކޯ ފްލެޓުން ބޮޑުބައެއް ލިބޭނީ ވިލިމާލެ މީހުންނަށް
ސްޓެލްކޯއިން ބޯހިޔާވަހިކަމަށް އެހީވެދޭ އާ ސްކީމެއް!
ސްޓެލްކޯގެ 360 ފްލެޓް މުވައްޒަފުންނާ ހަވާލުކޮށްފި
ފްލެޓްތައް ދޫކުރީ އުސޫލާ އެއްގޮތަށް: ޝަރީފް
ވިލިމާލޭގައި ސްޓެލްކޯގެ ފްލެޓް އަޅަން ތާއީދެއް ނުކުރާނެ
ސްޓެލްކޯގެ ފްލެޓްތައް އަންނަ މަހުގެ 6ގައި ހަވާލުކުރަނީ
ސްޓެލްކޯގެ ފްލެޓްތަކަށް ކަރަންޓް ދޭން ފާސްކޮށްފި
މިމަހުގެ 11: ކަރަންޓު ބޭނުންކުރުމުގެ ރެކޯޑް ދުވަހެއް
ސިނަމާލެ ފްލެޓްތަކުގެ ޖޫރިމަނާ މާފުކޮށްދީފި
ކުންފުނިތަކުގެ ސިޔާސީ ވެރިންނަށް ފްލެޓް، އިންސާފުވެރި؟