Roadha Mihaaru
ސެމީ ފައިނަލުގައި ނިއު އާއި ބުރު ވާދަކުރަން ޖެހިއްޖެ

ދެ ވަނަ ޑިވިޝަން: ސެމީ ފައިނަލުގައި ނިއު އާއި ބުރު ސްޕޯޓްސް ވާދަކުރަން ޖެހިއްޖެ

12 އޯގަސްޓް 2022

މި އަހަރުގެ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ފަހު މެޗުގައި މިރޭ މަހިބަދޫ ސްޕޯޓްސް ކުލަބުން ފަހަތުން އަރައި 5-5 އިން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ އެއްވަރުކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މި އަހަރުގެ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ފަހު މެޗުގައި މިރޭ މަހިބަދޫ ސްޕޯޓްސް ކުލަބުން ފަހަތުން އަރައި 5-5 އިން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ އެއްވަރުކޮށްފި އެވެ.

މި ނަތީޖާއާ އެކު ނިއު، ޓީނޭޖް އަދި އެލްޓީ ސްޕޯޓްސް ކްލަބަށް ވެސް 13 ޕޮއިންޓް ލިބިފައި ވާއިރު، ލަނޑުގެ ތަފާތުން ސެމީގެ ޖާގަ ގެއްލުނީ އެލްޓީ އަށެވެ. ފައިދާ 15 ގޯލާ އެކު ޓީނޭޖަށް ގުރޫޕުގެ އެއްވަނަ ލިބުނު އިރު، ނިއު އަށް ދެވަނަ ލިބެނީ ފައިދާ 11 ގޯލާ އެކު އެވެ. އެލްޓީ އަށް ލިބިފައި ވަނީ ފައިދާ އަށް ގޯލެވެ.

ސެމީ ފައިނަލުގައި ނިއު ވާދަކުރަން ޖެހޭނީ ގްރޫޕް އޭ ގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް އެއް ވަނަ ހޯދި ބުރު ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ. ބުރު ސްޕޯޓްސް އަކީ މިދިޔަ އަހަރުގެ ތިން ވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދި ޓީމެވެ. އެ ޓީމުން ތިންވަނަ ޑިވިޝަން ކާމިޔާބު ކުރީ ވެސް ކުޅުނު ހުރިހާ މެޗެއް ކާމިޔާބު ކޮށްގެންނެވެ.

މިއީ ނިއު އިން މަހިބަދޫއާ ދެކޮޅަށް ކުޅުނު އަށް ވަނަ މެޗެވެ. މީގެ ކުރިން ނިއު ވަނީ 2014 އަދި 2015 ވަނަ އަހަރު ދިވެހި ލީގާއި ޕްރިމިއާ ލީގު އަދި އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕުގައި ވެސް މަހިބަދޫއާ ދެކޮޅަށް ކުޅުނު ހަތް މެޗު ވެސް ކާމިޔާބު ކޮށްފަ އެވެ.

އަދި މިއީ ނިއު އާއި މަހިބަދޫ ބައްދަލުކުރި މެޗުތަކުގެ ތެރެއިން، މެޗެއްގައި އެންމެ ގިނަ ލަނޑު ފެނިގެން ދިޔަ މެޗެވެ. މިރޭގެ މެޗުގައި ޖުމްލަ 10 ލަނޑު ފެނިގެން ދިޔަ އިރު، 2014 ވަނަ އަހަރުގެ އެފްއޭ ކަޕް ކުއާޓާ ފައިނަލުގައި މި ދެޓީމުގެ ކުރިމަތިލުމުގައި ނުވަ ގޯލު ފެނުނެވެ. އެ މެޗު ނިއު ކާމިޔާބުކުރީ 6-3 އިންނެވެ.

މިރޭގެ މެޗު އެންމެ ފުރަތަމަ ކުޅެން ނިންމީ މި މަހުގެ އޮގަސްޓް އެކެއްގަ އެވެ. ނަމަވެސް ވިއްސާރައިގެ ސަބަބުން ދެ ފަހަރެއްގެ މަތިން މެޗު ފަސްކުރަން ޖެހުނެވެ. އެންމެ ފުރަތަމަ މަހިބަދޫ އަށް މެޗު ކުޅެން މާލެ އާދެވޭގޮތް ނުވުމާ އެކު މެޗު ކުޅެން ތާވަލުކުރީ މިއަދުގެ ހަވީރަށެވެ. ނަމަވެސް މިރެއަށް މެޗު ފަސްކުރަން ޖެހުނީ މިއަދު ހަވީރު ކުރި ބޯ ވިއްސާރައިގައި ގަލޮޅު ދަނޑުގައި ފެން ބޮޑުވުމުގެ ސަބަބުންނެވެ.

