Roadha Mihaaru
ރައްކާތެރިކަން ކަށަވަރުކޮށްދޭނެކަމުގެ ޔަގީންކަން އިސްކަންދަރުން ދީފި

ސްކޫލުން ބޭރުގެ ހަރަކާތްތަކުގައި ވެސް ރައްކާތެރިކަން ދޭނެ ކަމުގެ ޔަގީންކަން އިސްކަންދަރުން ދީފި

28 ޖުލައި 2022

ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތުހުމަތުގައި އެ ސްކޫލުގެ ޓީޗަރަކު ހައްޔަރުކުރުމުން ކަންބޮޑުވާ ކަމަށް ބުނެ، ސްކޫލުން ބޭރުގައި ހިންގާ ހުރިހާ ހަރަކާތެއްގައި ވެސް ކުދިންނަށް ރައްކާތެރިކަން ކަށަވަރުކޮށްދޭނެ ކަމުގެ ޔަގީންކަން އިސްކަންދަރު ސްކޫލުން މިއަދު ދީފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތުހުމަތުގައި އެ ސްކޫލުގެ ޓީޗަރަކު ހައްޔަރުކުރުމުން ކަންބޮޑުވާ ކަމަށް ބުނެ، ސްކޫލުން ބޭރުގައި ހިންގާ ހުރިހާ ހަރަކާތެއްގައި ވެސް ކުދިންނަށް ރައްކާތެރިކަން ކަށަވަރުކޮށްދޭނެ ކަމުގެ ޔަގީންކަން އިސްކަންދަރު ސްކޫލުން މިއަދު ދީފި އެވެ.

އުމުރުން 15 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް މި މަހުގެ 11 ވަނަ ދުވަހު ފުލުހުންނަށް ވަނީ ރިޕޯޓުކޮށްފަ އެވެ. އެ މައްސަލައިގައި، އިސްކަންދަރު ސްކޫލުގެ، އުމުރުން 52 އަހަރުގެ ބިދޭސީ ލީޑިން ޓީޗަރަކު ޖެހިގެން އައި ދުވަހު ހައްޔަރުކޮށް، އެ ފިރިހެންމީހާގެ ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފަ އެވެ.

އެކަމާ ގުޅިގެން އިސްކަންދަރު ސްކޫލުން ނެރުނު ބަޔާނުގައި ބުނީ، ސްކޫލާއި ސްކޫލުން ހުރިހާ ހަރަކާތެއް ހިންގަނީ ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރު ކޮށްގެން ކަމަށެވެ. ކުރިއަށް އޮތް ތަނުގައި ވެސް ސްކޫލާއި ސްކޫލުން ބޭރުގައި ހިންގާ ހުރިހާ ހަރަކާތެއްގައި ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރާނެ ޔަގީންކަން ދިނެވެ.

"މި ބީދައިން ސްކޫލުން ބޭރުގައި ވެސް ދަރިވަރުންނާއި އެހެނިހެން ފަރާތްތަކާއެކު ހިންގޭ ހުރިހާ ހަރަކާތްތަކާއި މުއާމަލާތްތަކެއްގައި ވެސް އެ ކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހުރިހާ ފަރާތްތަކުން ވެސް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކުރަމެވެ،" ބަޔާނުގައި ބުންޏެވެ.

އެނގިފައިވާ ގޮތުގައި އެ ބިދޭސީ ޓީޗަރުގެ އާއިލާ ވެސް ދިރިއުޅެނީ ރާއްޖޭގަ އެވެ. އޭނާ އަކީ ވަރަށް ގިނަ އަހަރުތަކެއް ރާއްޖޭގައި ހޭދަކޮށްފައިވާ ޓީޗަރެކެވެ.