Roadha Mihaaru
މަންޓާ އެއާގެ ހަރަދުގައި ކެބިން ކްރޫން ތަމްރީނުކުރަނީ

މަންޓާ އެއާގެ ހަރަދުގައި ކެބިން ކްރޫން ތަމްރީނުކުރަނީ

25 އޯގަސްޓް 2022

މަންޓާ އެއާއިން ސްޕޮންސާކޮށްގެން ކުރިއަށް ގެންދާ ކެބިން ކްރޫން ތަމްރީންކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

މަންޓާ އެއާއިން ސްޕޮންސާކޮށްގެން ކުރިއަށް ގެންދާ ކެބިން ކްރޫން ތަމްރީންކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެ އެއާލައިނުން ބުނި ގޮތުގައި ހަ ހަފުތާގެ މުއްދަތަކަށް ކުރިއަށްގެންދާ އެ ތަމްރީނުތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނީ 25 މީހަކަށެވެ. ބައިވެރިވާން ބޭނުންވާ މީހުން އަންނަ އާދިއްތަ ދުވަހުގެ ކުރިން އެޕްލައި ކުރަން ޖެހެ އެވެ.

އެ ޕްރޮގްރާމުގައި ބައިވެރިވެވޭނީ އުމުރުން 18 އަހަރު ވެފައި، ޖީސީ އޯލެވެލްގެ ތިން މާއްދާއިން މަދުވެގެން "ސީ" ފާސް ލިބިފައިވާ މީހުންނަށެވެ. އަދި އެއްވެސް އެހީއަކާ ނުލާ 50 މީޓަރަށް ފެތުމުގެ ގާބިލުކަން ހުރުމާއެކު އިނގިރޭސިންނާއި ދިވެހިން ފަރިތަކޮށް ލިޔަން ކިޔަން ދަންނަން ޖެހޭނެ ކަމަށް ވެސް މަންޓާ އެއާ އިން ބުންޏެވެ.

މަންޓާ އެއާއިން ބުނީ އެ ތަމްރީނު ފުރިހަމަކުރާ ބައިވެރިންނަށް އެ އެއާލައިނުން ވަޒީފާ ހަމަޖެހޭނެ ކަމަށެވެ.

ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ނަމަ، [email protected] އަށް މެއިލް ފޮނުވައިގެން ނުވަތަ 7997278 އަށް ގުޅައިގެން އެޕްލައި ކުރެވޭނެ އެވެ.

މި އަހަރުގެ ޖުލައި މަހު ފެށި ކެބިން ކްރޫ ތަމްރީނުތަކަށް ފަހު އިއްޔެ ވަނީ އެ ބެޗުގެ ބައިވެރިން ދަސްވެނިވެފަ އެވެ. އެއީ ފަސް ހަފުތާގެ މުއްދަތަކަށް، 14،000 ރުފިޔާ ބައިވެރިއަކު ދައްކައިގެން ފުރިހަމަ ކުރި ތަމްރީނެކެވެ. އެ ތަމްރީނުތައް މިފަހަރު ހުޅުވާލާފައި މިވަނީ މުޅިން ހިލޭ ފުރިހަމަކުރެވޭ ގޮތަށެވެ.