މަހިބަދޫ އިން މިރޭގެ މެޗު އެއްވަރު ކުރީ ނިއު އިން ފަސް ލަނޑު ޖަހާފައި ވަނިކޮށް، ފަހު ހާފުގައި އެޓީމުން ޖެހި ލަނޑުތަކުންނެވެ. މަހިބަދޫގެ އާދަމް ފަހުމާން ވަނީ މި މެޗުގައި ހެޓްރިކް ވެސް ހަދައިފަ އެވެ.

މި މެޗާ އެކު 15 ޓީމާ އެކު ކުރިއަށްދާ ދެ ވަނަ ޑިވިޝަން މުބާރާތުގެ ގުރޫޕް ސްޓޭޖުގެ ހުރިހާ މެޗެއްގެ ކުޅުން ވަނީ ފުރިހަމަ ވެފަ އެވެ.

ނިއު ހިމެނޭ ގުރޫޕް ބީގެ ހަތަރު ވަނައިގައި ނިންމީ 10 ޕޮއިންޓް ހޯދި ވިކްޓަރީ ސްޕޯޓްސް ކުލަބެވެ. ބީޖީ ސްޕޯޓްސް ކުލަބަށް ހަތް ޕޮއިންޓް ލިބިފައި ވާއިރު މަހިބަދޫ ނިންމާލީ ހަތަރު ޕޮއިންޓާ އެކު ހަ ވަނައިގަ އެވެ. ގުރޫޕްގެ ފުލުގައި ނިންމާލީ ޕޮއިންޓެއް ނުލިބި އޮތް ލޮރެންޒޯ ސްޕޯޓްސް ކުލަބެވެ.

މިއީ ނިއު އާއި ވިކްޓަރީ ވެސް ދިގު މުއްދަތަކަށް ސަސްޕެންޝަނުގައި އޮވެފައި، ސަސްޕެންޝަނުން ސަލާމަތް ވެގެން އަލުން ފުޓުބޯޅައިގެ ތެރެއަށް ނުކުމެ ކުޅެން ފެށި ފުރަތަމަ ސީޒަނެވެ. މިރޭގެ ނަތީޖާއާ އެކު އަންނަ އަހަރު އަލުން ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓް ވުމަށް ނިއު ރޭޑިއަންޓް ކުރާ މަސައްކަތުގައި ކުރިއެރުމެއް ލިބުނު އިރު، ވިކްޓަރީ އަށް ވަނީ އަންނަ އަހަރުގެ ދެ ވަނަ ޑިވިޝަނަށް އަލުން ތައްޔާރުވާން ޖެހިފަ އެވެ.

ނިއު އިން ލީޑު ނެގީ މެޗުގެ 49 ވަނަ ސިކުންތުގައި، އާދަމް ޝަހީމް (އާނާ) ނަގައިދިން ހުރަހެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި މަހިބަދޫގެ މުހައްމަދު އައިހަމް އަންވަރު އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ. އަދި 10 ވަނަ މިނިޓުގައި ގާނާގެ ފޯވާޑް ތޯރިގް ޖިބްރީން ޖެހި ލަނޑުން ލީޑޫ ފުޅާ ކޮށްފައި ވަނިކޮށް، ކޮފީ އޮވޫސޫ ވަނީ ފުރަތަމަ ހާފް ނިމުމުގެ ކުރިން ދެ ލަނޑު ޖަހައިފަ އެވެ. އޭނާގެ ފުރަތަމަ ލަނޑު ޖެހީ 29 ވަނަ މިނިޓުގައި އާނާ ނަގައިދިން ބޯޅައެއް، މަހިބަދޫގެ ގޯލްކީޕަރު އަހުމަދު ނައުފަލް އަތުގައި ޖެހިފައި ގޯލު ކުރިމައްޗަށް ވެއްޓުނު ބޯޅަ ގޯލަށް ފޮނުވާލައިގެންނެވެ. އަދި އޭނާގެ ދެވަނަ ލަނޑު ހާފް ނިމެން ދެ މިނިޓަށް ވެފައި ވަނިކޮށް ޖެހީ ތޯރިގް ފޮނުވާލި ބޯޅައެއް ކީޕަރު ނައުފަލް ދިފާއު ކުރުމުން ލިބުނު ރީބައުންސް ބޯޅައެއްގަ އެވެ.

