އިންޑިއާގެ މަދްޔަޕްރަދޭޝްގެ ހޮސްޕިޓަލެއްގެ އައިސީޔޫ އަށް ގެރިއެއް ވަދެގެން އުޅޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާއްމުވެއްޖެ އެވެ.
އިންޑިއާގެ މަދްޔަޕްރަދޭޝްގެ ހޮސްޕިޓަލެއްގެ އައިސީޔޫ އަށް ގެރިއެއް ވަދެގެން އުޅޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާއްމުވެއްޖެ އެވެ.
އާންމުންގެ މީހަކު ޕޯސްޓްކުރި މިވީޑިއޯގައި ފެންނަނީ އެ ހޮސްޕިޓަލްގެ އައިސީޔޫގެ ތެރެއަށް ގެރިއެއް ވަދެ އެތަން މިތަން ބަލަމުން ހިނގާ ތަނެވެ. އަދި ބަލި މީހުންނަށް ފަރުވާ ދިނުމަށް ބޭނުންކޮށްފައި އުކާލާފައި ހުންނަ ތަކެތި އަޅާ ޑަސްބިން ހާވާތީ ވެސް ފެނެ އެވެ.
އައިސީޔޫއަށް ގެރިއެއް ވަނަސް އެއީ މިފަދަ ކަމެއް ހިނގިޔަ ނުދޭން 24 ގަޑިއިރު ސެކިއުރިޓީން ތިބޭ ތަނެކެވެ. މީގެ އިތުރުން ހަމައެކަނި ގެރި ހިފަން ޚާއްސަ ދެ މުވައައްޒަފުން ވެސް ޑިއުޓީގައި ތިބެ އެވެ.
މިކަން ހިނގި ވަގުތަކީ ސެކިއުރީ ބަލަހައްޓާ މީހަކު ނެތް ވަގުތެކެވެ. އެހެންވެ ހޮސްޕިޓަލުން މައްސަލަ ބެލުމަށް ފަހު ވަނީ ސެކިއުރިޓީ ގާޑަކާއި އިތުރު ދެ މުވައްޒަފަކު ވަޒީފާއިން ވަކި ކޮށްފަ އެވެ.
އެ ހޮސްޕިޓަލުގެ ޑޮކްޓަރަކު ނިއުސް އެޖެންސީ އޭއެންއައި އަށް ވަނީ މިކަން ކަށަވަރުކޮށްދީފަ އެވެ. އެކަމަކު ގެރި ވަދެގެން އުޅުނީ ކޮވިޑްގެ ދުވަސްވަރު ބޭނުންކުރުމަށް ފަހު މި ވަގުތު ބޭނުން ނުކުރާ އައިސީޔޫއަކަށް ކަމަށް ވަނީ ބުނެފަ އެވެ.
މަދްޔަ ޕްރަދޭޝްގެ ޕަބްލިކް ހެލްތު އެންޑް ފެމިލީ ވެލްފެއާ މިނިސްޓަރު ވެސް ވަނީ މި މައްސަލާގައި ހޮސްޕިޓަލުގެ ތިން މީހަކު ވަޒީފާއިން ވަކިކުރިކަން އިއުލާނުކުރައްވައިފަ އެވެ.
ފޯނު ހޯދަން ހިންދާލީ ބޮޑު ފެންގަނޑެއް
އިންޑިއާގެ އަވަށެއްގައި ވަގުތު ހިނގަނީ ފަހަތަށް
ކައިވެނި ކުރީ ކޮންމެ މަހަކު ޕިއްޒާ ކާން ދާ ގޮތަށް!
50 ފޫޓް ވަޅަކަށް ވެއްޓުނު ކުއްޖަކު ސަލާމަތްވެއްޖެ
އިންތިހާބަށް ކުރިމަތިލާން 25،000 ދެއްކީ ވަކިލާރިން
"ލަވް ފޯމިއުލާ" ކިޔައި ދިން ޕްރޮފެސަރު ސަސްޕެންޑްކޮށްފި
ހަމަލާދޭތީ އިންޑިއާގައި ހާލެއް ޕޮލިހަށް ހާޒިރުކޮށްފި
ގެރީގެ އުނދަގުލުން ސަލާމަތްވާން ގެރީގައި ބާކޯޑު ޖަހަނީ
އިންޑިއާގެ އަވަށެއްގައި ދުވާލު ނައިޓީ ލުމުން ޖޫރިމަނާ!
އޯޑަރުކުރީ ފޯނަކަށް، ލިބުނީ ގާބުރިއެއް