ފޮރިން މިނިސްޓްރީގެ ޑައިރެކްޓަ ކޮމިއުނިކޭޝަންސްގެ މަގާމުގައި ހުންނެވި މުހައްމަދު މިއުވާން މިދިޔަ ހަފުތާގައި އިސްތިއުފާ ދެއްވުމުން އެ މިނިސްޓްރީގެ ކޮމިއުނިކޭޝަން ހެޑަކަށް ސަފާތު އަހުމަދު ޒާހިރު މިއަދު އައްޔަންކޮށްފި އެވެ.
ފޮރިން މިނިސްޓްރީގެ ޑައިރެކްޓަ ކޮމިއުނިކޭޝަންސްގެ މަގާމުގައި ހުންނެވި މުހައްމަދު މިއުވާން މިދިޔަ ހަފުތާގައި އިސްތިއުފާ ދެއްވުމުން އެ މިނިސްޓްރީގެ ކޮމިއުނިކޭޝަން ހެޑަކަށް ސަފާތު އަހުމަދު ޒާހިރު މިއަދު އައްޔަންކޮށްފި އެވެ.
ރައީސް އޮފީހުން ބުނީ، ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ސްޓްރެޓެޖިސްޓުގެ މަގާމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ސަފާތު އައްުޔަން ކުރެއްވީ ޑެޕިއުޓީ މިނިސްޓަރުގެ ފެންވަރުގައި ކަމަށެވެ.
ސަފާތަކީ ވުމަން އެންޑް ޑިމޮކްރަސީ ޖަމިއްޔާގެ ފައުންޑަރު އަދި ރައީސެވެ. އޭނާ ވަނީ ރައީސް އޮފީހުގެ އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމައި ފައިނޭންޝިއަލް އެނަލިސްޓެއް އަދި ބިޒްނަސް އެނަލިސްޓެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފަ އެވެ.
ސަފާތު ފާހަގަކުރެވިފައި ވަނީ އަންހެނުންގެ ހައްގުގައި އިސްކޮށް މަސައްކަތް ކުރައްވާ ބޭފުޅެއްގެ ގޮތުގަ އެވެ.
އޭނާ ވަނީ ފައިނޭންސް އެންޑް އިންވެސްޓްމަންޓްސް ދާއިރާއިން ޔުނިވާސިޓީ އޮފް ނޮޓިންގހަމުން މާސްޓަާސް ޑިގްރީ ހާސިލުކުރައްވައިފަ އެވެ.
ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ހެޑަކަަށް ކުރިން ހުންނެވި މިއުވާން އެ މަގާމަށް ވަޑައިގަތީ މި ސަރުކާރުން ވެރިކަން ކުރަން ފެށި ހިސާބުންނެވެ. ހާރިޖީ ދާއިރާގެ ޚަބަރުތައް ގިނަ ބަޔަކަށް ފެތުރުއްވުމުގައި މިދިޔަ ދުވަސްތަކުގައި މަސައްކަތް ކުރެއްވި މިއުވާނަކީ ކުރީގެ ނޫސްވެރިއެކެވެ.
ފޮރިން މިނިސްޓްރީގެ އިސް މަގާމަކަށް ޝެއިޚް ހުސައިން
ލަންކާގައި ހުންނަ ޑެޕިއުޓީ އެމްބެސެޑާ ކަމަށް ފައިސަލް
ފޮރިން ސެކްރެޓަރީއަކަށް ޣަފޫރު އައްޔަން ކުރައްވައިފި
ގާނޫނާ ހިލާފަށް ފޮރިންއަށް މުވައްޒަފުން ނެގުން ނުހުއްޓޭ
ފޮރިންގެ ގާނޫނަށް އަމަލެއް ނުކުރޭ؛ މުވައްޒަފުން މާގިނަ
ފޮރިން މިނިސްޓްރީގައި ތިބީ ސިޔާސީ 129 މުވައްޒަފުން
ޒަމީރު ފިނޭންސަށް އައްޔަންކޮށް ކެބިނެޓަށް ބަދަލުތަކެއް
ޒަމީރު ފިނޭންސް މިނިސްޓަރަކަށް ބަދަލުކުރަނީ!
ހިންނާ ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް
މުހުތާޒް ފޮރިން މިނިސްޓްރީއަށް ބަދަލު ކުރައްވައިފި