ދުނިޔޭގެ ޓޫރިޒަމް ދާއިރާގައި ފާހަގަކޮށްލެވޭ ރިސޯޓުތަކަށް ދޭ "ހޮލިޑޭ ޗެކް ގޯލްޑް" އެވޯޑު ސަމާ އައިލެންޑް ރިސޯޓަށް ލިބިއްޖެ އެވެ.
26 ޖެނުއަރީ 2020
ދުނިޔޭގެ ޓޫރިޒަމް ދާއިރާގައި ފާހަގަކޮށްލެވޭ ރިސޯޓުތަކަށް ދޭ "ހޮލިޑޭ ޗެކް ގޯލްޑް" އެވޯޑު ސަމާ އައިލެންޑް ރިސޯޓަށް ލިބިއްޖެ އެވެ.
މި އެވޯޑަކީ ޓޫރިސްޓުންގެ ވޯޓާ އެކު ކޮންމެ އަހަރެއްގެ ޖެނުއަރީގައި ދުނިޔޭގެ އެކި ރިސޯޓުތަކަށް ދެމުން އަންނަ އެވޯޑެކެވެ. މި އަހަރު މި އެވޯޑު 38 ގައުމެއްގެ 188 ރިސޯޓަށް ވަނީ ލިބިފަ އެވެ. މި އެވޯޑަށް މި އަހަރު 950،000 އަށްވުރެ ގިނަ ޓޫރިސްޓުން ވަނީ ވޯޓު ދީފަ އެވެ.
ހޮލިޑޭ ޗެކްގެ ގޯލްޑް އެވޯޑަކީ ހޮލިޑޭ ޗެކް އެވޯޑު ޖެހިޖެހިގެން ފަސް އަހަރު ވަންދެން ހޯދައިފައިވާ ރިސޯޓްތަކަށް ދޭ އެވޯޑެކެވެ.
ހޮލިޑޭ ޗެކް އެވޯޑަށް ރިސޯޓުތައް ނޮމިނޭޓް ވާނީ އެ ރިސޯޓަކަށް ދާ ޓޫރިސްޓުންގެ ތެރެއިން 50 ޓޫރިސްޓުންގެ އާ ރިވިއުއާ އެކުގަ އެވެ. އަދި 90 ޕަސެންޓް ޓޫރިސްޓުން އެ ރިސޯޓަކީ ދެވަނަ ފަހަރަށް ޗުއްޓީ ހޭދަކޮށްލަން ދާން ބޭނުންވާ ރިސޯޓެއް ކަމަށް ވޯޓު ދޭން ޖެހޭނެ އެވެ.
ސަމާ އައިލެންޑުން ވަނީ 2017 އަދި 2018 ވަނަ އަހަރުގެ ސާޓާ އެވޯޑުގައި ދެކުނު އޭޝިއާގެ އެންމެ ހިތްގައިމު ބީޗް ރިސޯޓުގެ އެވޯޑު ވެސް ހާސިލް ކޮށްފަ އެވެ.
ސަމާއައިލެންޑް، ލަގްޒަރީ ހޮޓެލް އެވޯޑަށް ނޮމިނޭޓުވެއްޖެ
ދުނިޔޭގެ ތިންވަނަ ހޮޓަލަކަށް އިތާފުށި ހޮވިއްޖެ
އެންމެ މޮޅު ޝެފުންގެ ތެރޭގައި ސަމާ އައިލެންޑްގެ ޖެކް
އެންމެ މޮޅު ރިސޯޓުގެ އެވޯޑު އައުޓްރިގާ ކޮނޮއްޓާ އަށް
ކައުންސިލްތަކުގެ ރަށްތައް ޓޫރިޒަމަށް ދޭ ގޮތަށް ބަދަލެއް
އޮސްކާގެ އިނާމުތަކުގައި ރާއްޖޭގެ ޗުއްޓީ ދަތުރެއް
ރިސޯޓުތަކުން ޑޮލަރު މާރުކުރުމުގެ ހެޔޮ އަސަރު ރިޒާވަށް
ބީއެމްއެލްއިން ގްރީން ރިސޯޓް ފައިނޭންސިން ތައާރަފްކޮށްފި
ޓޫރިޒަމްގެ މާލީ ހައްލުތަކަށް ބީއެމްއެލް ތައްޔާރު:ޝަރީފް
ރިސޯޓުތަކުން މިހާތަނަށް 25 މިލިއަން ޑޮލަރު މާރުކޮށްފި