05 އޯގަސްޓް 2022
ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި މިއަހަރު ވާދަކުރާ ވިކްޓަރީ ސްޕޯޓްސް ކުލަބުން ރޭ މަހިބަދޫ ސްޕޯޓްސް ކުލަބާ ވާދަކޮށް 3-0 އިން މޮޅުވެ މުބާރާތުގައި އެ ޓީމުގެ ދެ ވަނަ މޮޅު ހޯދައިފި އެވެ.
ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި މިއަހަރު ވާދަކުރާ ވިކްޓަރީ ސްޕޯޓްސް ކުލަބުން ރޭ މަހިބަދޫ ސްޕޯޓްސް ކުލަބާ ވާދަކޮށް 3-0 އިން މޮޅުވެ މުބާރާތުގައި އެ ޓީމުގެ ދެ ވަނަ މޮޅު ހޯދައިފި އެވެ.
ގަލޮޅު ދަނޑުގައި ރޭ ކުޅުނު މެޗުގައި ވިކްޓަރީން ފުރަތަމަ ހާފް ނިންމާލީ ދެ ގޯލުގެ ލީޑަކާ އެކު އެވެ. ފުރަތަމަ ލަނޑު 38 ވަނަ މިނިޓުގައި މުހައްމަދު އައިމަން ބަދުރަން ޖަހައިދިން އިރު، ހާފުގެ އެންމެ ފަހު މިނިޓުގައި ޖަހައިދިނީ ހަސަން ނާއިމް އެވެ. ތިންވަނަ ލަނޑު މެޗުގެ 61 ވަނަ މިނިޓުގައި ޖަހައިދިނީ މުހައްމަދު ޝާން އެވެ.
މަހިބަދޫ އާއި ވިކްޓަރީ ވަނީ މީގެ ކުރިން 2014 އަދި 2015 ވަނަ އަހަރު ފުރަތަމަ ޑިވިޝަނުގައި ފަސް ފަހަރު މަތިން ބައްދަލު ކޮށްފަ އެވެ. އެންމެ ފުރަތަމަ 2014 ގެ ދިވެހި ލީގުގައި ކުޅުނު ފުރަތަމަ ދެ މެޗު ވިކްޓަރީ އިން ކާމިޔާބު ކުރި އިރު، ތިންވަނަ ބުރުގައި މަހިބަދޫ އިން ވިކްޓަރީ ބަލި ކުރި އެވެ. ނަމަވެސް 2015 ވަނަ އަހަރުގެ ޕްރިމިއާ ލީގުން މަހިބަދޫ ރެލިގޭޓްވި އިރު، އެ އަހަރު ވިކްޓަރީއާ ކުޅުނު ދެ މެޗުން ވެސް ވަނީ ބަލި ވެފަ އެވެ.
ޖެހިގެން އައި 2016 ވަނަ އަހަރު ދެވަނަ ޑިވިޝަނުގައި މަހިބަދޫ ސެމީ ފައިނަލަށް ދަތުރު ކުރި ނަމަވެސް ބަލިވީ، ޗެމްޕިއަންކަން ހޯދި ކްލަބް ގްރީން ސްޓްރީޓްސް އަތުންނެވެ. އެއަށް ފަހު ކުޅުނު ތިން އަހަރު ވެސް ގުރޫޕް ސްޓޭޖުގައި މަހިބަދޫ އަށް ކަމިޔާބެއް ނުވި އެވެ.
ވިކްޓަރީއާއި މަހިބަދޫ ކުޅުނު މެޗުގައި، ވިކްޓަރީގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު އިސްމާއިލް ނަސީމް ބޯޅަ ކުރިއަށް ފޮނުވާލަނީ.-- ފޮޓޯ: އޭއެފްޕީ
ރޭގެ މެޗަށް ނުކުތް އިރު ވެސް، ވިކްޓަރީ އަށް ވަނީ މުބާރާތުގެ ސެމީ ފައިނަލަށް ދިޔުމުގެ ފުރުސަތު ގެއްލިފަ އެވެ. މިހާތަނަށް އެޓީމު ކުޅުނު ފަސް މެޗުގެ ތެރެއިން ރޭގެ މެޗާ އެކު މޮޅު ވެވުނީ ދެ މެޗުންނެވެ. ދެ މެޗުން ބަލި ވެފައި ވާއިރުު އެއް މެޗު އެއްވަރު ވެގެން ވަނީ ނިމިފަ އެވެ.
