Roadha Mihaaru
ސަސްޕެންޝަން އުވާލުމުން އިންޑިއާގައި ވޯލްޑްކަޕް އޮންނާނެ

ސަސްޕެންޝަން އުވާލުމުން އިންޑިއާގައި ވޯލްޑްކަޕް އޮންނާނެ

27 އޯގަސްޓް 2022

ނިއު ދިއްލީ (އޮގަސްޓް 27) - ތިން ވަނަ ފަރާތެއްގެ ނުފޫޒު އިންޑިއާގެ ފުޓްބޯޅަ އަށް ވަދެފައިވާކަމަށް ބުނެ، މިދިޔަ ހަފްތާ ފީފާ އިން އެގައުމަށް ދިން ސަސްޕެންޝަން އުވާލުމާ އެކު، ކުރިން ތާވަލް ކުރެވިފައިފާ ގޮތަށް 17 އަހަރުން ދަށުގެ އަންހެން ވޯލްޑް ކަޕް ކުރިއަށް ގެންދިޔުމުގެ ފުރުސަތު ލިބިއްޖެ އެވެ.

ސަތާރަ އަހަރުން ދަށުގެ އަންހެނުންގެ ވޯލްޑް ކަޕް އިންޑިއާގައި އޮންނާނީ އޮކްޓޫބަރު 11 އިން 30 އަށެވެ.

އިންޑިއާގެ ރައީސް ކަމުގައި ހުންނެވި ޕްރަފުލް ޕަޓޭލް އިންތިހާބަކާ ނުލައި ދައުރަށް ވުރެ އިތުރަށް މަގާމުގައި ހުރި ކަމަށް ބުނެ މިދިޔަ މެއި މަހު އިންޑިއާގެ ސުޕްރީމް ކޯޓުން އެގައިމުގެ އޯލް އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަން (އޭއައިއެފްއެފް) ގެ ބާރު ކަނޑުވާލައި އެސޯސިއޭޝަންގެ ހިންގުން ކޯޓުން ކަނޑައެޅި ކޮމިޓީއަކާ ހަވާލު ކޮށްފަ އެވެ.

ސޯޓުގެ ނުފޫޒާ އެކު ފީފާ އިން އެގައުމު ސަސްޕެންޑު ކުރީ މި މަހުގެ 15 ވަނަ ދުވަހު އެވެ. ނަމަވެސް ކޯޓުން އެންމެ ފަހުން ގޮތް ދޫކޮށް، މި މަހުގެ 18 ވަނަ ދުވަހު ވަނީ ކޮމިޓީގެ މަސައްކަތް ހުއްޓާލައިފަ އެވެ. އަދި މިހާރު އިދާރާ ހިންގަނީ އެކްޓިން ޖެނެރަލް ސެކްރެޓަރީ ސުނަންދޯ ދާ ގެ ބެލުމު ދަށުންނެވެ. މިއާ އެކު ފީފާ އިން ވަނީ ހުކުރު ދުވަހުގެ ރޭ އިންޑިއާގެ ސަސްޕެންޝަން އުވާލައިފަ އެވެ.

"ސަސްޕެންޝަން އުވާލަން ނިންމީ، އޭއައިއެފްއެފް ހިންގަން ހަވާލުކުރި ކޮމިޓީގެ މަސައްކަތްތައް ހުއްޓާލިކަމުގެ ޔަގީންކަން ފީފާއަށް ލިބިފައި ވުމާ ގުޅިގެން،" ފީފާގެ ބަޔާނުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން އިންޑިއާގެ ފުޓުބޯޅަ ފެޑެރޭޝަން ހިންގުމާ އާ ލީޑާޝިޕަކުން ހަވާލުވަންދެން ފީފާ އާއި އޭއެފްސީ އިން ވެސް އެ އިދާރާގެ މަސައްކަތްތައް ގާތުން ބަލަމުން ގެންދާނެ ކަމަށް ފީފާ އިން ބުނެ އެވެ. އަދި ވީހާވެސް އަވަހަށް އިންތިހާބު ބާއްވަން ފީފާގެ އެހީތެރިކަން ވެސް ލިބޭނެ ކަމަށް އެ ބަޔާނުގައި ވެއެވެ.