Roadha Mihaaru
ޓީޗަރަކު ދަރިވަރަކާ ބެހުނު މައްސަލައެއް ފެންމަތިވެއްޖެ

އިސްކަންދަރު ސްކޫލުގެ ދަރިވަރަކާ ބެހުނު ކަމުގެ ތުހުމަތުގައި ޓީޗަރަކު ހައްޔަރުކޮށްފި

26 ޖުލައި 2022

އިސްކަންދަރު ސްކޫލްގެ ދަރިވަރަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި އެ ސްކޫލްގެ ބިދޭސީ ލީޑިން ޓީޗަރަކު ހައްޔަރުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އިސްކަންދަރު ސްކޫލްގެ ދަރިވަރަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި އެ ސްކޫލްގެ ބިދޭސީ ލީޑިން ޓީޗަރަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ 15 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް މި މަހުގެ 11 ވަނަ ދުވަހު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެ މައްސަލައިގެ ތުހުމަތުގައި ޖެހިގެން އައި ދުވަހު 52 އަހަރުގެ އިންޑިއާ ޓީޗަރަކު ވަނީ ހައްޔަރުކޮށްފަ އެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި އެ ބިދޭސީ ޓީޗަރުގެ އާއިލާ ވެސް ދިރިއުޅެނީ ރާއްޖޭގަ އެވެ. އޭނާ އަކީ ވަރަށް ގިނަ އަހަރުތަކެއް ރާއްޖޭގައި ހޭދަކޮށްފައިވާ ޓީޗަރެކެވެ.

ނަމަވެސް މިކަމާ ގުޅޭ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.