Roadha Mihaaru
ގްރީން ޓެކްސްއާ ގުޅޭ އިސްލާހު މަޖިލީހަށް ހުށަހަޅައިފި

ގްރީން ޓެކްސްއާ ގުޅޭ އިސްލާހު މަޖިލީހަށް ހުށަހަޅައިފި

31 އޯގަސްޓް 2022

ތާރީހު ޖަހާފައި އޮތް ގޮތުން، ގްރީން ޓެކްސް ނެގުމުގައި އޮޅުންބޮޅުން އުފެދުނު މައްސަލަ ހައްލު ކުރުމަށް ޓޫރިޒަމާ ބެހޭ ގާނޫނަށް އިތުރު އިސްލާހެއް ހުށަހަޅައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ތާރީހު ޖަހާފައި އޮތް ގޮތުން، ގްރީން ޓެކްސް ނެގުމުގައި އޮޅުންބޮޅުން އުފެދުނު މައްސަލަ ހައްލު ކުރުމަށް ޓޫރިޒަމާ ބެހޭ ގާނޫނަށް އިތުރު އިސްލާހެއް ހުށަހަޅައިފި އެވެ.

މިދިޔަ ޖޫން މަހު ތަސްދީގު ކުރި އިސްލާހުގައި ލިޔުމުގައި އޮތް އޮޅުމަކުން ގްރީން ޓެކްސް ނަގަން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން ކަމަށް އިސްލާހުގައި ބުނެފައިވެ އެވެ. އެ އިސްލާހު އެހެން އޮތް ނަމަވެސް ބައެއް ރިސޯޓުތަކުން ގްރީން ޓެކްސް އަންނަނީ ނަގަމުންނެވެ. އަދި ޓެކްސް ނަގަމުން އަންނާތީ، މީރާއިން ވެސް އަންނަނީ ގްރީން ޓެކްސް ބަލައިގަންނަމުންނެވެ.

ގްރީން ޓެކްސް ނެގުމުގައި އެރި އޮޅުންތަކަށް ހައްލު ގެންނަން އިއްޔެ މަޖިލީހަށް އިސްލާހު ހުށަހަޅައި ވަނީ ފުރަތަމަ ކިޔުން އިއްވައިފަ އެވެ. މީރާ އިން ބުނީ މި ބަދަލުތައް ދައުލަތުގެ އިދާރާތަކުން ވަރަށް އަވަހަށް ގެންނާނެ ކަމަށް ލަފާ ކުރާ ކަމަށެވެ.

ގްރީން ޓެކްސް ނަގަން އެންމެ ފުރަތަމަ ފެށީ 2015 ވަނަ އަހަރު ރިސޯޓުތަކާއި ހޮޓާތަކުގެ އިތުރުން ސަފާރީތަކުގައި ތިބޭ ބޭރުގެ ޓޫރިސްޓުންގެ އަތުންނެވެ. ދިވެހިންނާއި ރެސިޑެންޓް ވިސާގައި ރާއްޖޭގައި ތިބޭ ބޭރު މީހުން ފިޔަވައި އެހެން ބިދޭސީންގެ އަތުން ދުވާލަކަށް ހަ ޑޮލަރުގެ މަގުން ނަގާ މި ޓެކްސް ގެސްޓު ހައުސްތަކުން ނަގަން ފެށީ އޮކްޓޫބަރު 2016 އިން ފެށިގެންނެވެ.

މި އަހަރުގެ މިހާތަނަށް ގްރީން ޓެކްސްގެ ގޮތުގައި 617 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. ގްރީން ޓެކުހުގެ ގޮތުގައި މިއަހަރު 824 މިިލިއަން ރުފިޔާ ހޯދަން ވަނީ ބަޖެޓުގައި ވަނީ ކަނޑައަޅައިފަ އެވެ.

ގްރީން ޓެކްސް ބޭނުންކޮށްގެން ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ޕްރޮޖެކްޓްތަކާއި ނަރުދަމާގެ ޕްރޮޖެކްޓްތަކާއި ކުނި ނައްތާލުމާއި ފެނުގެ ނިޒާމު ގާއިމް ކުރުމުގެ ގިނަ ޕްރޮޖެކްޓްތައް ހިންގަ އެވެ.