Roadha Mihaaru
ޕިކްސެލް ފޯނުތަކުގައި ފާސްޓް ޗާޖިން މައްސަލަ އެބަ އުޅޭ

ޕައި އަށް އަޕްޑޭޓްކުރި "ޕިކްސެލް އެކްސްއެލް" ފޯނުތަކުގައި ފާސްޓް ޗާޖިން މައްސަލަޖެހިއްޖެ

15 އޯގަސްޓް 2018

ގޫގުލް "ޕިކްސެލް އެކްސްއެލް" ފޯނުތައް ފާސްޓް ޗާޖްކުރުމުގައި ކޫސަނި މައްސަލަތައް، ދޭތެރެ ދޭތެރެއިން ދިމާވެ އެވެ. "ޕިކްސެލް/އެކްސްއެލް 2016" ބޭނުންކުރާ މީހުންނަށް މިހާރު ވެސް އުޅެނީ ކަންތައްގަނޑެއް ލައިގަނެގެންނެވެ. އެންޑްރޮއިޑް 9 ޕައި އަށް އަޕްޑޭޓްކުރުމުން ފާސްޓް ޗާޖްނުވާ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

ގޫގުލް "ޕިކްސެލް އެކްސްއެލް" ފޯނުތައް ފާސްޓް ޗާޖްކުރުމުގައި ކޫސަނި މައްސަލަތައް، ދޭތެރެ ދޭތެރެއިން ދިމާވެ އެވެ. "ޕިކްސެލް/އެކްސްއެލް 2016" ބޭނުންކުރާ މީހުންނަށް މިހާރު ވެސް އުޅެނީ ކަންތައްގަނޑެއް ލައިގަނެގެންނެވެ. އެންޑްރޮއިޑް 9 ޕައި އަށް އަޕްޑޭޓްކުރުމުން ފާސްޓް ޗާޖްނުވާ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ޕިކްސެލް ޑިވައިސްތައް ފާސްޓްޗާޖްކުރުމަށް ބޭނުންކުރަނީ "ޔޫއެސްބީ-ޕީޑީ" (ޕަވާ ޑެލިވަރީ) ޕްރޮޓޮކޯލް އެވެ. މިއީ ފާސްޗާޖްކުރެވޭ ބައެއް އެހެން ސްމާޓްފޯނުތަކުގައި ބޭނުންކުރާ ޓެކްނޮލޮޖީއެއް ނޫނެވެ. ސްމާޓްފޯނުތައް ފާސްޓްޗާޖްކުރުމަށް ކޮންމެ ކުންފުންޏަކުން ވަކި ޓެކްނޮލޮޖީއެއް ޕްރޮމޯޓްކުރާއިރު، ގޫގުލުން ބުރަވަނީ މި ޓެކްނޮލޮޖީއަށެވެ.

ގޫގުލް "ޕިކްސެލް އެކްސްއެލް" ފޯނުތައް ބޭނުންކުރާ މީހުން ބުނާ ގޮތުގައި، ގޫގުލުން ސަޕްލައިކުރާ ޗާޖަރު ބޭނުންކޮށްގެން ވެސް ފާސްޓް ޗާޖްނުކުރެވެ އެވެ. ބައެއް މީހުން ބުނާ ގޮތުގައި، މައްސަލަ ދިމާވާން ފެށީ، އެންޑްރޮއިޑް 9، ޕައި އަށް އަޕްޑޭޓްކުރުމުންނެވެ.

މި މައްސަލައާ ގުޅޭ ގޮތުން ފޯރަމްތަކުގައި ދައްކާފައި ހުރި ވާހަކަތަކަށް ބަލާއިރު، ޕިކްސެލް ފޯނުތައް ފާސްޓް ޗާޖްކުރުމުގައި އެކި މީހުން ތަޖުރިބާކުރަނީ އެކި ގޮތެވެ. ފޯނާ އެކު ފޮށީގައި އޮންނަ ޗާޖަރުން އެއްވެސް މައްސަލައެއް ދިމާނުވާ ކަމަށް ބުނާ މީހުން ވެސް މަދެއް ނޫނެވެ.

ޕިިކްސެލް ފޯނުތަކަށް މި މައްސަލަ ދިމާވީ ސޮފްޓްވެއާ އަޕްޑޭޓްކުރުމުން ކަމަށް ގިނަ މީހުން ބުނެ އެވެ. މި ކަމާ ބެހޭ ގޮތުން ގޫގުލުން އަދި ވާހަކައެއް ނުދައްކަ އެވެ. ފިކްސެލް ފޯނުތައް ބޭނުންކުރާ މީހުން މިހާރު ގަބޫލުކޮށްގެން ތިބީ މިއީ ހައްލުނުކުރެވޭނެ ކަމެއް ކަމަށެވެ. އެހެންނަމަވެސް، މިއީ އެންޑްރޮއިޑް 9 ޕައިގައި އުޅޭ މައްސަލައަކަށް ވެއްޖެ ނަމަ، ގޫގުލުން ރަނގަޅުކުރާނެ ކަމަށް ބެލެވެ އެވެ.