Roadha Mihaaru
ބަޔާނުން އަހަންނާ ބެހޭގޮތުން ހެދީ ދޮގު: ލެވަންޑޯސްކީ

ބަޔާނުން އަހަންނާ ބެހޭގޮތުން ހެދީ ދޮގު: ލެވަންޑޯސްކީ

30 ޖުލައި 2022

ނިއު ޖާޒީ (ޖުލައި 30) - ބާޔާން މިޔުނިކުން ބާސެލޯނާ އަށް އޭނާ ބަދަލުވުމުގެ މަރުހަލާގައި ބެހޭގޮބަޔާނުން ދޮގު ވާހަކަ ފެތުރިކަމަށް ބާސާގެ މިހާރުގެ ފޯވާޑް ރޮބަޓް ލެވަންޑޯސްކީ ބުނެފި އެވެ.

ނިއު ޖާޒީ (ޖުލައި 30) - ބާޔާން މިޔުނިކުން ބާސެލޯނާ އަށް އޭނާ ބަދަލުވުމުގެ މަރުހަލާގައި ބެހޭގޮބަޔާނުން ދޮގު ވާހަކަ ފެތުރިކަމަށް ބާސާގެ މިހާރުގެ ފޯވާޑް ރޮބަޓް ލެވަންޑޯސްކީ ބުނެފި އެވެ.

ލެވަންޑޯސްކީ ބާސާ އަށް ބަދަލުވީ، 46 މިލިއަން ޑޮލަރުގެ ޓްރާންސްފާ އަގަކަށެވެ. ބާސާ އަށް އޭނާ ބަދަލުވުމުގެ ކުރިން ލެވަންޑޯސްކީ އާއި ބަޔާންއާ ދެމެދު ބަހުގެ ހަމަލާތަކެއް ބަދަލު ކުރި އެވެ. ބާސާ އަށް ލެވަންޑޯސްކީ ނުވިއްކަން ވެސް ބަޔާނުން އުޅުނެވެ.

ލެވަންޑޯސްކީގެ ޓްރާންސްފާ މުޅިން ހަމަޖެހި އޭނާ ބާސާ އަށް ބަދަލުވީ މިދިޔަ ހަފުތާގަ އެވެ. އީއެސްޕީއެން އަށް ދިން އިންޓަވިއުގައި ލެވަންޑޯސްކީ ބުނީ ބަޔާނުން އޭނާ އާ ބެހޭގޮތުން ދެއްކި ވާހަކަތަކަކީ އަސާސެއް ނެތް ވާހަކަތަކެއް ކަމަށެވެ.

ބަޔާން ދޫކޮށްލަން އޭނާ ބޭނުންވީ އާލިން ހާލަންޑް މެންޗެސްޓާ ސިޓީ އަށް ބަދަލުވުމުގެ ކުރިން އޭނާ ގެންނަން ބަޔާނުން މަސައްކަތް ފަށި ކަމަށް މީޑީއާތަކުން ރިޕޯޓް ކުރި ހިސާބުން ކަމަށް އަޑު ފެތުރުނެވެ. އެކަމާ ބެހޭގޮތުން އީއެސްޕީއެންގެ ނޫސްވެރިޔާ ވެސް ލެވަންޑޯސްކީ އާ ސުވާލު ކުރި އެވެ.

"ނޫން އެކަމަކާ އާލިން އާ ގުޅުމެއް ނެތް. އަހަންނަކީ އަހަންނަށް ކަމެއް ރަނގަޅެއް ނުވިޔަސް ހަގީގަތް މާ މުހިންމު ކަމަށް ގަބޫލު ކުރާ މީހެއް. އަހަރެން ބޭނުމެއް ނޫން ސީދާ ކަން ހިނގި ގޮތާ ބެހޭ ގޮތުން ވާހަކަ ދައްކާކަށް،" ލެވަންޑޯސްކީ ބުންޏެވެ.

"ސުވާލަކީ އަހަރެން ބަޔާން ދޫކޮށްލަން ބޭނުންވީ އާލިންގެ ވާހަކަތައް ދެކެވޭން ފެށުމުން ހެއްޔޭ. ނޫން. އޭނާ ބަޔާން އާ ގުޅުމަކުން އަހަރެންގެ އެއް ވެސް މައްސަލަ އެއް ނެތް."

އޭނާ ބުނީ ބަޔާންގައި ބައެއް މީހުން އޭނާ އާ ގުޅޭ ކަންކަމުގައި އޭނާ ކައިރީ ތެދަށް ވާހަކަ ނުދއްކާ ކަމަށެވެ.

"އަހަންނަށް ވަރަށް މުހިންމު ކަންކަން އޮންނަ ގޮތް ސާފުކޮށް ބުނުން. އެކަމަކު ބައެއް މީހުންނަށް ވެދާނެ އެއީ މައްސަލައެއް ކަމަށް. އަދި އަހަންނަށް ފާހަގަ ކުރެވުނު އަހަރެންނާ މެދު ބައެއް ކަންކަން އެންމެ ރަނގަޅަށް ނުދާކަން. އަދި ފަހުން އަހަންނަށް އެކަން އެނގުނު. އޭގެ ފަހުން އަހަރެން ނިންމީ ބަޔާން ދޫކޮށްލަން އެންމެ ރަނގަޅު ވަގުތޭ މިއީ. ދެން ބާސެލޯނާ އަށް ބަދަލުވާން ނިންމީ،" ޕޮލެންޑްގެ ކެޕްޓަން ބުންޏެވެ.

ބާސާ އަށް އޭނާ ބަދަލުވުމުގެ ފަހު ދެ ހަފުތާ ކުރިން ސިޔާސީ ގޮތުން ކަންކަން ހިނގާ ގޮތަށް ބަޔާން އިން އޭނާ އާ މެދު ކަންތައް ކުރި ކަމަށް ވެސް ލަވްނޑޯސްކީ ބުންޏެވެ. އަދި ތަފާތު ބަހަނާތައް ދައްކައި އެހެން ކްލަބަކަށް އޭނާ ވިއްކާލަން މަސައްކަތް ކުރި ކަމަށް ވެސް ލެވަންޑޯސްކީ ތުހުމަތު ކުރެ އެވެ. އޭނާ ބުނީ އޭނާ އާ ބެހޭގޮތުން ތަފާތު ވާހަކަ ދެއްކީ ސަޕޯޓަރުންނަށްނަށް ވަކިގޮތަކަށް ކަންކަން ވިސްނައި ދިނުމުގެ ބޭނުމުގައި ކަމަށެވެ.

"އަހަންނާ ބެހޭގޮތުން ތަފާތު އެކި ވާހަކަތައް ދެއްކި އިރު ވެސް އަހަރެން ނިންމީ އެކަންކަން ހަޖަމްކޮށްލަން. އެ ވާހަކަތަކަކީ އަސާސެއް ނެތް ވާހަކަތަކެއް. އެ ވާހަކަތަކުގައި ހަގީގަތެއް ނެތް. އެކަމަކު އަހަންނަށް އެނގުނު ވަކި ހިސާބަކުން ސަޕޯޓަރުން ވެސް އަހަންނަށް ތާއީދު ކުރިކަން،" އަށް އަހަރު ވަންދެން ބަޔާން އަށް ކުޅުނު ފޯވޯޑް ބުންޏެވެ.