16 އޯގަސްޓް 2022
ނިއު ދިއްލީ (އޯގަސްޓް 16) - ތިން ވަނަ ފަރާތެއްގެ ނުފޫޒު އިންޑިއާގެ ފުޓްބޯޅަ އަށް ވަދެފައިވާކަމަށް ބުނެ، ފީފާއިން އެ ގައުމު ސަސްޕެންޑް ކޮށްފި އެވެ.
ނިއު ދިއްލީ (އޯގަސްޓް 16) - ތިން ވަނަ ފަރާތެއްގެ ނުފޫޒު އިންޑިއާގެ ފުޓްބޯޅަ އަށް ވަދެފައިވާކަމަށް ބުނެ، ފީފާއިން އެ ގައުމު ސަސްޕެންޑް ކޮށްފި އެވެ.
އިންޑިއާގެ ސުޕްރީމް ކޯޓުން ވަނީ މޭ މަހު، އޯލް އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަން (އޭއައިއެފްއެފް) ގެ ރައީސް ކަމުގައި ހުންނެވި ޕްރަފުލް ޕަޓޭލް އާއި އޭނާގެ އެކްސްކޯގެ ބާރު ކަނޑުވާލައި، އެފްއޭއެ ހިންގުމަށް ސުޕްރީމް ކޯޓުން ކަނޑައެޅި ކޮމިޓީއަކާ ހަވާލުކޮށްފަ އެވެ.
ރޭ އިންޑިއާ ސަސްޕެންޑް ކުރުމަށް ފަހު ފީފާއިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އޭއައިއެފްގެ އެގްޒެކެޓިވް ކޮމިޓީ އާ މުޅި ފެޑެރޭޝަންގެ ކޮންޓްރޯލް އަލުން ހަވާލު ކުރުމަށް ދާންދެން އިންޑިއާގެ ފުޓްބޯޅަ ސަސްޕެންޑް ކުރުމަށް ނިންމާފައިވާ ކަމަށެވެ
ފީފާގެ ސަސްޕެންޝަންގެ ސަބަބުން އިންޑިއާގެ ގައުމީ ޓީމަކަށް ވެސް އަދި ކްލަބަކަށް ވެސް އިންޓަނޭޝަނަލް އެއްވެސް މުބާރާތެއްގައި ނުކުޅެވޭނެ އެވެ. އަދި ފުޓްބޯޅައިގެ އިންޓަނޭޝަނަލް އެއްވެސް ހަރަކާތެއް ވެސް އިންޑިއާގައި ކުރިއަށް ނުގެންދެވޭނެ އެވެ.
މީގެ އަސަރު ކުރާނީ އޮކްޓޯބަރު މަހު އިންޑިއާގައި ބާއްވަން ތައްޔާރުވާ 17 އަހަރުން ދަށުގެ އަންހެން ވޯލްޑް ކަޕަށެވެ.
އިންޑިއާގެ ގޮކުލަމް ކެރަލާ އެފްސީގެ އަންހެން ޓީމުން އިއްޔެ ވަނީ އޭއެފްސީ އަންހެން ކްލަބް ޗެމްޕިއަންޝިޕްގައި ވާދަކުރަން އުޒްބެކިސްތާނަށް ގޮސްފަ އެވެ. ސަސްޕެންޝަންގެ ސަބަބުން އެ ޓީމު ވެސް ޖެހޭނީ މުބާރާތް ނުކުޅެ އެނބުރި ގައުމަށް ދާށެވެ.
ފީފާގެ 17 އަހަރުން ދަށުގެ އަންހެން ވޯލްޑް ކަޕު އެހެން ގައުމެއްގައި ބާއްވަން ފީފާއިން ނިންމުމަކީ ގާތުގައިވާ ކަމެކެވެ.
ޕްރަފުލް ޕަޓޭލްގެ ބާރު ސްޕްރީމް ކޯޓުން ކަނޑުވާލީ އިންޑިއާގެ ކުޅިވަރު ކޯޑްގައި ބުނާ މުއްދަތަށް ވުރެ އިތުރަށް އިންޑިއާގެ އެފްއޭގެ ރައީސް ކަމުގައި އޭނާ ހޭދަކޮށްފައިވާ ކަމަށް ބުނެ އެވެ.
