Roadha Mihaaru
އާ ގަވައިދާ އެކު ކްރޫޒްލައިނާތައް އައުން ހުއްޓިއްޖެ

އާ ގަވައިދުގެ ސަބަބުން ކްރޫޒްލައިނާތައް ރާއްޖެ އައުން ހުއްޓިއްޖެ، ޓޫރިޒަމް ދާއިރާއަށް ބޮޑު ގެއްލުމެއް!

16 ޑިސެމްބަރ 2023

ކްރޫޒްޝިޕްތަކުގެ ވަކިވަކި ފަސިންޖަރުން ހޭދަކުރާ ކޮޓަރިތަކުން ޖީއެސްޓީ ނެގޭ ގޮތަށް މިދިޔަ ސެޕްޓެމްބަރު މަހު ގަވައިދު ބަދަލުކުރުމުން ރާއްޖެ އަށް އެފަދަ ބޯޓުތައް އައުމުގެ ފުރުސަތު ކުޑަވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ކްރޫޒްޝިޕްތަކުގެ ވަކިވަކި ފަސިންޖަރުން ހޭދަކުރާ ކޮޓަރިތަކުން ޖީއެސްޓީ ނެގޭ ގޮތަށް މިދިޔަ ސެޕްޓެމްބަރު މަހު ގަވައިދު ބަދަލުކުރުމުން ރާއްޖެ އަށް އެފަދަ ބޯޓުތައް އައުމުގެ ފުރުސަތު ކުޑަވެއްޖެ އެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އެޖެންޓް (މާޔާ) އިން ބުނީ، ރާއްޖެ އަށް އައުމަށް ޕްލޭން ކޮށްފައިވާ ޕެސެންޖަރު ލައިނާތައް މިހާރު އެހެން ގައުމުތަކަށް ޑައިވާޓު ކުރަން ފަށާފައިވާ ކަމަަށެވެ. އެއީ މި މަހުން ފެށިގެން އާ ގަވައިދަަށް އަމަލުކުރަން ފެށުމުން ކުރިމަތިވި މައްސަލައެއް ކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ.

"އާ ގަވައިދުގައި އޮންނަނީ ކޮންމެ ޗާޓާއަކުން ޓެކްސް ދައްކަން. އެއީ އެކަން ކުރަން ފަސޭހަ ގޮތެއް ނޫން،" މާޔާ އިން ވާހަކަ ދެއްކެވި އިސް އޮފިޝަލަކު ވިދާޅުވި ކަމަށެވެ.

މިދިޔަ ސެޕްޓެމްބަރު މަހު އާންމުކުރި އާ ގަވައިދާ އެކު، ކޮންމެ ކޮޓަރިއެއްގައި ފަސިންޖަރުން ހޭދަކުރާ ދުވަހެއްގެ ރޭޓުން ޖީއެސްޓީ އަށް 16 ޕަސެންޓު ދައްކަން ޖެހޭނެ އެވެ.

ރާއްޖެ އަށް މިއަދު އައުމަށް ތާވަލު ކޮށްފައި އޮތް "ފްރެޑް އޮލްސަން ބޮލެޓް" ބޯޓުގެ ދަތުރު ވެސް އެ ގަވާއިދާ ގުޅިގެން ކެންސަލް ކޮށްފައިވާ ކަމަށް މާޔާގެ އޮފިޝަލް ވިދާޅުވި އެވެ. އެއީ 800 ފަސިންޖަރުންނާ އެކު ރާއްޖެ އަށް އައުމަށް ނިންމި ބޯޓެކެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި، ގަވާއިދު ބަދަލު ނުކުރާ ނަމަ ކްރޫޒްޝިޕްތައް ދެން ރާއްޖެ އަށް ނާންނާނެ އެވެ. އޭނާ ވިދާޅުވީ، ޖުމުލަ ފީގެ ބަދަލުގައި މި ގޮތަށް ޖީއެސްޓީ ނެގުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އެހެންވެ، އެ ދާއިރާގެ ބޮޑެތި ބޯޓުފަހަރުތައް ރާއްޖެ ބޮއިކޮޓް ކުރުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށް ވިދާޅުވި އެވެ.

ކްރޫޒްޝިޕްތަކަކީ ރާއްޖޭގެ ޓޫރިޒަމް ދާއިރާ އަށް މުހިއްމު ސެގްމެންޓެއް ކަމަށް ވިތަސް ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން ރާއްޖެ އަަށް މުހިއްމު ފުރުސަތު ގެއްލެމުންދާ ކަމަަށް މާޔާގެ އޮފިޝަލް ވިދާޅުވި އެވެ