ބީއެމްއެލްގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ޖަމިއްޔާތަކަށް އެހީވާން ތައާރަފްކުރި "ސްމޯލް ގްރާންޓްސް" ފަންޑަށް އެދި ހުށަހެޅުމުގެ އިތުރު ފުރުސަތެއް ހުޅުވާލައިފި އެވެ.
ބީއެމްއެލްގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ޖަމިއްޔާތަކަށް އެހީވާން ތައާރަފްކުރި "ސްމޯލް ގްރާންޓްސް" ފަންޑަށް އެދި ހުށަހެޅުމުގެ އިތުރު ފުރުސަތެއް ހުޅުވާލައިފި އެވެ.
މި ފަންޑުން ތިމާވެއްޓާ ގުޅޭ އެކި މައްސަލަތަކަށް ހައްލު ހޯދައިދިނުމަށާއި ދެމެހެއްޓެނެވި ތަރައްގީ އާއި ތިމާވެށީގެ ކަންކަމާ ގުޅޭ ޕްރޮޖެކްޓްތަކަށް އެހީ ދޭނެ އެވެ. ފަންޑަށް ހުށަހަޅާ ޕްރޮޖެކްޓްތަކުގެ ތެރެއިން 8 ޕްރޮޖެކްޓެއް ހޮވައި ކޮންމެ ޕްރޮޖެކްޓަކަށް 250،000ރ. ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
ސްމޯލް ގްރާންޓްސްއަށް އެދި އަންނަ މަހުގެ 15 ގެ ކުރިން އީމެއިލް މެދުވެރިކޮށް ފަންޑަށް އެދި ހުށަހެޅުންތައް ފޮނުވޭނެ އެވެ. މި އެހީއަށް އެދި ހުށަހެޅޭނީ މިދިޔަ އަހަރުގެ ނިޔަލަށް ބޭންކުގައި ރަޖިސްޓްރީ ވެފައިވާ ޖަމިއްޔާތަކަށެވެ.
ބީއެމްއެލް އިން ވަނީ މިދިޔަ މެއި މަހު ވެސް ޖަމިއްޔާތަކަށް މި ފުރުސަތު ހުޅުވާލައިފަ އެވެ. ބީއެމްއެލްގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން މިއަހަރު ހާއްސަ 12 ހަރަކާތެއް ހިންގުމަށް ވަނީ ނިންމާފަ އެވެ. މި އެހީ އަކީ އޭގެ ތެރެއިން އެއް ހަރަކާތެވެ.
މިހާތަނަށް ހިންގާފައިވާ ހަރަކާތްތަކުގެ ތެރޭގައި ހައުސިން ގްރާންޓް، ބީއެމްއެލް ސްޓާޓްއަޕް ގްރާންޓް، ގައުމީ ކުތުބުހާނާ އިތުރަށް ތަރައްގީކޮށް ޒަމާނީ ބަދަލު ގެނައުމަށާއި ބީއެމްއެލް ސްކޮލާޝިޕް ފަންޑެއް ތައާރަފުކުރުން ހިމެނެ އެވެ.
ބީއެމްއެލްގެ ބޭންކް ފަންޑް ލިބޭ ޖަމްއިއްޔާތައް ހޮވައިފި
ބީއެމްއެލަށް 40 އަހަރު، ޖަމިއްޔާތަކަށް ފައިސާގެ އެހީ
ޗެންޕިއަންސް ލީގުގައި ދަނޑަށް އެރުމުގެ ފުރުސަތު
ބީއެމްއެލް އެޕާއި ޕޯޓަލްއިން ފިތުރު ޒަކާތް ދެއްކޭނެ
ބީއެމްއެލް "ރަން ފުރުސަތު" އިތުރު ތިން ފިހާރައެއްގައި
ސިކުންތުކޮޅެއްގެ ތެރޭގައި ބީއެމްއެލްގެ ކޮންމެ ހިދުމަތެއް
ކުޅުދުއްފުށީގައި ޑޮލަރު އޭޓީއެމްގެ ހިދުމަތް ފަށައިފި
އެސްޓީއޯއާ ގުޅިގެން ބީއެމްއެލްގެ ހާއްސަ ޕްރޮމޯޝަނެއް
ދ. އަތޮޅު ހުރިހާ ރަށަކުން މިހާރު އޭޓީއެމްގެ ހިދުމަތް
ރިނބުދޫގައި ބީއެމްއެލްއިން އޭޓީއެމްގެ ހިދުމަތް ފަށައިފި