އައްޑޫގައި އެންމެ ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މައްސަލައިގެ ތުހުމަތަށް މިދިޔަ ހުކުރު ދުވަހުގެ ރޭ ހައްޔަރުކުރި ފަސް މީހުންގެ ތެރެއިން އެންމެ އިސް މީހަކީ އަލީ ނަދީމް ނުވަތަ އޭނާގެ ވަނަމުން ނަމަ ނަދަމާ އެވެ. ހާއްސަކޮށް ހިތަދޫގައި އެންމެ ހަރަކާތްތެރި އެއް ގްރޫޕު "މައިލޯ" ގެ ކުރީ ސަފުން ފެންނަ އެއް މޫނަކީ ވެސް ނަދީމެވެ.
އައްޑޫގައި އެންމެ ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މައްސަލައިގެ ތުހުމަތަށް މިދިޔަ ހުކުރު ދުވަހުގެ ރޭ ހައްޔަރުކުރި ފަސް މީހުންގެ ތެރެއިން އެންމެ އިސް މީހަކީ އަލީ ނަދީމް ނުވަތަ އޭނާގެ ވަނަމުން ނަމަ ނަދަމާ އެވެ. ހާއްސަކޮށް ހިތަދޫގައި އެންމެ ހަރަކާތްތެރި އެއް ގްރޫޕު "މައިލޯ" ގެ ކުރީ ސަފުން ފެންނަ އެއް މޫނަކީ ވެސް ނަދީމެވެ.
އެ ނަމުގައި ސްޕޯޓްސް ކްލަބުތައް ރަޖިސްޓަރީ ކޮށްގެން ހިންގަ އެވެ. އަދި ރަށުގައި އެކި ފެންވަރުގެ މުބާރާތްތައް ވެސް މައިލޯ އިން ހިންގަ އެވެ. އައްޑޫގައި ބާއްވާ ރަސްމީ އެކި ކަހަލަ މުބާރާތްތަކުގައި އެންމެ ކުރީގައި އުޅެނީ ވެސް ހަމަ އެ ކްލަބެވެ.
ފުލުހުން ބުނިގޮތުގައި، އެ ފަސް މީހުން ހިމެނޭ "ނެޓްވޯކް" ގެ މީހުންނަށް އަމާޒު ކޮށްގެން މަސްތުވާތަކެތި ޓްރެފިކް ކުރުމާއި މަނީ ލޯންޑާ ކުރުމުގެ ތަހުގީގު ފެށީ މިދިޔަ މާޗު މަހުން ފެށިގެންނެވެ. އަދި 2017 ވަނަ އަހަރުން ފެށިގެން އެ "ނެޓްވޯކް" ގެ މީހުން މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާ ކަން ހޯދާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އައްޑޫ ހިތަދޫން މިދިޔަ ބުދަ ދުވަހުގެ ރޭ ހައްޔަރުކުރި ޑްރަގް ބޮޑުން
ފުލުހުންގެ ތަހުގީގު ފަށައި، އެކަމުގެ އިސްކޮށް ތިބި މީހުން ހައްޔަރުކުރީ މިދިޔަ ބުދަ ދުވަހު އެވެ. އުމުރުން 30 އަހަރު ނަދީމްގެ އިތުރުން ދެން ހިމެނެނީ؛
- ހާފިޒު ފައުޒީ، 31، ފަލާހް، ސ. ހިތަދޫ
- އިބްރާހިމް ސިރާޖު، 43، ވެޔޮފެހެބުރުގެ، ސ. ހިތަދޫ
- ހަސަން އަލްފާފް، 28، ދޮރުފޮތިމާގެ، ސ. ހިތަދޫ
- އަމީން މުހައްމަދު، 23، ކެކުރިމާގެ، ސ. ހިތަދޫ
އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން ނަދީމާއި ހާފިޒު އަދި ސިރާޖު ތަހުގީގު ބޭނުމަށް 30 ދުވަހަށް ބަންދުކުރަން ވަނީ އަމުރުކޮށްފަ އެވެ. އަލްފާފާއި އަމީން ބަންދުގައި ބަހައްޓަން ކޯޓުން ދިނީ އެންމެ ފަސް ދުވަހެވެ.
ފުލުހުން މީޑިއާއާ ރޭ ހިއްސާކުރި މައުލޫމާތުތަކުގައިވާ ގޮތުން ހިތަދޫގެ މި ޑްރަގް ނެޓްވޯކްގެ ހަތަރު މީހެއްގެ އެކައުންޓުން މިދިޔަ ފަސް އަހަރު ވަނީ 19 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުރު ކޮށްފަ އެވެ.
ނަމަވެސް، "މިހާރު" އާ ވާހަކަ ދެއްކި ބައެއް މީހުން ކިޔައިދިން ގޮތުގައި ރަށުގެ ކުޅިވަރާއި ސިޔާސީ ކަންކަމުގައި ނަދީމް ހަރަކާތްތެރިކޮށް އުޅުނަސް އޭނާއަކީ، މިފަހަކާ ޖެހެންދެން އާމްދަނީ ހޯދަން އިތުރު މަސައްކަތެއް ކުރި މީހެއް ނޫނެވެ.
ނަދީމް، އޭނާގެ ކާރު ކަލެކްޝަން ކައިރީގައި.
