ވަންޕްލަސް ތްރީ އަށް ވުރެ ފޯރިގަދަ ފޯނެއް ލޮލުކޮޅަށް ފެންނާކަށް މި ވަގުތަކު ނެތެވެ. ވަންޕްލަސް ތްރީ އާންމުކުރާ ދުވަހަކުން ވަފާތެރިން ކުލަބޮކި ދިއްލައި ހަވާއަރުވާނެ އެވެ.
08 ޖޫން 2016
ވަންޕްލަސް ތްރީ އަށް ވުރެ ފޯރިގަދަ ފޯނެއް ލޮލުކޮޅަށް ފެންނާކަށް މި ވަގުތަކު ނެތެވެ. ވަންޕްލަސް ތްރީ އާންމުކުރާ ދުވަހަކުން ވަފާތެރިން ކުލަބޮކި ދިއްލައި ހަވާއަރުވާނެ އެވެ.
ވަންޕްލަސް ތްރީ އާންމުކުރާނެ ދުވަހެއް ކަމަށް އެނގިފައި އޮތީ ޖޫން 14 އެވެ. އެކަމަކު މިހާރު ވެސް އެ ފޯނު ވަނީ އާންމުވެފަ އެވެ. އެއާ ބެހޭ ގޮތުން ނޭނގޭ އެކައްޗެއް ވެސް ނެތެވެ.
ވަންޕްލަސް ތްރީގެ ދެތިން އަދަދެއް ނެރޭނެކަން ވަނީ ކަށަވަރުވެފަ އެވެ. ސްޓޯރޭޖްގެ ނިސްބަތުން ބަލާލާއިރު އެއީ 16ޖީބީ، 32ޖީބީ، 64ޖީބީ އެވެ. ސޯޅަ ޖީބީގައި ޓޫޖީބީ ރޭމް، 32ޖީބީގައި ފޯނުގައި 4ޖީބީ ރޭމް އަދި 64ޖީބީ ފޯނުގައި 6ޖީބީ ރޭމް ހުންނާނެ އެވެ. ފޯނުގެ ސްކްރީންގެ ބޮޑުމިނަކީ 5.5 އިންޗި އެވެ. ފޮންޏެއް ނޫންހެއްޔެވެ؟
ވަންޕްލަސް އާއިލާ އަށް "އޮކްސިޖަން އޯއެސް" އަވަލާފައިވާތީ، ވަންޕްލަސް ތްރީ އަށް ވެސް އެ ކަންތައްގަނޑު ވަނީ ޖެހިފަ އެވެ. އެހެންކަމުން ވަންޕްލަސް ތްރީ އާންމުވާނީ އެންޑްރޮއިޑް 6.0.1 އާއި އޮކްސިޖަން އޯއެސްއާ މަސްހުނިވެގެންނެވެ.
ވަންޕްލަސް ތްރީގެ ފަހަތުގައި 16 މެގަޕިކްސެލް ކެމެރާއެއް އަދި ކުރިމަތީގައި 8މެގަޕިކްސެލް ކެމެރާއެއް އަޅުވާނެކަން ވަނީ ޔަގީންވެފަ އެވެ. ބެޓެރީގެ ކުޅެދުންތެރިކަން މިނާލުމަށް 3650އެމްއޭއެޗް ހެޔޮވަރު ކަމަށް ބެލެވެ އެވެ.
ވާވޭގެ އަމިއްލަ އޯއެސް އަންނަ މަހުގެ 2 ގައި ދޫކުރަނީ
ވަންޕްލަސް ނޯޑް: ގޫގުލްގެ އެޕްލިކޭޝަންތައް ގިނަވާނެ
ވަންޕްލަސް 8 މަރުކާގެ ހުރިހާ ފޯނެއް 5ޖީ
ވަންޕްލަސް ފޯނުތަކަށް ވަޔަލެސް ޗާޖިން
"ކޮންސެޕްޓް ވަން" އަކީ ވަންޕްލަސްގެ ފަތްޖެހި ފޯނު؟
އަލި ހެޔޮވަރުކުރަން ޑިވައިސްތަކަށް ދަސްކޮށްދެނީ
އަޑުނުއިއްވައި ރިންގް ޓޯން ވޮލިއުމް މައްޗަށް
ވަންޕްލަސް 6ޓީ ގައި ހެޑްފޯން ޖެކެއް ނުއިންނާނެ
ޕިކްސެލް ފޯނުތަކުގައި ފާސްޓް ޗާޖިން މައްސަލަ އެބަ އުޅޭ
އެންޑްރޮއިޑް "ޕީ" އަށް ނަންކިޔައިފި