ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގެ ފުރަތަމަ ޓިއުޝަން ސެންޓަރު ހުޅުވައި، އެ ތަނުގައި ކިޔަވައިދޭން ފަށައިފި އެވެ.
01 އޮކްޓޯބަރ 2022
ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގެ ފުރަތަމަ ޓިއުޝަން ސެންޓަރު ހުޅުވައި، އެ ތަނުގައި ކިޔަވައިދޭން ފަށައިފި އެވެ.
"މިޒާ އިންސްޓިޓިއުޓު" ގެ ނަމުގައި ހިޔާ ފްލެޓްތަކުގެ ދެ ވަނަ ޓަވަރުގެ ގްރައުންޑް ފްލޯގައި ހުޅުވި ސެންޓަރުން ޕްރައިމަރީ ގްރޭޑުން ފެށިގެން މަތީ ސާނަވީއާ ހަމައަށް ކިޔަވައިދެ އެވެ.
އެ ސެންޓަރުގެ ވެރިޔާ، މުހައްމަދު ރަޝީދު އަހުމަދު މިއަދު ވިދާޅުވީ މިޒާ އިންސްޓިޓިއުޓުގައި ގިނައިން ތިބޭނީ އެ ތަނުގައި ފުލްޓައިމްކޮށް ކިޔަވައިދޭ ޓީޗަރުން ކަމަށެވެ. އެކަމަކު، އެކި ސްކޫލުތަކުގައި ކިޔަވައިދޭ ޓީޗަރުން ވެސް އުޅޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިޒާ އިންސްޓިޓިއުޓު-- ފޮޓޯ: ލަސަންތާ
ޓިއުޝަން ދިނުމުގެ ކަންކަން ވީހާ ވެސް ރަނގަޅަކަށް ގެންދިއުމަށް، އެއް ސްކޫލެއްގައި ކިޔަވާ އެއް ގްރޭޑުގެ ކުދިންނަށް ހާއްސަ ކްލާހެއް ބާއްވަން ވެސް ވަނީ ރާވައިފަ އެވެ.
އެ ޓިއުޝަން ސެންޓަރުގައި ހަ އޭސީ ކްލާސް ރޫމް އަދި ކްލާސް ރޫމެއްގައި އެއްފަހަރާ 12 ކުދިންނަށް ކިޔަވައިދެވޭނެ އެވެ.
ރަޝީދު ވިދާޅުވީ، މިޒާ އިންސްޓިޓިއުޓުން އެންމެ އިސްކަންދޭނީ ކުދިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަމަށެވެ. އެހެންވެ، ހުރިހާ ކްލާސްރޫމަކާއި ކޮމަން އޭރިޔާގައި ސީސީޓީވީ ކެމެރާ ހަރުކޮށްފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
މިޒާ އިންސްޓިޓިއުޓަކީ ތައުލީމީ ގާނޫނާ އެއްގޮތަށް އެޑިއުކޭޝަން މިނިސްޓްރީގައި ރަޖިސްޓަރީ ކޮށްގެން ހިންގާ ޓިއުޝަން ސެންޓަރެކެވެ.
"4ޓަވަރެއްގައި ލިފްޓު ހަރުކޮށް އޭޕްރީލް މަހު ނިމޭނެ"
ރަހީނުކޮށްގެން ގެންގުޅުނު ފްލެޓްގައި އަނެއްކާ ރެއިޑެއް!
އިމިގްރޭޝަންގެ ރެއިޑް އޮޕަރޭޝަން ހިޔާ ފްލެޓުގައި
ހުޅުމާލެ ކިއޮސްކްތައް ދޫކޮށް ބޭނުންކުރަން ފަށައިފި
ކަންބޮޑުވުންތަކާހެދި ކިއޮސްކުގެ ގުރުއަތުލުން ފަސްކޮށްފި
ހުޅުމާލެއަށް 3 ސްކޫލް، މި އަހަރު މަސައްކަތް ފަށަނީ
އެޗްޑީސީގެ ކަސްޓަމާ ޑޭޓާތަކެއް ހެކް ކުރި މައްސަލައެއް
ހިޔާގެ ކުޑަދޮރުން ބޭރަށް ނުފޭބޭ ގޮތް ހަދައިފި
ފްލެޓެއްގައި ރޯވެ، 7 މީހަކަށް ވަގުތީ ބޯހިޔާވަހިކަން
ސަލާހުއްދީންގެ ކިޔެވުން ދެ ދަންފަޅި އަށް ބަދަލުކުރަނީ