އިންޑިއާގެ ގައުމީ ކުޅިވަރު ކޯޑްގައި ބުނެފައި ވަނީ އެގައުމުގެ އެއްވެސް ކުޅިވަރު ފެޑެރޭޝަނެއް ނުވަތަ އެސޯސިއޭޝަނެއްގެ ރައީސް ކަމުގައި އެކަކަށް 12 އަހަރަށް ވުރެ ގިނަ މުއްދަތެއް ހޭދަ ނުކުރެވޭނެ ކަމަށެވެ. އެކޯޑަށް އިންޑިއާއިން އަމަލުކުރަން ފެށީ 2011 ގަ އެވެ.
އިންޑިއާގެ ފުޓްބޯލް ފެޑެރޭޝަންގެ ރައީސް ކަމަށް ޕްރަފުލް އެންމެ ފުރަތަމަ ވަޑައިގަތީ ޑިސެމްބަރު 2009 ގަ އެވެ. ޕްރަފުލްގެ ތިން ވަނަ ދައުރު ޑިސެމްބަރު 2020 ގައި ވަނީ ހަމަވެފަ އެވެ. އޭނާގެ ދައުރު ހަމަވުމުގެ ކުރިން އޭއައިއެފްއެފް އިން ވަނީ އިންޑިއާގެ ސުޕްރީމް ކޯޓަށް މައްސަލައެއް ވައްދައިފަ އެވެ. ކޯޓަށް މައްސަލަ ހުށަހެޅީ އޭއައިއެފްއެފްގެ އަސާސީ ގަވާއިދު މުރާޖާކުރުމުގެ މައްސަލަ 2017 އިން ފެށިގެން ސުޕްރީމް ކޯޓްގައި އޮތުމުން ދެން އަމަލު ކުރާނެ ގޮތެއް ކަނޑައަޅައި ދިނުމަށެވެ.
އޭނާގެ އެކްސްކޯގެ ބާރު ކަނޑުވާލުމަށް ފަހު ސުޕްރީމް ކޯޓުން ވަނީ ތިން މެންބަރުން ހިމެނޭ ކޮމިޓީއެއް ނަގައި އެފްއޭއޭގެ ހިންގުން އެ ކޮމިޓީއާ ހަވާލުކޮށްފަ އެވެ. ކޮމިޓީ ލީޑް ކުރައްވަނީ ކުރީގެ ފަނޑިޔާރެއް ކަމަށްވާ އަނިލް ރަމޭސް ދޭވް އެވެ. އަނެއް ދެ މެންބަރުގެ ތެރޭގައި ހިމެނެނީ އެ ގައުމުގެ އިލެކްޝަން ކޮމިޝަންގެ ކުރީގެ ރައީސް ޝާހާބުއްދީން ޔައުގޫބް ގުރައިޝީ އާއި އިންޑިއާގެ ކުރީގެ ކެޕްޓަން ބާޝްކާރު ގަންގްލީ އެވެ.
ފީފާއިން އިންޑިއާގެ ފުޓްބޯޅަ ސަސްޕެންޑް ކުރި އިރު، މިދިޔަ މަހު ފިފާއިން ވަނީ ޕާކިސްތާންގެ ސަސްޕެންޝަން ނަގައިފަ އެވެ. އެއީ ފަސް އަހަރު ތެރޭ ފީފާ އިން އެ ގައުމު ސަސްޕެންޑްކުރި ދެ ވަނަ ފަހަރެވެ.
އިންޑިއާގެ ފުޓްބޯޅަ ސަސްޕެންޑް ކުރާނެކަމުގެ އިންޒާރު
ސަސްޕެންޝަން އުވާލުމުން އިންޑިއާގައި ވޯލްޑްކަޕް އޮންނާނެ
ފުޓްބޯޅައިގައި ބްރެޒިލަށް ވަންޏާ އިންޑިއާއަށް ވާނެ
ސާފް ޗެމްޕިއަންޝިޕްގެ ތަށި އިންޑިއާއިން ދިފާއުކޮށްފި
އިންޑިއާގެ ސުޕްރީމް ކޯޓުން އެފްއޭގެ ރައީސް ވަކިކޮށްފި
ޕްރަފުލްއަށް އިންޑިއާގެ އެފްއޭގައި ނުހުރެވޭނެ: ސަރުކާރު
އިންޑިއާ ސެންޓްރަލް އޭޝިއާ އަށް، ޓާގެޓަކީ އާސިއާން
އިންޑިއާގެ ކޯޗު އެދުމުން މުހިއްމު ބަދަލެއް ގެންނަނީ
އިންޑިއާގެ އަމާޒު 2026 ގެ ވޯލްޑް ކަޕަށް!
ރާއްޖެއަށް އެހީވާނެކަމުގެ ޔަގީންކަން އިންފަންޓީނޯ ދީފި