މި ނަތީޖާއާ އެކު ވިކްޓަރީ އޮތީ ކުޅުނު ފަސް މެޗުން ލިބުނު ހަތް ޕޮއިންޓާ އެކު ހަތަރު ވަނައިގަ އެވެ. ވިކްޓަރީގެ ފަހަތުގައި އޮތީ ބީޖީ ސްޕޯޓްސް ކުލަބާއި މަހިބަދޫ އަދި ލޮރެންޒޯ ސްޕޯޓްސް ކުލަބެވެ. ބީޖީ އާއި މަހިބަދޫ ކުޅުނު ހަތަރު މެޗުން ތިން ޕޮއިންޓް ހޯދާފައި ވާއިރު، ފުލުގައި އޮތް ލޮރެންޒޯ ކުޅުނު ފަސް މެޗުން އަދި ޕޮއިންޓެއް ނުހޯދެ އެވެ.
ޖުމްލަ ހަތް ޓީމާ އެކު ގުރޫޕް ބީގައި ހިމެނޭ ވިކްޓަރީ އަށް ގުރޫޕް ސްޓޭޖުގައި ބާކީ އޮތީ، ލޮރެންޒޯ ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅެން އޮތް މެޗެވެ.
ދެ ވަނަ ޑިވިޝަނުގެ ސެމީ ފައިނަލަށް ދާނީ މުބާރާތުގައި ހިމެނޭ ދެ ގުރޫޕުން ވެސް އެންމެ ނަތީޖާ ރަނގަޅު ދެ ޓީމެކެވެ. އަދި ފައިނަލަށް ދާ ދެ ޓީމަކަށް، އަންނަ އަހަރުގެ ޕްރިމިއާ ލީގުން ޖާގަ ހޯދަން ކުޅޭ ޕްލޭއޮފުން ޖާގަ ލިބޭނެ އެވެ.
ސަސްޕެންޝަނުން ސަލާމަތްވެގެން އަލުން ފުޓުބޯޅައަށް އައިސް ވިކްޓަރީ އިން އަންނަ އަހަރުގެ ޕްރިމިއާ ލީގުން ޖާގަ ހޯދަން ވެގެން ގިނަ ހަރަދުތަކެއް ކޮށްގެން މަސައްކަތް ކުރި ނަމަވެސް، ނަތީޖާތައް ދަށް ވުމާ އެކު އެ ޓީމަށް ވަނީ ދެން އޮންނަ ދެ ވަނަ ޑިވިޝަން މުބާރާތަކަށް އިންތިޒާރު ކުރަން މަޖުބޫރު ވެފަ އެވެ.
މި ގުރޫޕުގެ އެއްވަނައިގައި އޮތީ 12 ޕޮއިންޓާ އެކު ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބެވެ. އަދި 10 ޕޮއިންޓާ އެކު ދެވަނައިގައި އެލްޓީ ސްޕޯޓްސް ކުލަބް އޮތް އިރު، ނުވަ ޕޮއިންޓާ އެކު ކްލަބް ޓީނޭޖް އޮތީ ތިންވަނައިގަ އެވެ. މި ތިން ޓީމަށް ވެސް ގުރޫޕް ސްޓޭޖުގައި ދެ މެޗު ކުޅެން އެބަ އޮތެވެ.
ގުރޫޕް ބީ ގައި މިއަދު ހަވީރު އެލްޓީ ސްޕޯޓްސް ކުލަބާއި ނިއު ބައްދަލުކުރާއިރު، މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ކްލަބް ޓީނޭޖާއި ބީޖީ ސްޕޯޓްސް ކުލަބެވެ. ދެ މެޗު ވެސް ކުޅޭނީ ގަލޮޅު ދަނޑުގަ އެވެ.
މަސްއޮޑި ސަޕޯޓަރުން ދެއްކީ ފުޓްބޯޅައިގެ ނަމޫނާ: އަކޫ
މީ ކުރިން ފުޓްބޯޅައިން ފެނުނު ކަންކަމެއް ނޫން: ސޮބާ
ނިއު އާއި ވިކްޓަރީ އެކުގައި ޕްރޮމޯޓެއް ނުވާނެ
ވިކްޓަރީން މިފަހަރު ނޮކައުޓް ބުރުން ޖާގަ ކަށަވަރުކޮށްފި
ފަހުމާންގެ މޮޅު ކުޅުމުން މަހިބަދޫން ހިތްވަރެއް ހޯދައިފި
އުމެއިރުގެ ހެޓްރިކާ އެކު ލޮރެންޒޯ އަށް ބޮޑު ބައްޔެއް
ސައްޓު އެނބުރި އައި މެޗުން ފަހު ވަގުތު ހިތްދަތިކަން
ވިކްޓަރީގެ ދެވަނަ ސީޒަން ވެސް ފެށީ މޮޅަކުން
އިއްބެ އަހަރެއް ފަހުން ގަލޮޅު ދަނޑުގައި ފުރަތަމަ ގޯލު
ނިއު އާއި ވިކްޓަރީ މިފަހަރު އޮތީ ދެ ގުރޫޕެއްގައި