Roadha Mihaaru
ސިޓީ އޮޕްޓިކަލުން އާ ޓްރެންޑިންގެ އައިނު ކަލެކްޝަނެއް

ފެޝަނަށް މަޝްހޫރު އަށް ގައުމެއްގެ އައިނު ސިޓީ އޮޕްޓިކަލް އަށް

05 ސެޕްޓެމްބަރ 2022

ފެޝަނަށް މަޝްހޫރު އަށް ގައުމެއްގެ އަވި އައިނު އަދި ނަންބަރު އައިނު ހިމެނޭ ޓްރެންޑިން ކަލެކްޝަނެއް ހުޅުމާލޭގައި އަލަށް ހުޅުވި ސިޓީ އޮޕްޓިކަލުން ތައާރަފުކޮށްފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

ފެޝަނަށް މަޝްހޫރު އަށް ގައުމެއްގެ އަވި އައިނު އަދި ނަންބަރު އައިނު ހިމެނޭ ޓްރެންޑިން ކަލެކްޝަނެއް ހުޅުމާލޭގައި އަލަށް ހުޅުވި ސިޓީ އޮޕްޓިކަލުން ތައާރަފުކޮށްފި އެވެ.

އެ ފިހާރަ އިން ބުނީ، އިޓަލީ އާއި އެމެރިކާ އާއި ފްރާންސާއި ސްޕެއިނާއި ސްވިޒަލޭންޑާއި އިގިރޭސި ވިލާތާއި ތުރުކީ އަދި ކޮރެއާގެ އަވި އައިނާއި ނަމްބަރު އައިނުގެ މަޝްހޫރު ބްރޭންޑްތައް އެ ކަލެކްޝަންގައި ހިމެނޭ ކަމަށެވެ.

އެއީ މިފަދަ ޓްރެންޑިން ކަލެކްޝަނެއް ރާއްޖެ އަށް ތައާރަފުކުރި ފުރަތަމަ ފަހަރެެވެ.

ހުޅުމާލެ ސެންޓްރަލް ޕާކު ކުރިމަތީގައި ހުޅުވި ސިޓީ އޮޕްޓިކަލްގެ ޑިޒައިނަރު ކަލެކްޝަންގައި، އިޓަލީގެ ރޭބަން އާއި ވޯގާއި އަންޑައާމާ އާއި އޯކްލޭ އާއި ޕޮލަރޮއިޑާއި ޓޮމީ ހިލްފިގަ އާއި އާނެޓް އަދި ޕޯލޯ ފަދަ މަޝްހޫރު ބްރޭންޑްތައް ހިމެނެ އެވެ.

ސިޓީ އޮޕްޓިކަލް އިން ރާއްޖެއަށް ތައާރަފް ކުރި ތުރުކީވިލާރުގެ ޑެސްޕާާޑަ ބްރޭންޑުގެ އައިނެއް. އިޓަލީގައި ޑިޒައިންކޮށްފައިވާ މި ބްރޭންުޑުގެ އައިނާ ފްރޭމްގެ އަގު އުޅެނީ 650- 1200 އާ ދެމެދު

ސިޓީ އޮޕްޓިކަލް އިން ރާއްޖެއަށް ތައާރަފް ކުރި ތުރުކީވިލާރުގެ ޑެސްޕާާޑަ ބްރޭންޑުގެ އައިނެއް. އިޓަލީގައި ޑިޒައިންކޮށްފައިވާ މި ބްރޭންުޑުގެ އައިނާ ފްރޭމްގެ އަގު އުޅެނީ 650- 1200 އާ ދެމެދު

ސިޓި އޮޕްޓިކަލްގެ ވޯލްޑް ފެޝަން ކަލެކްޝަންގައި ހިމެނޭ ބްރޭންޑްތަކުގެ ތެރޭގައި ތުރުކީގެ ޑެސްޕާޑަ، ސްވިޒަލޭންޑުގެ އިންވޫ އާއި ސްޕެއިންގެ މެލަ އާއި އިނގިރޭސި ވިލާތުގެ ސްޕިޓްފަޔަ އައި އެމެރިކާގެ ފްރެޔާސް އާއި ކޮރެއާގެ ކާރާ އަދި ފްރާންސްގެ މަޝްހޫރު ބްރޭންޑެއް ކަމުގައިވާ މޮރެލް ހިމެނެއެވެ.

އެ ކަލެކްޝަނުގައި ހިމެނޭ އަވިއައިނު އަދި ނަންބަރު އައިނުގެ އަގު އުޅެނީ 650ރ. އާއި 2،250ރ. އާ ދެމެދުގަ އެވެ.

ކޮރެއާގެ މަޝްހޫރު ހަަަތަރު ބްރޭންޑެއްގެ ނަމްބަރު އައިނުގެ ފްރޭމް ވެސް ހެޔޮއަގުގައި ލިބެ އެވެ. އެއީ 500ރ - 750ރ އާ ދެެމެދުގެ އަގުތަކެއްގައި ވިއްކާ ކަލެކްޝަނެއް ކަމަށް ސިޓީ އޮޕްޓިކަލް އިން ބުންޏެވެ.

އަވި އައިނާއި ނަމްބަރު އައިނުގެ އެންމެ ބޮޑު ކަލެކްޝަނާއެކު ހުޅުވާފައިވާ ސިޓީ އޮޕްޓިކަލް އިން ދުނިޔޭގެ އެންމެ މަގުބޫލު އެއް ކޮންޓެކްޓް ލެންސް ބްރޭންޑް ކަމަށްވާ ކޫޕަވިޝަންގެ އުފެއްދުންތައް ވެސް ލިބެ އެވެ.

ލޯ ޓެސްޓު ކުރުމުގެ ހިދުމަތާއެކު، ހެޔޮއަގުގައި ނަންބަރު އައިނު ހެއްދުމުގެ ހިދުމަތް ވެސް ލިބޭނެ ކަމަށް ސިޓީ އޮޕްޓިކަލް އިން ބުނެ އެވެ.