Roadha Mihaaru
18 ވަނަ ގަރުނުގެ ހަށިގަނޑުތަކެއް މިއުޒިއަމަކުން

18 ވަނަ ގަރުނުގެ ހަށިގަނޑުތަކެއް މިއުޒިއަމަކުން

25 ޖުލައި 2022

މީގެ ގާތްގަނޑަކަށް ދެ ގަރުނު ކުރިން، 18 ވަނަ ގަރުނުގައި މަރުވެފައި ތިބި މީހުންގެ ހަށިގަނޑުގެ ބައިތަކެއް ދައްކައިލުމަށް މިއުޒިއަމެއް ހުޅުވައިފި އެވެ.

އަހްމަދު ޖައިޝަން އަހްމަދު ޖައިޝަން

މީގެ ގާތްގަނޑަކަށް ދެ ގަރުނު ކުރިން، 18 ވަނަ ގަރުނުގައި މަރުވެފައި ތިބި މީހުންގެ ހަށިގަނޑުގެ ބައިތަކެއް ދައްކައިލުމަށް މިއުޒިއަމެއް ހުޅުވައިފި އެވެ.

ދިރާސާ އަށާއި އެކި ކަހަލަ ތަހުގީގުތަކަށް ނަގާފައިވާ ހަށިގަނޑުގެ ބައިތައް ދައްކާލުމަށް އެ މިއުޒިއަމް ހުޅުވީ އޮސްޓްރިއާގެ ވެރިރަށް ވިއެނާގަ އެވެ. އެ މިއުޒިއަމަކީ ވިއެނާގެ އެންމެ ޝަރަފުވެރި އެއް މިއުޒިއަމްގެ ބައެއްގެ ގޮތުގައި ހުޅުވާފައިވާ މިއުޒިއަމް އެކެވެ.

އެ މިއުޒިއަމް ގައި 50،000 އަށް ވުރެ ގިނަ ހަށިގަނޑުގެ ބައިތައް ހިމެނޭނެ އެވެ. އޭގެ ތެރޭގައި އިންސާނުންގެ އަތާއި ފައިގެ އިތުރުން ބޯ އަދި ހިތް ފަދަ ގުނަވަންތައް ހިމެނެ އެވެ. އަދި ތުއްތުކުދިންގެ ހަށިގަނޑު ވެސް އެ މިއުޒިއަމަށް ޒިޔާރަތްކުރާ މީހުންނަށް ފެންނާނެ އެވެ.

މިއުޒިއަމްގައި ބަހައްޓާފައިވާ ހަށިގަނޑުތަކުގެ ބައިތަކަކީ އެންމެ ފުރަތަމަ 1796 ވަނަ އަހަރު މެޑިކަލް ދަރިވަރުން ތަމްރީނުތަކުގައި ބޭނުންކުރުމަށް ނަގާފައިވާ ބައިތަކެކެވެ. އެއީ ކުރިމަގުގެ ޖީލުތަކަށް ވެސް އެހީވާނެ ބައިތަކެއް ކަމަށް މިއުޒިއަމުން ބުނެ އެވެ.

މިއުޒިއަމަށް ދާ މީހުންނަށް އެނގޭނެ އެންމެ ބޮޑު އެއް ކަމަކީ 18 ވަނަ ގަރުނުގައި މަރުވި މީހުންގެ ހަށިގަނޑުގެ ބައިތަކާއި މިހާރުގެ މީހުންގެ ތަފާތުކަން ކަމަށް މިއުޒިއަމުން ބުންޏެވެ. އޭގެ ތެރޭގައި 30 ކިލޯގެ ފުރަމެއެއް ހިމެނެ އެވެ. އެއީ އެތައް އަހަރެއް ވަންދެއް ބަނގުރާ ބުއިމުގެ ސަބަބުން ދިމާވެފައިވާ ކަމެއް ކަމަށް މިއުޒިއަމުން ބުނެ އެވެ.