05 ޖެނުއަރީ 2017
ޑޫސާން ޑައިވޫ އިންޖީނެއް ގަނެގެން 100،000 ރުފިޔާ އާއި 200،000 ރުފިޔާއާ ދެމެދުގެ ސާމާނު މުޅިން ހިލޭ ލިބޭ ޕްރޮމޯޝަނެއް ވީއޭއެމްކޯ އިން ފަށައިފި އެވެ.
ޑޫސާން ޑައިވޫ އިންޖީނެއް ގަނެގެން 100،000 ރުފިޔާ އާއި 200،000 ރުފިޔާއާ ދެމެދުގެ ސާމާނު މުޅިން ހިލޭ ލިބޭ ޕްރޮމޯޝަނެއް ވީއޭއެމްކޯ އިން ފަށައިފި އެވެ.
ދެކުނު ކޮރެއާގެ މަޝްހޫރު ޑޫސާން ޑައިވޫ އިންޖީނުގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރު ކަމަށް ވާ ވީއޭއެމްކޯ އިން މިއަދު ބުނި ގޮތުގައި، "ޑޫސާން ލައްކަ ޕްރޮމޯޝަން" މި މަހުގެ 15 ގެ ނިޔަލަށް ކުރި އަށް ދާނެ އެވެ. މި ޕްރޮމޯޝަންގެ ދަށުން ހިލޭ ލިބޭ ތަކެތީގެ ތެރޭގައި ހުންގާނު ސިސްޓަމާއި ޖީޕީއެސް ހިމެނޭ ފިޝް ފައިންޑަރާއި ދުރުމި އާއި އަޑީތެލާއި ގިޔަރު ތެޔޮ އަދި ކޫލަންޓް ވެސް ހިމެނެ އެވެ.
ގިނަ ދުވަހަށް ގެންގުޅެވޭ، އަގުހެޔޮ އަދި ތެޔޮ ހަރަދު ކުޑަ ޑޫސާން ޑައިވޫ މެރިން އިންޖީނަކީ ރާއްޖޭގެ 400 އަށް ވުރެ ގިނަ އޮޑީގައި ބޭނުންކުރަމުން އަންނަ، އިތުބާރު ލިބިފައިވާ ބްރޭންޑެކެވެ. އެންމެ ފަހުން ބޭއްވި މޯލްޑިވްސް ބޯޓިން އެވޯޑްސްގައި ވެސް އެންމެ މަގުބޫލް މެރިން އިންޖީނުގެ އެވޯޑް ލިބުނީ ވެސް ޑޫސާން ޑައިވޫ އިންޖީނަށެވެ.
ވީއޭއެމްކޯ އިން ޑޫސާން ޑައިވޫ އިންޖީނުގެ 160 ހޯސްޕަވަރުން ފެށިގެން 1،200 ހޯސްޕަވަރާ ދެމެދުގެ ލައިޓް، މީޑިއަމް އަދި ހެވީ ޑިއުޓީ އިންޖީނު ވިއްކަ އެވެ. އަދި މާލޭގައި ހުންނަ ވީއޭއެމްކޯގެ ސާވިސް ސެންޓަރުންނާއި ރާއްޖޭގެ ކޮންމެ ހިސާބަކުން ވެސް އިންޖީނު މަރާމާތުކޮށް، ސާވިސް ކުރުމުގެ ހިދުމަތް ލިބޭނެ އެވެ.
ޑޫސާން ލައްކަ ޕްރޮމޯޝަންގެ މުއްދަތު އިތުރުކޮށްފި
ސީގިއާގެ ޕްރޮމޯޝަން ރޯދައިގެ ނިޔަލަށް އިތުރުކޮށްފި
ދޯނިފަހަރުގެ ސާމާނަށް ވީއޭއެމްކޯ އިން ޑިސްކައުންޓް ދެނީ
"ނަންނި" އިންޖީނަށް 15 ޕަސެންޓް ޑިސްކައުންޓް ދެނީ
އައިސް ލިބުމުގައި ހުރި ދަތިތަކަށް ވައިކިންގްގެ ހައްލު
މެރިން އެކްސްޕޯއަށް އައި ބަދަލާއެކު އަޖައިބުވެއްޖެ!
ވީއޭއެމްކޯއިން ޑޫސާންގެ އަގުބޮޑު ޕްރޮމޯޝަނެއް ފަށައިފި
އޯވީއެސް: ވަރަށް ކޮލިޓީ، ނުވަދެ ވާކަށް ނެތް
ފިޝަރީޒް މިނިސްޓްރީގެ ޓީމަކަށް ދެއްވަދޫން ހުރަސްއަޅައިފި
ކޮންމެ މަސްދޯންޏަކަށް ތިން ޓަނުގެ އައިސް ހިލޭ ދެނީ