Roadha Mihaaru
ޖީއެމްއާރު ރާއޯގެ ހަފުލާއެއްގައި ނަޝީދާއި ޝާހިދު

ޖީއެމްއާރުގެ ޗެއާމަން ރާއޯގެ އާއިލީ ހަފުލާއެއްގައި ނަޝީދާއި ޝާހިދު އެކުގައި

29 އޯގަސްޓް 2022

އިންޑިއާގެ ޖީއެމްއާރު ކުންފުނީގެ ޗެއާމަން ޖީއެމްރާއޯގެ އާއިލީ ހަފުލާއެއްގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ރާއްޖޭގެ ފޮރިން މިނިސްޓަރު އަދި އދ. ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ރޭ ބައިވެރިވެވަޑައިގެންފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އިންޑިއާގެ ޖީއެމްއާރު ކުންފުނީގެ ޗެއާމަން ޖީއެމްރާއޯގެ އާއިލީ ހަފުލާއެއްގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ރާއްޖޭގެ ފޮރިން މިނިސްޓަރު އަދި އދ. ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ރޭ ބައިވެރިވެވަޑައިގެންފި އެވެ.

ސިޔާސީ ގޮތުން 2023 އަށް ވިސްނުން އެއްކީލި ވެފައިވާ ކަމުގެ ތުހުމަތުކުރާ އެ ދެ ބޭފުޅުން ބައްދަލުވެވަޑައިގަތީ އިންޑިއާގަ އެވެ.

ނަޝީދު އިންޑިއާ އަށް ވަޑައިގަތީ ނުރަސްމީ ދަތުރުފުޅެއްގައި ނަމަވެސް ޝާހިދުގެ ދަތުރުފުޅުގެ ބޭނުމަކީ އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އިންޑިއާގެ އިސްވެރިންނާ ބައްދަލުކުރެއްވުމެވެ. އދ. ގެ އެކި މައްސަލަތަކާ ގުޅިގެން އެ ދަތުރުގައި މަޝްވަރާ ކުރައްވާނެ ކަމަށް ޝާހިދުގެ ތަރުޖަމާން ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވެ އެވެ.

އެ ދަތުރުގެ ތެރެއިން ދެ ބޭފުޅުން ބައްދަލުވެވަޑައިގަތީ އެނގިފައިވާ ގޮތުގައި، ޖީއެމްއާރުގެ ޗެއާމަން، ޖީއެމް ރާއޯގެ ކާފަ ދަރިކަލުންގެ ކައިވެނި ހަފުލާގެ ތެރެއިންނެވެ. ނަޝީދާއި ޝާހިދުގެ އިތުރުން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ޖައިޝަންކަރާ އެކުގައި ވެސް ނަންގަވާފައިވާ ފޮޓޯތަކެއް ވަނީ އާއްމުކޮށްފަ އެވެ.

ނަޝީދާއި ޝާހިދުގެ އިތުރުން އިލްޔާސް ލަބީބް އިންޑިއާގައި: މި ބޭފުޅުން ބައްދަލުވެވަޑައިގަތީ ޖީއެމްއާރު ރާއޯގެ ކާފަ ދަރިކަލުންގެ ކައިވެނި ހަފުލާއެއްގެ ތެރެއިން.

ނަޝީދާއި ޝާހިދުގެ އިތުރުން އިލްޔާސް ލަބީބް އިންޑިއާގައި: މި ބޭފުޅުން ބައްދަލުވެވަޑައިގަތީ ޖީއެމްއާރު ރާއޯގެ ކާފަ ދަރިކަލުންގެ ކައިވެނި ހަފުލާއެއްގެ ތެރެއިން.

ނަޝީދާއި ޝާހިދުގެ އެ ފޮޓޯތަކަށް ސޯޝަލް މީޑިއާގައި ޝައުގުވެރިކަން ލިބި ދައުރުވަމުން އަންނަނީ ސިޔާސީ މަސައްކަތުގައި ގާތް ގުޅުމެއް އުފެދިފައިވާ ކަމުގެ ތުހުމަތާ ވެސް އެކުގަ އެވެ. ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހިގެ ސިޔާސީ ވާދަވެރިކަމުގައި އެމްޑީޕީ ބައިބައިވެފައި އޮތް އިރު ވަޒީރުންނާއި މަޖިލިސް މެމްބަރުންގެ ވިސްނެވުން ވަނީ ހާމަކޮށްފަ އެވެ. އެކަމަކު ޝާހިދުގެ ތާއީދު އޮތް ފަޅިއެއް މުޅިން ސާފެއް ނޫނެވެ.