ނިއު އިމް ވަނީ ދެވަނަ ހާފު ފަށައިގެން ފުރަތަމަ މިނިޓުގައި އެ ޓީމުގެ ފަސްވަނަ ލަނޑު ޖަހައިފަ އެވެ. މި ލަނޑު ޖަހައިދިނީ ބިދޭސީ ކުޅުންތެރިޔާ ފާރޫގް ޚައިދަރޯވް އެވެ. ނިއު ގެ ފަސްވަނަ ގޯލަށް ފަހު މަހިބަދޫ އިން ކުޅުން ރަނގަޅު ކުރި އެވެ. ނަތީޖާއެއްގެ ގޮތުން އެޓީމުގެ އާދަމް ފަހުމާން ވަނީ 15 މިނިޓު ތެރޭ ތިން ލަނޑު ޖަހައި ހެޓްރިކް ހަދައިފަ އެވެ. މަހިބަދޫގެ ފުރަތަމަ ލަނޑު އޭނާ ކާމިޔާބު ކުރީ މެޗުގެ 62 ވަނަ މިނިޓުގަ އެވެ. އަދި 76 ވަނަ މިނިޓުގައި ދެވަނަ ލަނޑު ޖެހިއިރު، ހެޓްރިކް ފުރިހަމަ ކުރީ ޖެހިގެން އައި މިނިޓުގަ އެވެ.

ނިއު ރޭޑީއަންޓުން ވަނީ ދެވަނަ ހާފު ފަށައިގެން ފުރަތަމަ މިނިޓުގައި އެޓީމުގެ ފަސްވަނަ ލަނޑު ޖަހައިފަ އެވެ. މި ލަނޑު ޖަހައިދިނީ ބިދޭސީ ކުޅުންތެރިޔާ ފާރޫގް ޚައިދަރޯވް އެވެ. ނިއު ގެ ފަސްވަނަ ގޯލަށް ފަހު މަހިބަދޫ އިން ކުޅުން ރަނގަޅު ކުރި އެވެ. ނަތީޖާއެއްގެ ގޮތުން އެޓީމުގެ އާދަމް ފަހުމާން ވަނީ 15 މިނިޓު ތެރޭ ތިން ލަނޑު ޖަހައި ހެޓްރިކް ހަދައިފަ އެވެ. މަހިބަދޫގެ ފުރަތަމަ ލަނޑު އޭނާ ކާމިޔާބު ކުރީ މެޗުގެ 62 ވަނަ މިނިޓުގަ އެވެ. އަދި 76 ވަނަ މިނިޓުގައި ދެވަނަ ލަނޑު ޖެހިއިރު، ހެޓްރިކް ފުރިހަމަ ކުރީ ޖެހިގެން އައި މިނިޓުގަ އެވެ.

ފޯރި ގަދަވި މި މެޗުގައި މަހިބަދޫގެ ހަތަރު ވަނަ ލަނޑު، 82 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން ޖަހައިދިނީ އިބްރާހިމް ޝާތިރެވެ. އަދި އެއްވަރު ކުރި ލަނޑު އިތުރު ވަގުތުގެ ފުރަތަމަ މިނިޓުގައި ޖަހައިދިނީ އަލީ ޝާލިމް އެވެ.

ސެމީ ފައިނަލުގެ ދެ މެޗު ވެސް ކުޅޭނީ އަންނަ އާދިއްތަ ދުވަހު އެވެ. އަދި އެއަށް ފަހު ސެމީގެ ދެ މެޗުން މޮޅުވާ ދެ ޓީމުގެ މެދުގައި ކުޅޭ ފައިނަލް މެޗު އޮންނާނީ މި މަހުގެ 17 ވާ ބުދަ ދުވަހުގެ ހަވީރެވެ. މި ތިން މެޗު ވެސް ކުޅޭނީ ގަލޮޅު ރަސްމީ ދަނޑުގަ އެވެ.

ފައިނަލަށް ދާ ދެ ޓީމަށް ވެސް އަންނަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގު ކޮލިފައިން އިން ޖާގަ ލިބޭނެ އެވެ. ދެ ވަނަ ޑިވިޝަނުގެ ފައިނަލުގައި ވާދަކުރާ ދެ ޓީމުގެ އިތުރުން ކޮލިފައިންގައި ދެން ވާދަކުރާނީ ނިމިދިޔަ ދިވެހި ޕްރިމިއާ ލީގު ސީޒަނުގައި އެންމެ ފުލަށް ދިޔަ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާއި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބެވެ.

ސެމީ ފައިނަލްގެ މެޗް ޝެޑިއުލް

14 އޮގަސްޓް/ 16:00: ބުރު ސްޕޯޓްސް ކުލަބް - ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބް

14 އޮގަސްޓް/ 21:00: ކުލަބް ޓީނޭޖް - ކުޑަހެންވޭރު ޔުނައިޓެޑް