Roadha Mihaaru
ބޭނުންކުރަން ނުފެށި، ކްރޫޒްލައިނާ ޓާމިނަލް ހަލާކުވެއްޖެ

ބޭނުންކުރަން ނުފަށަނީސް ކްރޫޒް ލައިނާ ޓާމިނަލް ހަލާކުވެ، މަރާމާތު ކުރަން ޖެހިއްޖެ

28 ޖުލައި 2022

ކްރޫޒް ލައިނާތަކުން އަންނަ ޓޫރިސްޓުންނަށް ހާއްސަކޮށް މާލޭގެ މަސްވެރިންގެ ޕާކުގައި ހެދި ޓާމިނަލް ބޭނުންނުކުރެވި އުޅެނިކޮށް، އެ ތަން ހަލާކުވެ މަރާމާތުކުރަން ޖެހިއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ކްރޫޒް ލައިނާތަކުން އަންނަ ޓޫރިސްޓުންނަށް ހާއްސަކޮށް މާލޭގެ މަސްވެރިންގެ ޕާކުގައި ހެދި ޓާމިނަލް ބޭނުންނުކުރެވި އުޅެނިކޮށް، އެ ތަން ހަލާކުވެ މަރާމާތުކުރަން ޖެހިއްޖެ އެވެ.

ކްރޫޒް ލައިނާތަކުން އަންނަ މީހުންނަށް މަޑުކޮށްލައިގެން ތިބެވޭނެ ތަނެއް ނެތުމުގެ ކަންބޮޑުވުން އިންތިހާ އަށް ބޮޑުވެ، 2019 ވަނަ އަހަރުގެ ތެރޭގައި މަސްވެރިންގެ ޕާކުގައި ޓާމިނަލެއް ހަދައި އެ ތަން ހުޅުވުމަށް ތާރީހެއް ވެސް އޭރު އިއުލާންކުރި އެވެ.

އެކަމަކު ތާރީހު ފަހަނައަޅައި ގޮސް، އެންމެ ފަހުން ކޮވިޑް-19 ގެ ބަލިމަޑުކަމާ ހުރެ އެތަން ޓޫރިސްޓުންނަށް ބޭނުންކުރެވޭ ގޮތެއް ނުވި އެވެ.

އެމްޑަބްލިއުއެސްސީގެ ސީއެސްއާރު މަސައްކަތެއްގެ ގޮތުގައި ހެދި އެ ތަން ހިންގުމަށް މާލޭ ސިޓީ ކައުންސިލަށް ހަވާލުކުރިއިރު ވެސް އެ ތަން ބޭނުންނުކުރެވި ހުރީ ވަރަށް ބޮޑަށް ހަލާކުވާން ފަށައިފަ އެވެ.

އެކަމާ ގުޅިގެން މާލޭ ސިޓީ ކައުންސިލުން ބުނީ، ފާއިތުވި ދެ އަހަރުގެ ތެރޭގައި އެ ތަން އޮތީ ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ބެލުމުގެ ދަށުގައި ކަމަށެވެ. ސިޓީ ކައުންސިލާ، ޓާމިނަލް ހަވާލުކޮށްފައި ވަނީ މީގެ މަސް ދުވަސް ކުރިން ކަމަށާާއި އޭރު އޮތީ ވަރަށް ބޮޑަށް ހަލާކުވެ ބޭނުންނުކުރެވޭ ފަދަ ހާލަތެއްގައި ކަމަށް ކައުންސިލުން ބުންޏެވެ.

ކްރޫޒް ލައިނާ ޓާމިނަލް ބޭނުންކުރަން ފެށުމުގެ ކުރިން ހުރީ ހަލާކުވެ މަރާމާތުކުރަން ޖެހިފައި-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ކްރޫޒް ލައިނާ ޓާމިނަލް ބޭނުންކުރަން ފެށުމުގެ ކުރިން ހުރީ ހަލާކުވެ މަރާމާތުކުރަން ޖެހިފައި-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ކައުންސިލުން ބުނީ، ބަޖެޓް ހަމަނުޖެހުނުހާ އަވަހަކަށް ޓާމިނަލް މަރާމާތުކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.

"...ހަވާލުވިއިރު އެތަން އޮތީ ވަރަށް ބޮޑަށް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި ކަމަށް ވާތީ، ބަޖެޓް ހަމަޖެހުނުހާ އަވަހަކަށް އެތަން ރިނޮވޭޓް ކުރުމުގެ މަސައްކަތް ކައުންސިލުން ފަށާނެ،" ކްރޫޒް ލައިނާ ޓާމިނަލްއާ ގުޅޭ ގޮތުން ސުވާލުކުރުމުން ކައުންސިލުން "މިހާރު" އަށް ބުންޏެވެ.

ކްރޫޒް ލައިނާތަކުން އަންނަ ޓޫރިސްޓުންނަށް މާލޭގައި މަޑުކޮށްލެވޭނެ ރަނގަޅު ތަނެއް ނެތްއިރު ޓޫރިސްޓުން ފާހާނާ ކުރުމަށް ދާން ޖެހެނީ ވެސް އޮފީސްތަކާއި ފިހާރަތަކަށެވެ.

އެހެންވެ، އަށް ފާހާނާ އާއި ފެންވެރޭނެ އިންތިޒާމުތަކުގެ އިތުރުން އެ ޓާމިނަލް ހެދީ ގެސްޓުންނަށް މަޑުކޮށްލައިގެން ތިބެވޭނެ ތަނަކާއި ލައުންޖެއް ވެސް ހިމެނޭ ގޮތަށެވެ. ޓާމިނަލްގެ މަތި ވެސް ހަދާފައި ވަނީ އިށީނދެގެން ތިބެވޭ ގޮތަށެވެ. އެ މަސައްކަތްތަށް 2.5 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

ކުރިން ކައުންސިލުން ބުނެފައިވާ ގޮތުގައި އެ ޓާމިނަލަކީ އެއް ފަހަރާ ގާތްގަނޑަކަށް 150 މީހުންނަށް ހިދުމަތް ހޯދޭނެ ތަނެކެވެ.

ކްރޫޒްލައިނާތައް އަންނަން ފެށިއިރު މާލެ އަށް ފޭބޭނެ އިންތިޒާމުތަކެއް ނެތުމުން އެކަމުގެ ކަންބޮޑުވުން ކްރޫޒް ލައިނާތަކުގެ އެޖެންޓުން ފާޅުކުރި އެވެ. ކޮވިޑްގެ ކުރިން ކޮންމެ އަހަރެއްގެ ފަހުކޮޅާއި އަހަރު ފެށޭ ދުވަސްވަރު މާލެއަށް ގިނަ އަދަދެއްގެ ކްރޫޒްލައިނާތައް އަ އެވެ.