ރިޔާސީ އިންތިހާބުގެ ދެ ވަނަ ދައުރަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވާދަކުރައްވާނެ ކަން އިއުލާން ކުރެއްވުމާ އެކު އެމްޑީޕީގެ ގިނަ ވަޒީރުން އެ މަނިކުފާނު އެންޑޯސް ކުރެއްވި އިރު ޝާހިދު ހުންނެވީ ހިމޭނުންނެވެ. އެކަމަކު ބަރުލަމާނީ ނިޒާމުގެ ގެނައުމުގައި ޝާހިދު އަރާވަޑައިގަތީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަޅިއަށެވެ. ނަޝީދުގެ ބަރުލަމާނީ ވިސްނުމަށް ތާއީދު ނެތްކަން ހާމަކުރައްވަން ވިދާޅުވީ ރައްޔިތުންގެ ސީދާ ވޯޓަކުން ރައީސަކު ހޮވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ.

ޖީއެމްއާރުގެ އެންމެ އިސްވެރިޔާގެ ކާފަދަރިކަލުންގެ ކައިވެނި ހަފުލާގައި ނަޝީދާއި ޝާހިދާ އެކު ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބާއި ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް ވެސް ބައިވެރިވެވަޑައިގަތެވެ.

ޖީއެމްއާރު ރާއޯގެ އާއިލީ ހަފުލާއަކަށް ނަޝީދާއި ޝާހިދު ވަޑައިގަތް އިރު، ނަޝީދުގެ ވެރިކަމުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގަން ޖީއެމްއާރަށް ދޫކުރުމަކީ ރާއްޖޭގެ ސިޔާސީ މަސްރަހު ހޫނުވި ބޮޑު އެއް މައްސަލަ އެވެ. އެއީ، ދިވެހި ދައުލަތަށް އިޔާދަނުކުރެވޭ ވަރުގެ ގެއްލުމެއް ލިބޭ ގޮތަށް ހެދި ޑީލެއް ކަމުގެ ތުހުމަތާ އެކު އެ ކުންފުނީގެ އަތުން އެއާޕޯޓް އަތުލުމަށް އެމްޑީޕީގެ ފުރަތަމަ ސަރުކާރާ ދެކޮޅަށް ގިނަ ބަޔަކު އެއްގަލަކަށް އެރި އެވެ.

ޖީއެމްއާރުގެ އިސްވެރިންގެ އަތުން ރިޝްވަތު ނެގިކަމުގެ ތުހުމަތު ވެސް އެ ދުވަސްވަރު ޝާހިދަށާއި ޑީއާރުޕީގެ އޭރުގެ ލީޑަރު އަހުމަދު ތަސްމީން އަލީ އަށް ކުރި އެވެ. އެ ދެ ބޭފުޅުން ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހޫނުފެނަށް ވެއްޓުނު އެ މައްސަލައިގައި ކުރި ތުހުމަތު އޭރު ދޮގުކުރެއްވި އެވެ.

ޝާހިދާއި ނަޝީދު އިންޑިއާގައި އެކުގައި ނަންގަވާފައިވާ ފޮޓޯއެއް.

ޝާހިދާއި ނަޝީދު އިންޑިއާގައި އެކުގައި ނަންގަވާފައިވާ ފޮޓޯއެއް.

ލީޑަރުންގެ ބައްދަލުވުންތަކަށް ފަހު ޖީއެމްއާރު އަތުން އެއާޕޯޓު އަތުލީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގަ އެވެ. އެއްބަސްވުން ބާތިލްކޮށްގެން ލިބުނު ގެއްލުމުގެ ބަދަލުގައި އެ ކުންފުންޏަށް ބަދަލުގެ ގޮތުގައި 4.1 ބިލިއަން ރުފިޔާ ދައުލަތުން ދައްކަން ޖެހުނެވެ. އެކަމަކު ވެސް ދިވެހި ގައުމަށް މަސްލަހަތު ހުރި ގޮތަކީ އެކަމުގައި އުޅުއްވި ލީޑަރުން ދެކެވަޑައިގަތް ގޮތުގައި އެއާޕޯޓް އަނބުރާ ދިވެހިންނަށް ހޯދައި ދެއްވުމެވެ.

ޖީއެމްއާރު އަތުން އެއާޕޯޓް އަތުލުމަކީ މާ ބޮޑަށް ގެއްލުންވި ކަމެއް ކަމަށް ވިދާޅުވެ ނަޝީދުގެ ހިތްހަމަނުޖެހުން އޮތީ އެކަން ކުރެއްވި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރަށެވެ.