މާލޭގެ ކުޅިވަރު އެކުވެނި ޓްރެކާ ދިމާލުން ބޭރު މަގުން ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލުން ނެއްޓި އެމްޓީސީސީގެ ބަހެއްގައި ޖެހިގެން ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ކުއްޖާ، އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދިއުމުގެ މަސައްކަތް އާއިލާ އިން ފަށައިފި އެވެ.
21 އޯގަސްޓް 2022
މާލޭގެ ކުޅިވަރު އެކުވެނި ޓްރެކާ ދިމާލުން ބޭރު މަގުން ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލުން ނެއްޓި އެމްޓީސީސީގެ ބަހެއްގައި ޖެހިގެން ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ކުއްޖާ، އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދިއުމުގެ މަސައްކަތް އާއިލާ އިން ފަށައިފި އެވެ.
ޖުލައި މަހުގެ ހަތަރު ވަނަ ދުވަހު އެ އެކްސިޑެންޓު ހިނގީ ސްޕޯޓްސް ކާރެއް ކޮންޓްރޯލުން ނެއްޓި އެނބުރެމުން ގޮސް ބަހުގެ ކުރީކޮޅުގައި ޖެހިގެންނެވެ. އެކްސިޑެންޓުގައި ކާރު ފުނޑުފުނޑުވި އިރު އޭގައި ހަތަރު މީހަކާއި 17 އަހަރުގެ ކުއްޖަކު އިނެވެ.
ހާދިސާ ހިނގިތާ މާގިނަ އިރުތަކެއް ނުވެ، އެމީހުން ނަގައިގެން އައިޖީއެމްއެޗަށް ގެންދިޔަ ނަމަވެސް އޭގެ ތެރެއިން ގއ. މާމެންދޫ މަރިޔަމް އަމާނީ ރަޝީދު، 23، ވަނީ އެ ރޭ މަރުވެފަ އެވެ. އަދި އިތުރު މީހުންނަށް ވެސް ސީރިއަސް އަނިޔާތަކެއް ލިބުނެވެ.
އެ އެކްސިޑެންޓަށް މަސް ދުވަސް ފާއިތުވިއިރު ވެސް އެ ހާދިސާގައި އަނިޔާވި 17 އަހަރުގެ ކުއްޖާގެ ހާލު ސީރިއަސް ކަމަށް އެ ކުއްޖާގެ ބޭބެއަކު، "މިހާރު" އަށް ބުންޏެވެ.
އެ ކުއްޖާއަށް މިހާރު އޭޑީކޭގައި ފަރުވާދެމުން އަންނައިރު ޑޮކްޓަރުން ލަފާދީފައި ވަނީ ވީ އެންމެ އަވަހަކަށް ރާއްޖެއިން ބޭރަށް ގެންދިއުމަށެވެ. އެހެންވެ، އިންޑިއާގެ ކޮޗިން އަށް ފަރުވާއަށް ދިއުމަށް މިހާރު އާސަންދަ ހަމަޖެހިފައިވީ ނަމަވެސް އާއިލާ އިން އެހީ ހޯދަމުން އަންނަނީ އެ ގައުމުގައި ތިބެން ޖެހޭނީ ކިހާ ދުވަހަކު ކަމެއް ނޭނގޭތީ އެވެ.
"އާސަންދަ ހަމަޖެހިފައި އިނީ ފަރުވާއަށް. އެކަމަކު އެކޮޅުގައި އިތުރު ހަރަދުތައް ވެސް ކުރަންޖެހޭނެތީ އެހީ ހޯދަމުން މިދަނީ،" އޭނާ ބުންޏެެވެ.
ސިކުނޑިއަށް ލިބުނު އަނިޔާއަށް ފަރުވާ ހޯދަމުން އަންނައިރު މިހާތަނަށް ސިކުނޑީގެ ސާޖަރީއެއްގެ އިތުރުން ޓްރަކިއޮސްޓިމީ ޓިއުބް ޗޭންޖް ސާޖަރީއެއް ވެސް ހަދާފައިވެ އެވެ. ރާއްޖެއިން ބޭރަށް ދިއުމަށް ޑޮކްޓަރުން ލަފާދީފައި ވަނީ ބެކްލޯފެން ޕަމްޕް ލެއްވުމަށެވެ.
އަނިޔާވި ކުއްޖާ ރާއްޖެއިން ބޭރަށް ގެންދިއުމަށް މަސައްކަތްކުރަމުން އަންނައިރު މިދިޔަ މަހުގެ 16 ގައި ވަނީ އެ އެކްސިޑެންޓުގައި އަނިޔާވި އަންހެނަކު ވެސް އިތުރު ފަރުވާއަށް ކޮޗިންއަށް ނަގެންގޮސްފަ އެެވެ.
ލޯންޗެއް ކޮންޓްރޯލްނުވެ ޖެޓީގައި ޖެހި، ބަޔަކަށް އަނިޔާ
ގަމުގައި އެކްސިޑެންޓެއް، ދެ މީހަކަށް ފަރުވާ ދެނީ
ފުވައްމުލަކާއި އައްޑޫގައި ނުރައްކާތެރި ދެ އެކްސިޑެންޓު
އިންޑިއާގައި ކެމިކަލް ފެކްޓަރީއެއް ގޮވައި 36 މަރު
އެކްސިޑެންޓުވުމުން ވެސް މަޑުނުކޮށް ދިޔަ މީހަކު ހައްޔަރު
ފައިނު އެކްސިޑެންޓް: ދެ ކުދިން ވެންޓިލޭޓަރުން ނަގައިފި
ފައިނު އެކްސިޑެންޓުގައި އަނިޔާވި މީހުން ވެންޓިލޭޓަރުގައި
ފައިނު އެކްސިޑެންޓް: އަނިޔާވި ދެ ކުދިން މާލެ ގެންނަނީ
ފައިނުގައި އެކްސިޑެންޓެއް، ދެ ކުއްޖެއްގެ ހާލު ސީރިއަސް
އެކްސިޑެންޓުގައި އަނިޔާވި 2 މީހަކު ފަރުވާއަށް މާލެއަށް