"ލަގްޒަރީ ހޮޓެލް އެވޯޑްސް 2022" ގެ ތިން ކެޓަގަރީއަކަށް ސަމާ އައިލެންޑް މޯލްޑިވްސް ރިސޯޓު ނޮމިނޭޓް ވެއްޖެ އެވެ.
15 އޯގަސްޓް 2022
"ލަގްޒަރީ ހޮޓެލް އެވޯޑްސް 2022" ގެ ތިން ކެޓަގަރީއަކަށް ސަމާ އައިލެންޑް މޯލްޑިވްސް ރިސޯޓު ނޮމިނޭޓް ވެއްޖެ އެވެ.
ލަގްޒަރީ ހޮޓެލް އެވޯޑްސްގެ ވެބްސައިޓްގައިވާ ގޮތުން، ސަމާ އައިލެންޑް ރިސޯޓު ނޮމިނޭޓްވީ "ލަގްޒަރީ ބީޗް ރިސޯޓް" އާއި "ލަގްޒަރީ ހަނީމޫން ރިސޯޓް" އަދި "ލަގްޒަރީ ރޮމޭންޓިކް ބީޗް ރިސޯޓް" ބައިންނެވެ.
އެއީ ލަގްޒަރީ ހޮޓެލް އިންޑަސްޓްރީގައި ދުނިޔެ އިން ފާހަގަކޮށްލެވޭ އެންމެ ފުރިހަމަ ރިސޯޓުތަކަށް ދޭ އެވޯޑެކެވެ. އެވޯޑަށް ނޮމިނޭޓުވި ރިސޯޓުތަކުގެ ތެރެއިން އެވޯޑް ލިބޭ ރިސޯޓް ހޮވާނީ ޓޫރިސްޓުންނާއި ދަތުރުކުރާ މީހުން އަދި އެ އިންޑަސްޓްރީގައި މަސައްކަތް ކުރާ ބައެއް ތަޖުރިބާކާރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ. ކޮންމެ އަހަރަކު ވެސް 300،000 އަށް ވުރެ ގިނަ މީހުން އެ އެވޯޑު ލިބޭ ފަރާތްތައް ކަނޑައަޅަން ވޯޓުލަ އެވެ.
ސަމާ އައިލެންޑް މޯލްޑިވްސް ރިސޯޓަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ސްޕީޑް ބޯޓުގައި 45 މިނިޓުން ދެވޭ، ހަނީ މޫނަށް އަންނަ ޓޫރިސްޓުންގެ މެދުގައި މަގުބޫލް ޕްރިމިއަމް ބީޗް ރިސޯޓެކެވެ.
ސަމާ އައިލެންޑްގެ ތްރީޑީ ކޮރަލް
އެ ރިސޯޓު މަޝްހޫރުވެފައި އޮންނަނީ ދުނިޔޭގެ އެންމެ ބޮޑު "ތްރީ-ޑީ ޕްރިންޓެޑް ކޮރަލް ރީފް" އޮންނަ ރިސޯޓުގެ ގޮތުގަ އެވެ. ސަމާ އައިލެންޑްގެ އެ ރީފް ވަނީ ގިނިސް ވޯލްޑްރިކޯޑް ފޮތަށް ވެސް މިދިޔަ އަހަރު އަރައިފަ އެވެ.
ސަމާ އައިލެންޑް މޯލްޑިވްސް އިން ވަނީ ސައުތު އޭޝިއަން ޓުއަރިޒަމް އެވޯޑްސް (ސަޓާ) ގައި ދޭ "ސައުތު އޭޝިއަން ލީޑިން ބީޗް ރިސޯޓް" އަދި "މޯލްޑިވްސް ލީޑިން ބީޗް ރިސޯޓު" 2017 ވަނަ އަހަރުން ފެށިގެން ވިދިވިދިގެން ތިން އަހަރު ހޯދައިފަ އެވެ. އަދި 2020 ވަނަ އަހަރު އެ ރިސޯޓަށް ވަނީ ރާއްޖޭގެ އެންމެ މަގުބޫލު ރިސޯޓުތަކުގެ ތެރޭގައި ހިމެނޭތީ ދޭ "ޕްރެސްޓީޖަސް ހޮލިޑޭ ޗެކް ގޯލްޑް އެވޯޑް" ލިބިފަ އެވެ.
މާލެ އަތޮޅު ޒިޔާރަތްފުށީގައި ހިންގާ ސަމާ އައިލެންޑް މޯލްޑިވްސް ހުޅުވާފައި ވަނީ މީގެ 25 އަހަރު ކުރިން 1996 ވަނަ އަހަރު އެވެ. އެ ރިސޯޓު އެންމެ ފުރަތަމަ ހިންގީ ސަމާ އައިލެންޑް ވިލެޖުގެ ނަމުންނެވެ. އެ އަށް ފަހު 2015 ވަނަ އަހަރު ރިސޯޓުގެ ނަން ވަނީ ސަމާ އައިލެންޑް މޯލްޑިވްސް އަށް ބަދަލުކޮށްފަ އެވެ.
ސަމާ އައިލެންޑަށް "ހޮލިޑޭ ޗެކް ގޯލްޑް" އެވޯޑް
އެންމެ މޮޅު ޝެފުންގެ ތެރޭގައި ސަމާ އައިލެންޑްގެ ޖެކް
ކައުންސިލްތަކުގެ ރަށްތައް ޓޫރިޒަމަށް ދޭ ގޮތަށް ބަދަލެއް
އޮސްކާގެ އިނާމުތަކުގައި ރާއްޖޭގެ ޗުއްޓީ ދަތުރެއް
ރިސޯޓުތަކުން ޑޮލަރު މާރުކުރުމުގެ ހެޔޮ އަސަރު ރިޒާވަށް
ބީއެމްއެލްއިން ގްރީން ރިސޯޓް ފައިނޭންސިން ތައާރަފްކޮށްފި
ޓޫރިޒަމްގެ މާލީ ހައްލުތަކަށް ބީއެމްއެލް ތައްޔާރު:ޝަރީފް
ރިސޯޓުތަކުން މިހާތަނަށް 25 މިލިއަން ޑޮލަރު މާރުކޮށްފި
ހއ. އަތޮޅުގައި 600 މިލިއަން ޑޮލަރުގެ ރިސޯޓެއް
އިމިގްރޭޝަނަށް ފިލަން 60 ބިދޭސީން މަޑުއްވަރީއަށް