މި ސަރުކާރު ވެރިކަމަށް ގެންނަން އައްޑޫގެ ކެމްޕެއިންގައި އިސްކޮށް އުޅުނު ނަދީމް ސްޕޯޓްސް މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރަކަށް ހަމަޖެއްސީ މިދިޔަ އަހަރު އެވެ.
ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރެއްގެ މުސާރައަކީ 25،000ރ. ވިއަސް ނަދީމްގެ އަތުގައި އެންމެ ފަހުގެ އަގުބޮޑު އެތައް ކާރެއް ހުންނަ ކަމަށް ވާހަކަ ދެއްކި މީހަކު ބުންޏެވެ. އަދި އެ ކާރުތައް ކުޑަ ދުވަސްކޮޅަކު ބޭނުންކުރުމަށް ފަހު ވިއްކާލައި އަނެއްކާ ވެސް އާ ކާރު ހޯދަ އެވެ.
އެކަމަކު، ނަދީމް އަތުގައި އަބަދު ވެސް މަދުވެގެން އެ އަހަރެއްގެ އެންމެ ފަހުގެ ފަސް ވަރަކަށް ކާރު އޮންނަ ކަމަށް ވާހަކަ ދެއްކި ބައެއް މީހުން ކިޔައިދިނެވެ. ޓިކްޓޮކްގައި އޭގެ ވީޑިއޯތައް ވެސް އޭނާ އަމިއްލަ އަށް އާއްމުކޮށްފައި އެބަހުއްޓެވެ.
ފުލުހުން ބުނި ގޮތުގައި އައްޑޫގެ ޑްރަގް ބޮޑުން ހައްޔަރުކުރީ މިދިޔަ މަހު ފެށި "އޮޕަރޭޝަން އަލިމަގު" ގެ ދަށުންނެވެ.
ޑްރަގްގެ ބޮޑުންނަށް ހާއްސަކޮށްގެން ފުވައްމުލަކުގައި ވެސް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ހިންގި އޮޕަރޭޝަންގެ ދަށުން ވެސް ބޮޑު ޑީލަރުން ކަމަށް ތުހުމަތުކުރާ ދެ މީހަކު ހައްޔަރުކުރި އެވެ. އެއީ ފުވައްމުލަކު، ދޫޑިގަން، ކަރަންކާވިލާ އަހުމަދު ނިއުޝާދު، 34، އަދި ފުވައްމުލަކު، ދޫޑިގަން، ޒަމާނީވިލާ، ހަސަން އާޒިމް، 29، އެވެ.
ނިއުޝާދުގެ ބޭންކު އެކައުންޓުން މިދިޔަ ފަސް އަހަރުގެ ތެރޭގައި 21 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މުއާމަލާތް އަދި އާޒިމްގެ ބޭންކު އެކައުންޓް މެދުވެރިކޮށްގެން ދެ އަހަރުގެ ތެރޭގައި ހަތް މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މުއާމަލާތް ހިންގާފައިވާ ކަމަށް ފުލުހުން އޭރު ބުންޏެވެ.
މަސްތުވާތަކެތީގެ ވިޔަފާރިކުރާ ބޮޑުންނަށް އަމާޒުކޮށް މިހާރު އޮޕަރޭޝަންތައް ފުޅާކޮށްފައިވާއިރު ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެފައި ވަނީ އެއްވެސް މީހެއްގެ "ބާރުވެރިކަމަށް" ނުބަލައި ފިޔަވަޅު އަޅާނެ ކަމަށެވެ.
"ރާއްޖޭގައި މި ވިޔަފާރިކުރާ ފަރާތްތަކަށް މިކަން ހުއްޓާލުމަށް ތަކުރާރުކޮށް އިންޒާރުދީ ނަސޭހަތްތެރިވަން. ފުލުހުންގެ ތަހުގީގު އެ މީހަކާ ހިސާބަށް ފޯރުމުން އެކަކަށް ވެސް އިތުރު ރަހުމެއް ހަމްދަރުދީއެއް އިސްތިސްނާއެއް ނޯންނާނެ! ހަމައެކަނި އޮންނާނީ ހަރުކަށި ގާނޫނީ ފިޔަވަޅު،" މިނިސްޓަރު ވިދާޅުވެފައި ވެ އެވެ.
އައްޑޫން ހައްޔަރުކުރި ޑްރަގް ބޮޑުންގެ ވަނަވަރު އާންމުކޮށްފި
ބޮކްސާގައި ޑްރަގް ގެންދިޔަ މީހަކު އުމުރަށް ޖަލަށް
ހިތަދޫގައި މާރާމާރީ ހިންގައި މީހަކު ޒަހަމްކޮށްލައިފި
އައްޑޫގެ އެންމެބޮޑު އެއް ޑްރަގު ޑީލަރު އުމުރަށް ޖަލަށް
މީހަކު ރަހީނުކުރި މީހުންގެ ވަނަވަރު އާންމުކޮށްފި
ވަޅިން ބިރުދައްކައި ފޭރުނު އިތުރު މީހަކު ހައްޔަރު
ސޭޓަކަށް ވަޅިން ބިރުދައްކައި ފޭރުނު މީހަކު ހައްޔަރު
މޫނު ނިވާކޮށްގެން ގެއަކަށް ވަދެ މީހަކަށް އަނިޔާކޮށްފި
އަންހެނަކު ފެންވަރަން ހުއްޓާ ފުލުހުން ވަދެފައެއް ނުވޭ
ފަހުން ހިންގި މާރާމާރިއާ ގުޅިގެން 4 މީހަކު ހައްޔަރު