07 ޖެނުއަރީ 2024
މިހާރު ކުރިއަށްދާ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި މިދިޔަ އާދިއްތަ ދުވަހު ގަދަ ވިއްސާރައިގެ ސަބަބުން ކެންސަލްވި، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް ބައްދަލުކުރާ މެޗު، މި މަހުގެ 19 ގައި ކުޅެން ހަމަޖައްސައިފި އެވެ.
މިހާރު ކުރިއަށްދާ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި މިދިޔަ އާދިއްތަ ދުވަހު ގަދަ ވިއްސާރައިގެ ސަބަބުން ކެންސަލްވި، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް ބައްދަލުކުރާ މެޗު، މި މަހުގެ 19 ގައި ކުޅެން ހަމަޖައްސައިފި އެވެ.
ނިއު ރޭޑިއަންޓުން އިއްޔެ ސޯޝަލްމީޑިއާގައި އެ ޓީމުން ކުޅޭ ގުރޫޕް ސްޓޭޖް މެޗުތަކުގެ އާ ޝެޑިއުލް އާއްމުކުރިއިރު، ދަ ގްރާންޑޭއާ ދެކޮޅަށް ކުޅޭ މެޗު ތާވަލްކޮށްފައި އޮތީ 19 ވާ ހުކުރު ދުވަހުގެ ހަވީރު 3:50 ގައި ފަށާ ގޮތަށެވެ.
ނިއު އިން މެޗު ކުޅޭ އާ ތާރީހު އާއްމުކުރި ނަމަވެސް އެފްއޭއެމުން ރަސްމީކޮށް އެކަން ހާމައެއް ނުކުރެ އެވެ.
ދަ ގްރާންޑޭއާ ކުޅޭ މެޗުގެ ކުރިން ނިއު ރޭޑިއަންޓް މުބާރާތުގެ ފުރަތަމަ މެޗަކަށް، އަންނަ ހޮނިހިރު ދުވަހުގެ ހަވީރު ކްލަބް ޓީނޭޖާ ދެކޮޅަށް ކުޅޭނެ އެވެ.
ނިއު އާއި ދަ ގްރާންޑޭ ބައްދަލުކުރަން އޮތް މެޗަކީ ދެ ޓީމުގެ ވެސް މި މުބާރާތުގައި ފުރަތަމަ މެޗެވެ. ނަމަވެސް މިހާރު ތާވަލް ކުރެވިފައި ވާގޮތުން މިދިޔަ ސީޒަންގައި ދެވަނަ ޑިވިޝަނަށް ރެލިގޭޓްވި ދަ ގްރާންޑޭ އިން ނިއު އާ ބައްދަލުކުރުމުގެ ކުރިން ދެ މެޗު ކުޅޭނެ އެވެ.
ދަ ގްރާންޑޭ އެންމެ ފުރަތަމަ އަންގާރަ ދުވަހު ޓެންޓް ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުމަށް ފަހު، ނިއު އާ ދެކޮޅަށް ނުކުތުމުގެ ދެ ދުވަސް ކުރިން ބީޖީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅޭނެ އެވެ.
ދަ ގްރާންޑޭ ވަނީ ނިއު ރޭޑިއަންޓް، ޕްރިމިއާ ލީގު ކުޅުނު ފަހު ސީޒަން (2018) ގައި ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދައިގެން އެއްވަނަ ޑިވިޝަންގައި ތިން ސީޒަން ކުޅެފަ އެވެ.
ނިއު އަށް 2019/2020 ސީޒަންގައި ކުރިމަތިވި ސަސްޕެންޝަނުން ސަލާމަތްވެގެން އަންނަނީ މިދިޔަ ސީޒަނުން ފެށިގެން ދެވަނަ ޑިވިޝަންގައި ކުޅެމުންނެވެ. ނިއު އާ ދެކޮޅަށް ދަ ގްރާންޑޭ ކުޅޭ މެޗު ވެގެން ދާނީ އެޓީމުގެ ތާރީހުގައި ވެސް ނިއު އާ ދެކޮޅަށް ކުޅޭ ފުރަތަމަ މެޗަށެވެ.
ނިއު އާއި ދަ ގްރާންޑޭ އާއެކު ޓީނޭޖާއި ބީޖީ އަދި ޓެންޓް ވެސް ހިމެނެނީ ގުރޫޕް ބީގަ އެވެ.
ތަފާތު ބޮޑު މޮޅަކާ އެކު ނިއު ސެމީ އަށް
ނިއު އާއި ވިކްޓަރީ އެކުގައި ޕްރޮމޯޓެއް ނުވާނެ
ކުއާޓާ ޔަގީންވެއްޖެ، ނިއުއަށް ދެންއޮތީ އެއްވަނަ ހޯދުން
އަހަރެއް ފަހުން ނިއު ކުޅުނު ފުރަތަމަ މެޗު ކާމިޔާބު
ނިއު އަށް އަދިވެސް ކުޅެވޭ ގޮތެއް ނުވޭ
ގަދަ ވިއްސާރައިގައި ޖެހި ނިއުގެ ފުރަތަމަ މެޗު ކެންސަލް
ނިއު އާއި ވިކްޓަރީ މިފަހަރު އޮތީ ދެ ގުރޫޕެއްގައި
ނިއު އެނބުރި އަންނާނެ: ސޮބާ
ޕެނަލްޓީގައި ނިއު ބަލިކޮށް ބުރު ސްޕޯޓްސް ފައިނަލަށް
ސެމީ ފައިނަލުގައި ނިއު އާއި ބުރު ވާދަކުރަން ޖެހިއްޖެ