ބޭންކް އޮފް މޯލްޑިވްސް އިން ޖަމްއިއްޔާތައް ބާރުވެރި ކުރުމަށާއި ރާއްޖޭގައި ދެމެހެއްޓެނިވި ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އަމާޒުކޮށް ތައާރަފްކުރި 'ބޭންކް ފަންޑް' ގެ ފުރަތަމަ އަހަރުގެ ފަންޑިން ލިބޭ ޖަމްއިއްޔާތައް ކަނޑައަޅައިފި އެވެ.
02 އޮކްޓޯބަރ 2024
ބޭންކް އޮފް މޯލްޑިވްސް އިން ޖަމްއިއްޔާތައް ބާރުވެރި ކުރުމަށާއި ރާއްޖޭގައި ދެމެހެއްޓެނިވި ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އަމާޒުކޮށް ތައާރަފްކުރި 'ބޭންކް ފަންޑް' ގެ ފުރަތަމަ އަހަރުގެ ފަންޑިން ލިބޭ ޖަމްއިއްޔާތައް ކަނޑައަޅައިފި އެވެ.
ބެންކް ފަންޑަށް ހުށަހެޅި ޕްރޮޕޯޒަލްތަކުގެ ތެރެއިން ފަންޑުކުރަން ހޮވުނު ޖަމްއިއްޔާތަކާއި ޕްރޮޖެކްޓުތަކަކީ:
* މުރަކަ ފާމް ޖަމްއިއްޔާއިން ހުށަހެޅި ކަނޑުގެ ދިރުންތައް ރައްކާތެރިކޮށް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް ބ. ދަރަވަންދޫގައި ހިންގާ މުރަކަ އާލާކުރުމުގެ ޕްރޮޖެކްޓް
* ޗިލްޑްރަން އޮފް މޯލްޑިވްސްއިން ތިމާވެށްޓާ މެދު، ހޭލުންތެރިކޮށް، މައުލޫމާތު ފޯރުކޮށްދިނުމަށް ވިލިމާލޭގައި ގާއިމްކުރާ ލައިބްރަރީގެ ޕްރޮޖެކްޓް
* ދިއްގަރު އެކުވެރި ޒުވާނުންގެ ގުޅުމުގެ ޖަމްއިއްޔާއިން ހުށަހެޅި ކާބޯތަކެތީގެ ރައްކާތެރިކަމާއި ދަނޑުވެރިކަމުގެ އާދަތަކާއެކު ހިންގާ ދަނޑުވެރިކަމުގެ ޕްރޮޖެކްޓް
* ވޭމަންޑޫ ޒުވާނުންގެ ގުޅުމުގެ ޖަމްއިއްޔާއިން ތ. ވޭމަންޑޫ ސްކޫލުގައި، ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ސެންސަރީ އަދި ވޮކޭޝަނަލް ތަމްރީނުތަކަށް ޓްރެއިނިން ރޫމެއް ގާއިމްކުރުމުގެ ޕްރޮޖެކްޓް
* ޔުނިޓީ ސްޕޯޓްސް އެކަޑަމީއިން ޓެކްނޮލޮޖީ އަދި ކުޅިވަރުގެ ދާއިރާއިން ޒުވާނުން ބާރުވެރިކުރުމަށް ށ. ފުނަދޫ ސްކޫލުގައި މީޑިއާ އަދި ކުޅިވަރު ލެބްތަކެއް ތަރައްގީކުރުމުގެ ޕްރޮޖެކްޓް
މި ފަސް ޖަމްއިމިއްޔާއަށް ފަންޑު ލިބުނުކަން އިއުލާނުކުރުމަށް ފަހު، ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އަދި އިންޗާޖް އޮފް ދަ ބޭންކް އައިޝަތު ނޫރައްދީން ވިދާޅުވީ ބޭންކް ފަންޑަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހެޔޮ ބަދަލުތަކެއް ގެނައުމަށްޓަކައި އެ ބޭންކުން ކުރާ މަސައްކަތުގެ ފުރިހަމަ މިސާލެއްގެ ކަމަށެވެ.
"މި ފަސް ޕްރޮޖެކްޓުން އަޅުގަނޑުމެންގެ މުޖުތަމައުއަށް ދެމެހެއްޓެނިވި ގޮތެއްގައި ފައިދާ ކުރާނެ. އަދި ޕްރޮޖެކްޓްތަކަށް އެހީތެރިވެދެވޭ ކަމީ އަޅުގަނޑުމެންނަށް ލިބޭ ފަހުރެއް." އޭނާ ވިދާޅުވި އެވެ.
ބޭންކް ފަންޑަކީ ކޮންމެ އަހަރަކު ފަސް މަޝްރޫއަކަށް 200،000 ރުފިޔާގެ ހިލޭ އެހީ ދިނުމަށް ބޭންކުން ހިންގާ ޕްރޮގްރާމެކެވެ.
ބީއެމްއެލް "ސްމޯލް ގްރާންޓްސް" އަށް ހުޅުވާލައިފި
ބީއެމްއެލަށް 40 އަހަރު، ޖަމިއްޔާތަކަށް ފައިސާގެ އެހީ
ޗެންޕިއަންސް ލީގުގައި ދަނޑަށް އެރުމުގެ ފުރުސަތު
ބީއެމްއެލް އެޕާއި ޕޯޓަލްއިން ފިތުރު ޒަކާތް ދެއްކޭނެ
ބީއެމްއެލް "ރަން ފުރުސަތު" އިތުރު ތިން ފިހާރައެއްގައި
ސިކުންތުކޮޅެއްގެ ތެރޭގައި ބީއެމްއެލްގެ ކޮންމެ ހިދުމަތެއް
ކުޅުދުއްފުށީގައި ޑޮލަރު އޭޓީއެމްގެ ހިދުމަތް ފަށައިފި
އެސްޓީއޯއާ ގުޅިގެން ބީއެމްއެލްގެ ހާއްސަ ޕްރޮމޯޝަނެއް
ދ. އަތޮޅު ހުރިހާ ރަށަކުން މިހާރު އޭޓީއެމްގެ ހިދުމަތް
ރިނބުދޫގައި ބީއެމްއެލްއިން އޭޓީއެމްގެ ހިދުމަތް ފަށައިފި