ސ ހިތަދޫގައި ހުންނަ އުރީދޫގެ އެކްސްޕީރިއަންސް ސެންޓަރު (އޯއީސީ) އާއި ކްލަބް ޕްރިމިއާ ލައުންޖު އަޕްގްރޭޑް ކުރުމަށް ފަހު މިއަދު ހުޅުވައިފި އެވެ.
22 އޯގަސްޓް 2022
ސ ހިތަދޫގައި ހުންނަ އުރީދޫގެ އެކްސްޕީރިއަންސް ސެންޓަރު (އޯއީސީ) އާއި ކްލަބް ޕްރިމިއާ ލައުންޖު އަޕްގްރޭޑް ކުރުމަށް ފަހު މިއަދު ހުޅުވައިފި އެވެ.
އެ ކުންފުނިން ބުނީ، އާ ޓެގްލައިން "އަޕްގްރޭޑް ޔޯ ވޯލްޑް" ގެ ދަށުން އުރީދޫ އެކްސްޕީރިއަންސް ސެންޓަރަށް ބަދަލުތަކެއް ގެނައީ އައްޑޫގައި ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އުރީދޫގެ ކަސްޓަމަރުންނަށް ދުނިޔޭގެ ފެންވަރުގެ ހިދުމަތެއް ދިނުމަށް ކަމަށެވެ.
ހިތަދޫގައި ހުޅުވި އޯއީސީން މާލޭގައި ހުރި އޯއީސީތަކާ އެއް ފެންވަރުގެ ހިދުމަތާއި ތަފާތު އެކި އުފެއްދުންތައް ލިބެން ހުންނާނެ ކަމަށް އުރީދޫން ބުނެ އެވެ. އަދި އެ އޯއީސީގައި ވެސް އުރީދޫ ލޮކޭޓް، އުރީދޫ މައިފައި، އަދި އުރީދޫ ސެޓަލައިޓް ފޯނު ފަދަ އެ ކުންފުނިން ފޯރުކޮށްދޭ އުފެއްދުންތެރި ޑިވައިސްތައް ބޭނުންކޮށް، ތަޖުރިބާ ކުރުމުގެ ފުރުސަތު ކުރިމަގުގައި ލިބޭނެ ކަމަށް ވެސް ބުންޏެވެ.
އުރީދޫެ ސީއީއޯ އަދި އެމްޑީ ހާލިދު އަލް ހަމަދީ، ހޮތަދޫގެ އޯއީސީ ހުޅުވާ ދެއްވަނީ. ފޮޓޯ: އުރީދޫ
އުރީދޫން ބުނިގޮތުގައި، ހިތަދޫ ލިންކް ރޯޑްގައި ހަދާފައިވާ އޯއީސީ ޑިޒައިން ކޮށްފައި ވަނީ އެ ކުންފުނިން ދޭ ހުރިހާ ހިދުމަތްތަކެއް އެންމެ ރަނގަޅަށް ދެވޭނެ އިންތިޒާމުތަކާ އެކު އެވެ.
އޯއީސީ އާއި ކްލަބް ޕްރިމިއާ ލައުންޖް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދު އަލް ހަމާދީ އާއި ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒާއި ހެޑް އޮފް ކަސްޓަމާ ކެއާގެ ދިޔާނާ އަފީފެވެ.
އެ ރަސްމިއްޔާތުގައި، ސީއީއޯ އަދި އެމްޑީ ހާލިދު އަލް ހަމަދީ ވިދާޅުވީ، އެ އޯއީސީން ޑިޖިޓަލް ސެލްފް ސާވިސް ޕޯޓަލުގެ ހިދުމަތް ލިބޭނެ ކަމަށެވެ. އަދި އާ އޯއީސީ އަކީ ހުރިހާ ޓަޗްޕޮއިންޓްތަކެއްގައި ވެސް ކަސްޓަމަރުންގެ ތަޖުރިބާ އިތުރު ހަރުފަތަކަށް ގެންދިއުމަށް އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ކޮށްފައިވާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އާ ސެންޓަރުގ ސަބަބުން ކަސްޓަމަރުންނަށް ލުއި ފަސޭހަތަކެއް ލިބޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.
ކަސްޓަމަރުންނަށް ބޭނުންވާ ހުރިހާ ހިދުމަތެއް އެ އޯއީސީއިން ލިބޭނެ. ފޮޓޯ: އުރީދޫ
އުރީދޫން ބުނީ އެ އޯއީސީއާ އެކު ގާއިމުކުރި ޕްރީމިއަމް ލައުންޖުން އުރީދޫ އެކްސްޕީރިއަންސް ސެންޓަރުގެ ހުރިހާ ހިދުމަތްތަކެއް ލިބޭނެ ކަމަށެވެ، އަދި އެ ލައުންޖުން ހިތްގައިމު މާހައުލެއްގައި އުރީދޫގެ ޕްރީމިއަމް ކަސްޓަމަރުންނަށް ބޭނުންވާ ހިދުމަތްތައް ފަސޭހަކަމާ އެކު ފޯރުކޮށްދެވޭނެ ކަމަށް ވެސް ބުންޏެވެ.
އެ ކުންފުނިން ބުނީ އާ އޯއީސީން ވެސް ހިދުމަތް ދޭނީ ހޮނިހިރު ދުވަހުން ބުރާސްފަތި ދުވަހަށް ހެނދުނު 9 އިން ހަވީރު 4 އަށް ކަމަށެވެ.
އައްޑޫ 10 ތަނެއް ބަލައިފާސްކޮށް 10 މީހުން ހައްޔަރު
ނަދީމް: މަސައްކަތެއް ނުކުރިއަސް އަގުބޮޑު ކާރުގައި!
އައްޑޫން ހައްޔަރުކުރި ޑްރަގް ބޮޑުންގެ ވަނަވަރު އާންމުކޮށްފި
ގޫގުލް ޕްރޮޖެކްޓަށް ހިތަދޫން ބޮޑު ބިމެއް ކަނޑައަޅައިފި
ގޫގުލް އިން ރާއްޖޭގައި ސަބްމެރިން ކޭބަލް ސްޓޭޝަނެއް
ހިތަދޫ މޫލެކެޑެ ނުހިއްކަން އެދި ރައީސަށް ސިޓީއެއް
ހިތަދޫ ސްކޫލަށް ސާނަވީ ކަށަވަރު ކޮށްދެއްވި ޕްރިންސިޕަލް
އަޅުވެތިކަން ނިމި، މިއީ ބޮޑު ކާމިޔާބީއެއް:ހުޅުދޫ/މީދޫ
"އައްޑޫގެ އިދާރީ ހިންގުން ރޫޅުމަކީ ހިތްދަތިކަމެއް"
އައްޑޫގެ ދެމަފިރިންގެ މަރު: ޖެހިޖެހިގެން ވަޅުލައިފި